އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ تَعَالَ ގެ މިފޮތަށް ﷲ ވަނީ ބަރަކާތް ލައްވާފައެވެ. އަދި މިފޮތަކީ އަހަރެމެންގެ ލޮބުވެތި މާތް ނަބިއްޔާ…
އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ تَعَالَ ގެ މިފޮތަށް ﷲ ވަނީ ބަރަކާތް ލައްވާފައެވެ. އަދި މިފޮތަކީ އަހަރެމެންގެ ލޮބުވެތި މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ދިފާއުގައި އޭގެފަހުން އައި އެންމެހާ ޢިލްމުވެރިން، އެބޭކަލުންގެ ފޮތްތަކާއި ފަތުވާތަކުގެ މަޞްދަރު ކަމުގައި ވެގެން ދިއަ ފޮތެވެ. މިފޮތުގެ ފުރިހަމަ ތަޚްރީޖާއިއެކު، 3 މުޖައްލަދަށް ޗާޕު ކުރެވިފައިވާ އިރު، މީގެ މައްޗަށް ގިނަ ތަޢްލީޤު ތަކާއި ޚުލާޞާތަކާއި އޭގެ ޝަރަޙަތައްވެސް ވަނީ ލިޔެވި ޗާޕު ކުރެވިފައެވެ. އަދި މިފޮތަކީ ﷲ އާއި އެެއިލާހުގެ ރަސޫލު އަދި އެއިލާހުގެ ދީނަށް ފުރައްސާރަކޮށް ބަދުބަސް ބުނާ ކޮންމެ މުރުތައްދަކާއި އެވެރިންނަށް ވާގިވެރިވާ ކޮންމެ މުނާފިޤެއްގެ ނިދި — މިޔަދާއި ހަމައަށް — ނަގާލާފައިވާ ނޫރެއްކަމުގައި ވެއްޖެއެވެ. އާއެކެވެ. މިފޮތް އޭގެ ނަމަށް ތެދުވެރިވެ މިއަދާއި ހަމައަށް ﷲ ގެ ރަސޫލުގެ ޢިއްޒަތް ދިފާޢުކުރުމުގައި އުރައިން ދަމައިގަނެވިފައިވާ ކަނޑިއެއްގޮތުގައި ދެމިއޮވެއްޖެއެވެ. އަދި ﷲ ގެ ވާގިފުޅާއިއެކު މިގޮތުގައި ދެމިއޮންނާނެއެވެ.
މި މަތިވެރި ޝަރަފުވެރި އަދި ﷲ ބަރަކާތް ލައްވާފައިވާ ފޮތް މިއަދު މިވަނި، އޭގެ އިތުބާރުވެވިގެންވާ ޤަދަރުވެރި ޢިލްމުވެރިއެއްގެ ޚުލާސާ އަކުން ދިވެހި ބަހަށް ތަރުޖަމާވެފައެވެ. އެހެންކަމުން މިފޮތް ކިޔުމުން މަހުރޫމުވެ އޭގެން ފައިދާއެއް ނުލިބިއްޖެ މީހަކީ ވަރަށް ބޮޑު ނިޢުމަތަކުން މަޙުރޫމުވެއްޖެ މީހެއްކަން ޔަޤީނެވެ.
ﷲ އަހަރެމެންގެ ޢަމަލުތަކުގައި ބަރަކާތްލައްވާށިއެވެ. އަދި މި މަސައްކަތް ފުރިހަމަ ކުރުމުގައި އެބަޔަކަށް އެއިލާހު ތައުފީޤު ދެއްވި ”ދާރު ފިތުޔަތިލް ކަހްފި“ ގެ އެންމެހާ ޝަރަފުވެރި އަޚުންނާއި އެވެރިންގެ ޢާއިލާތަކާއި އެވެރިންގެ ޢިލްމަށް ބަރަކާތް ލައްވާށިއެވެ. އެހެންކަމުން ނަބިއްޔާ އާއި އުއްމަތުގެ ޙައްޤުގައި ﷲ ތިޔައަޚުންނަށް ހެޔޮވެގެންވާ ޖަޒާ އަކުން ޖަޒާ ދެއްވާށިއެވެ. آمين يا رب.
📄 ފޮތް ޑައުންލޯޑު (4 MB)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.