އަދި (އެބަސްފުޅާއި އެކު) މޫނާއި ދެއަތްތިލަ ފިޔަވައެކޭ، ނަބިއްޔު ﷺ ޙަދީޘް އެއް ނުކުރައްވައެވެ. މިއީ ބައެއް ފިޤުހު ޢިލްމުވެރިން ގެ ބަސްފުޅުގެ…
➋
އަދި (އެބަސްފުޅާއި އެކު) މޫނާއި ދެއަތްތިލަ ފިޔަވައެކޭ، ނަބިއްޔު ﷺ ޙަދީޘް އެއް ނުކުރައްވައެވެ. މިއީ ބައެއް ފިޤުހު ޢިލްމުވެރިން ގެ ބަސްފުޅުގެ މައްޗަށް ބުނާ ބުނުމެކެވެ: "މޫނާއި ދެއަތްތިލަ ފިޔަވައޭ އެވެ." މިއީ ބައެއް ފިޤުހުވެރީންގެ ޤަޥްލެކެވެ. އަދި އިޙުރާމުގެ ޙާލަތުގައިވެސް ނަބިއްޔު ﷺ މިހެން ޙަދީޘް ނުކުރައްވައެވެ. ހަމަކަށަވަރުން މިއީ ބައެއް ފިޤުހުވެރީންގެ (އަމިއްލަ) ބަހެކެވެ. އަދި މިކަމުގައި — އަންހެނާގެ އިޙްރާމުގައި އޭނާގެ މޫނާއި މެދު — މަޝްޙޫރު ވެފައިވާ އަޘާރު، ފަހެ އެއަކަށް އަޞްލެއް ރަސޫލު ﷲ ﷺ އަރިހުން (ޘާބިތުވެގެން) ނުވެއެވެ. ވީމާ އަންހެނާ، އޭނާ އެކީ އެއްކޮށް އެއީ އަޥްރަ އެކެވެ. އިޙުރާމުގައި އާއި އިޙުރާމުން ބޭރުގައިވެސް މެއެވެ. ނަމާދާއި ނަމާދުން ބޭރުގަވެސް މެއެވެ. ހިލޭ މީހުން ގެ ޙާޟިރުގައި އޭނާ ވުން ނުކެނޑޭހާ ހިނދަކު، ފަހެ އަންހެން މީހާގެ މައްޗަށް އޭނާގެ މޫނު ފޮރުވުން ވާޖިބުވެ ދެމި އޮވެއެވެ. އެކަނބުލޭގެ ހަށިގަނޑުގެ އެއްވެސް މިންވަރެއް، ނިޔަފައްޗެއްވިޔަސް ކަޝްފުކުރުން ޙަލާލުވެގެން ނުވެއެވެ. އެކީއެއްކޮށް އެއީ އަޥްރަ އެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: (( المرأة عورة )) ((މުޅި) އަންހެނާ އަކީ ޢަޥްރަ އެވެ.) އަދި ދުވަހަކުވެސް މިއަށް އެކަލޭގެފާނު އިޘްތިސްނާއެއް ނުގެންނަވައެވެ. ދެންފަހެ «فَقَامَتْ امْرَأَةٌ ... سَفْعَاءُ الْخَدَّيْنِ» (ކޮލުގައި ކަޅުލަފެއް ހުރި އަންހެނެއް އެހެންކަމުން ތެދުވިޔޭ) — މިރިވާޔަތް، އަދި މިއީ މުސްލިމް ގައި ވާރިދުވެފައިވާ ރިވާޔަތެއް — ފަހެ މިއީ ޝާޒު ރިވާޔަތެކެވެ. (އެބަހީ: އާދަޔާއި ޚިލާފުކަމެއްވެ ބަލިކަށިވުމެވެ.) އެހެނީ މިރިވާޔަތް އައިސްފައިވަނީ ޢަބްދުލް މަލިކު ބުނު އަބީ ސުލައިމާނުގެ މަގުން، ޢަޠާއު އަރިހުން، ޖާބިރު އަރިހުން ނެވެ. އަދި (އެހެނަސް) ދެޞަޙީޙު ގައި މިޚަބަރު އައިސްފައިވަނީ — އެބަޔާއި ނުލައި — އިބްނު ޖުރައިޖު ރިވާޔަތް ތަކުގެ ތެރެއިން ޢަޠާއު އަރިހުންނެވެ. އަދި ޢަޠާއު އަރިހުން ރިވާކުރެއްވުމުގައި ޢަބްދުލް މަލިކު އަށްވުރެ އިބްނު ޖުރައިޖު އެތައް ގުނައެއް އިތުބާރު ބޮޑުވެގެން ވެއެވެ. މިކަން އިމާމު ޢަޙްމަދު رحمه الله تعالى އާއި އެނޫން ބޭކަލުން ނަޤުލުކުރެއްވިއެވެ.
އަންހެނާ މޫނު ކަޝްފުކުރުން ޖާއިޒު ކުރާ ފަރާތްތަކުގެ ދަލީލު ވަނީ ދެބަޔަކަށެވެ:
(ހ) ޞަޢްޙަ އެހެނަސް (އެރިވާޔަތެއްގައި) ޞަރީޙަ ކަމެއްނެތް ބުނުމާއި،
(ށ) ޞަރީޙަ އެހެނަސް ޟަޢީފު ބުނުމެވެ.
ދެންފަހެ އަންހެނާ އޭނާގެ މޫނު ފޮރުވުން ވާޖިބު ކަމަށް ދެކޭ ފަރާތްތަކުގެ ދަލީލު ތައް ޞައްޙަ ވެފައި ޞަރީޙަވެސް މެއެވެ. އަދި އުޞޫލީ ޤަވަޢިދު ބުނާ ފަދައިން: [يؤخذ بالصحيح الصريح ويُترك المحتمل المشتبه] "ޞައްޙަ ޞަރީޙާ ގައި ހިފައި، ޝުބުހު (އެބަހީ: ނުސާފުކަމާއި ޝައްކު) ތަކަށް މަގުހުޅުވޭ ތަކެތި ވަނީ ދޫކުރުމެވެ." އަދި (އެހެން) ޤަވައިދެއްގައި ވެއެވެ: [يُرد المشتمل إلى المشتبه والمحتمل إلى المُحكم الظاهر ويزول الإشكال] "ޝުބުހު އާއި އެކިމާނަ އެކުލެވިފައިވާ އެތި، އޮޅުމެއްނެތް ސާފު އެއްޗަށް ރައްދު ކުރާށެވެ. އެއިން އެއަށް އަރާފައިވާ އޮޅުން ނެތިކުރާށެވެ." ވީމާ މީގެ މައްޗަށް ބަލައި، ދަލީލުތަކުގައި ޚިލާފު ތިބާއަށް އައިސްފިނަމަ، އޭގެ ޝުބުހު ވަންތަ މަސްހުނި ތަކެތި ދެނެގަނެ، މުޙްކަމް (އޮޅުމެއްނެތް) އަދި (ސާފު) ނައްޞަށް އެތަކެތި ރައްދުކުރާށެވެ. ދެންފަހެ އެއެއްގައި އިތުރު އެހެން މާނައެއް (އޮޅުމެއް) ނުވާ ތަކެތި (ނެގުމުން)، އެހިސާބުން މައްސަލައިގެ އޮޅުން ނެތިދިޔައީއެވެ. އަދި މީގެ މައްޗަށް ކަނޑައެޅެނީ، ފަހެ އަންހެނާގެ މައްޗަށް ވާޖިބުވެގެންވަނީ ހިލޭ މީހުން ކުރިމަތީ އޭނާގެ މޫނު ނިވާކުރުން ކަމެވެ. އަދި އެކަނބުލޭގެ ފުށުން އެއްވެސް އެއްޗެއް ފާޅު ނުކުރުމެވެ. އެހެނީ އެކަނބުލޭގެއަކީ ޢަޥްރަ އެކެވެ...❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (فتاوى متنوعة ޖ 14 ޞ. 9 ، جامع الكتب الإسلامية)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.