ތަޖުވީދުގެ ޙުކުމްތަކުގައި ޒާތްބޮޑުކުރުމާއި މެދު
ތަޖުވީދުގެ ޙުކުމްތަކުގައި ޒާތްބޮޑުކުރުމާއި މެދު
ތަޖުވީދުގެ އަޙްކާމްތަކާއި އަކުރުތަކުގެ މަޚުރަޖަ ތަންފީޒު ކުރުމުގައި ޢާންމުކަމެއް ގޮތުގައި المبالَغةُ ކުރުމުގެ ސަބަބުން (އެބަހީ: "ޒާތްބޮޑުކުރުމުގެ" ސަބަބުން) ޤާރިވެރިއާ، ދެއްކުންތެރި ކަމަށް މަގުފަހިކުރުވައެވެ. އަދި މިކަމަކީ ކިޔެވެލީގެ މައްޗަށް "ތަދައްބުރު" ކުރުމުން ހުރަސް އަޅާ ކަމެކެވެ. (އެބަހީ، ކިޔެވޭ އާޔަތްތަކުގެ މާނައާއި މެދު ފިކުރުކުރުމުންނެވެ). އެހެނީ އޭނާގެ ކަންބޮޑުވުން އަމާޒުވަނީ އަކުރުތަކުގެ މަޚުރަޖައާއި ތަޖުވީދުގެ އަޙްކާމުތައް ތަންފީޒުކުޅައުމުގައެވެ. އަދި الله سُبْحَانَهُ وَتَعَالَى ގެ ކަލާމް ފުޅުން އޭނާ އެކިޔަވާ އެއްޗަކާއިމެދު ފިކުރުހިންގުންމުން ވަނީ ދުރު ކުރުވައިފައެވެ. ވީމާ، މިކަމާއިމެދު ހޭލުންތެރި ކުރުވެން ޖެހެއެވެ. އަދި ދެެއްކުންތެރިކަމާއި ގޮތްބޮޑުކުރުން ދޫކޮށްލަން ޖެހެއެވެ. މިކަމުން ތިލާވަތް ރީތިކޮށްދެއެވެ. އަދި އެ އަޑުއަހާ މީހުންނަށް މިފަދަ ތިލާވަތުން އަޘަރު ފޯރުކުރުވައެވެ.
ހަމަ މިއާއިއެކު، ޤާރީންނާއި ޤުރުއާނުގެ މުދައްރިސުންނަށް އަހަރެމެން ނަސޭހަތްތެރިވަނީ (ޤުރުއާނުގެ) މި އަޙްކާމްތަކާއި ކަންކަން ކިޔަވައިދިނުމުގެ ތެރޭން المبالَغةُ ކުރުން ހުއްޓުމަށެވެ. މިކަމުން، އަހަރެމެންގެ މަޤުޞަދަކީ މިދަރުސްތައް ހުއްޓުވުމެއް ނޫނެވެ. އެހެނަސް އަހަރެމެން ކުށްވެރި މިކުރާނީ ޒާތްބޮޑުކުރުމުގެ މައްޗަށެވެ.
އަދި މިސަބަބަށްޓަކައި، ޙައްމާދު ބުނު ޒައިދު އާއި ޢަބްދު ﷲ ބުނު އިދްރީސް އާއި ޢަބްދުއްރަޙުމާނު ބުނު މަހްދީ އާއި އިމާމު އަޙްމަދު އަދި މިނޫންވެސް މިފަދަ ބައެއް ސަލަފުން އަރިހުން، ޚަމްޒަތުގެ ޤިރާއަތު ގެ މައްޗަށް ނުރުއްސެވުން އައިސްފައިވެއެވެ. އެހެނީ އޭގައި ކޮންމެވެސް ވަރެއްގައި ޒާތްބޮޑުކަން އެކުލެވިފައި ވުމުންނެވެ.
—މުޙައްދިޘް، އައްޝައިޚް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.