الدِّينَ النَّصِيحَةُ
②
الدِّينَ النَّصِيحَةُ
”މިދީނަކީ އިޚްލާޞް ތެރި ކަމެވެ.“
އައްނަވަވީ މިޙަދީޘް ޝަރަޙަ ކުރައްވަމުން ވިދާޅުވިއެވެ:
”އަދި — އައްނަޞީޙާ — (އެބަހީ: އިޚުލާޞް ގެ) ތެރެއިން ވަނީ: ޢާންމުކޮށް ނުލިބޭ މަންފާޢެއް ކޮށްދެނިވި ބަސްކޮޅަކަށް، އޭގެ ވެރިފަރާތް އިތުރުކޮށްލުމެވެ. މިފަދައިން ކަންތައް ކޮށްފި މީހާ، އޭނާގެ ޢިލްމާއި ޙާލުގައި ބަރަކާތްލެވެއެވެ. މިކަން އޮޅުވާލައިފި މީހާ، އަދި އެނޫން މީހެއް ފުށުން ނެގި ބަސްކޮޅެއް އެއީ އަމިއްލަ އެއްޗެއްކަމަށް ދައްކުވައިފި މީހާ: މިފަދަ މީހަކަށް އެކަށީގެންވަނީ އެ އަނެކާގެ ޢިލްމުން މަންފާޢު ނުކުރުމެވެ. އަދި އޭނާގެ ޙާލަށް ބަރާކާތެއް ވެސް ނުލެއްވުމެވެ. ބަސްބުނި ފަރާތައްް އެ ފައިދާ ނިސްބަތް ކުރުމުން ޢިލްމުވެރި އަދި ފަޟުލުވެރި ބޭފުޅުން ކެނޑިނުދެއެވެ. އަޅަމެންނަށް މިކަމުގެ ތައުފީޤު ދާއިމަށް ދެއްވުން އެދި اللّٰه ޙަޟުރަތު ދަންނަވަމެވެ.“
" بستان العارفين " ( ص 4 ) – ترقيم الشاملة
އިބްނު ޖަމާޢަތުއް ޝާފިޢީ، ޞައްޙަ ކުރައްވައި ސުފްޔާން އައްޘައުރީ އަރިހުން ރިވާކުރެއްވިއެވެ: ހަމަކަށަވަރުން ފާއިދާއެއް އެފައިދާ ކޮށްދިން މީހާ އަށް ނިސްބަތް ކުރުމަކީ ޢިލްމަށް ތެދުވެރިވުމާއި އެއަށް ޝުކުރުވެރިވުމުގެ ތެރެއިން ވާ ކަމެކެވެ. އަދި ހަމަކަށަވަރުން (އެކަމުގައި) ހަނުހުރުމަކީ ދޮގުވެރިކަމާއި އެއަށް އޭނާ ކުފުރުވެރި ވުމުގެ ތެރެއިން ވާ ކަމެކެވެ. (އެބަހީ ޝުކުރުވެރިނުވުމެވެ.)
[مواهب الجليل في شرح مختصر خليل ص4]
އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ:
މިހެންކަމުން އޭނާ (އަލް-މުޒްނީ) ގެ ނަން ގަނެ، އަހަރެން އެބަހުގެ ވެރިފަރާތް ފާހަގަކޮށްލީމެވެ. އެހެނީ ބުނެވެއެވެ: ހަމަކަށަވަރުން އެއްޗެއް އޭގެ ވެރިފަރާތަށް ރައްދުކުރުމީ އެ ޢިލްމުގެ ބަރަކާތުގެ ތެރެއިންވާ ކަމެކެވެ.
«جامع بيان العلم» (2/922)
އައްސުޔޫޠީ ވިދާޅުވިއެވެ:
”އަދި ޢިލްމުގެ ބަރަކާތާއި އެއަށް ޝުކުރުވެރި ވުމުގެ ތެރެއިން ހިމެނެނީ، ބަހުގެ ވެރިފަރާތަށް އެބަހެއް ނިސްބަތް ކުރުމެވެ. [ދެން އިތުރަށް ވިދާޅުވިއެވެ] :
”އަލްޙާފިޡު އަބޫ ޠާހިރުއް ސިލަފީ ވިދާޅުވިއެވެ: އަބޫ ޢަބްދުﷲ އައްޞޫރީ ވިދާޅުވީތީ އަހަރެން އަޑުއެހީމެވެ: އަބުލް ޙަސަނުއް ޞައިރަފީ ވިދާޅުވީތީ އަހަރެން އަޑުއެހީމެވެ: ޢަބްދުލް ޣަނިއްޔު ބުނު ސަޢީދު އަހަންނަށް ދެންނެވިއެވެ:
”އަހަރެންގެ ފޮތް ޢަބްދުﷲ އަލް ޙާކިމް އަށް ލިބުމާއި އެކު އެއަށް ޝުކުރާއި އެކު އަހަރެނަށް ޖަވާބުލިޔުނެވެ. އަދި އެފޮތް މީހުންނަށް ކިޔައިދެއްވާ ކަމާއި އެއިން ލިބުނު ފައިދާއަށް އިޢުތިރާފުވެ އެކަލޭގެފާނުގެ ފޮތުގައި އަހަންނަށް އެކަން ނިޞްބަތް ކުރެއްވިކަމާއި، އަދި އެ (ފައިދާތައް) ޛިކުރު ކުރައްވަނީ އަބަދުވެސް އަހަންނަށް ނިސްބަތް ކުރައްވައިކަމަށް ވިދާޅުވިއެވެ.“
އަދި އަބުލް ޢައްބާސް މުޙައްމަދު ބުނު ޔަޢުޤޫބުލް އަޞަމް އެބޭކަލުންނަށް ދެންނެވިކަމަށެވެ: އަލްޢައްބާސް ބުން މުޙައްމަދުއް ދައުރީ އަހަރެން ގާތު ވިދާޅުވިއެވެ: އަބޫ ޢުބައިދު ވިދާޅުވީތީ އަހަރެން އަޑު އެހީމެވެ:
”ޢިލްމަށް ޝުކުރުވެރި ވުމުގެ ތެރެއިން ވަނީ ތިބާއަށް އެއްޗަކުން ފައިދާއެއް ކޮށްފައިވާ އިރު، ތިބާއަށް އެ ހަނދުމަވެވިއްޖެނަމަ "އަހަންނަށް މިވެނި އެވެނި ކަމެއް އޮތީ ނޭގިޔޭ، އެކަމުގެ ޢިލްމެއް ނެތޭ، އެހެނަސް އެއީ މިވެނި މީހެއް، މިވެނި އެވެނި ގޮތަކުން އަހަންނަށް މަންފާޢުކޮށްދިނުމާއި ހަމަޔަށޭ" — މިހެން ބުނުމެވެ. ފަހެ ޢިލްމަށް ޝުކުރުވެރި ވުމަކީ މިއީ އެވެ.“ (އައްސުޔޫތީ ނަގުލު ކުރެއްވި، އައްސިލަފީގެ ބަސްކޮޅު މިހިސާބަށް)
އައްސުޔޫތީ ދެން އިތުރަށް ވިދާޅުވިއެވެ:
”އަހަރެން ބުނަމެވެ: މިސަބަބަށްޓަކައި އަހަރެންގެ ފޮތްތަކުން އަކުރެއް ވިޔަސް ޢިލްމުވެރިން ކުރެ އެބަސް ވިދާޅުވި ފަރާތަށް ނިސްބަތް ނުކޮށް، އާދި އެބޭފުޅެއް އެއެއް ޛިކުރު ކުރެއްވި ފޮތެއް ބަޔާން ނުކޮށް ވަނިކޮށް ތިބާއަށް ނުފެންނާނެތެވެ.“
" المزهر في علوم اللغة " ( 2 / 273 )
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.