ما حكم تغطية وجه المرأة
➊
ما حكم تغطية وجه المرأة:-
އަންހެނާ މޫނު ފޮރުވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
••
މިއަޚާ ސުވާލު ކުރަނީ، ޢުމަރު رَضِيَ اللَّهُ عَنْهُ އަރިހުން މަޝްހޫރު ވާހަކައެއް ކަމުގައިވާ، އެކަލޭގެފާނަށް އަޅު އަންހެނެއް ޙިޖާބު ވެގެން ހުރި ތަން ފެނިއްޖެނަމަ، އެތިފަހަރެއް ޖައްސަވާކަމަށް އައިސްފައިވާ ރިވާޔަތާއި މެދުގައެވެ. އަދި އެކަލޭގެފާނު ވިދާޅުވެއޭ އެވެ: "މިނިވަން އަންހެނާ އާއި ތިބާ އެއްސިފަވަނީ ހެއްޔެވެ؟" — މި އަޘަރު ޞައްޙަވެގެން ވާ ނަމަ، މިތާގައި (މޫނު ނިވާކޮށް) ޙިޖާބު ވުމަކަށް ވިދާޅު ނުވެޔޭ ނުވަތަ ވުމެއް ނެތޭ ބުނާ މީހަކަށް ރައްދު ވަނީ ކިހިނަކުން ހެއްޔެވެ؟
❞ މިއީ ޢުމަރު އަރިހުން (ރިވާވެފައިވާ) ޞައްޙަ އަޘަރެކެވެ. ޢުމަރު އެދިވަޑައިގެންނެވީ އަޅު އަންހެނުންނާއި މިނިވަނުން ވަކި ކުރެއްވުމަށެވެ. އަދި (މިއާއި އެއްފަދައިން) އަޅު އަންހެނާ މިނިވަންވާ ކޮންމެ ޙާލަތެއްގައި އޭނާ މިނިވަނެއްގެ މަންޒިލަށް ފޯރައި، މިނިވަނަކަށް ވާޖިބު އެއްޗެއް އޭނާ އަށްވެސް ވާޖިބުވެ ދެއެވެ. އެހެނަސް (މޫނު ނިވާކޮށް) ހިޖާބުވުން ނުދެކޭ ފަރާތްތަކުން ދެކެނީ މިތާގައި ހިޖާބޭ އޮތުމުގެ މަޤުޞަދަކީ ބޯ ނިވާކުރުން ކަމުގައެވެ. އަދި މޫނު ނިވާކުރުން (އެކުލެވޭ) ކަމަކަށް ނުދެކެއެވެ. އެހެނީ ޢިލްމުވެރިން ދެމެދު "އަލްޙިޖާބު އަކީ ކޮބައިތޯ؟" އާއި މެދު ޚިލާފުވެއެވެ.
އެހެންކަމުން އަންހެނާ އޭނާގެ މޫނު ކަޝްފުކުރުން ހުއްދަ ކަމަށް ދެކޭ ފަރާތްތަކުން ދެކެނީ، ޙިޖާބޭ ބުނެވުމުން އޭގެ މަޤުޞަދަކީ ބޯ ނިވައިކުރުން ކަމެވެ. އަދި އެއިލާހު - عز وجل ގެ މިބަސް ވަޙީ { يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ } (އެކަނބަލުންގެ ޖިލްބާބު ތަކުން (ފޭރާންތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށޭ) [الأحزاب:59] ގެ ދޭހަ އަކީ ވެސް މިއީ ކަމުގައެވެ. އަދި ﷲ - عز وجل މިބަސްވަޙީ ގެ މަޤްޞަދަކީވެސް އެއީ ކަމުގައެވެ: {يَاأَيُّهَا النَّبِيُّ قُلْ لِأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَحِيمًا} (އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، مؤمن ންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން (ފޭރާންތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.) [الأحزاب:59]. އަދި މިބުނުމުގެ މައްޗަށް އިންސާފުކުރުމަށް ބައެއް ދަލީލުތައް ގެނެއެވެ.
ދެންފަހެ މިމައްސަލާގައިވާ ދެވަނަ ޤަޥްލަކީ: މިއީ އަންހެނާ މޫނު ފޮރުވުމުގެ ވާޖިބު ކަމުގެ މައްޗަށް އޮތް ދަލީލެއް ކަމެވެ. އަދި ﷲ - عز وجل - ވަޙީ ކުރައްވަނީ { ذَلِكَ أَدْنَى أَنْ يُعْرَفْنَ } (އެކަނބަލުން އެނގިގެން ވުމަށް އެގޮތް މާގާތްކަން ބޮޑެވެ.) އަދި އަންހެނެއް އެނގުންވަނީ އޭނާގެ މޫނުންނެވެ. އަދި އޭނާގެ ބޮލަކުން ނޫނެވެ. އަދި މި (ބުނުން) ވަރުގަދައެވެ. އަދި މިކަމުގެ މައްޗަށް ވާ ދަލީލަކީ އިބްނު ޢައްބާސް رضي الله عنهم އަރިހުން އައިސްފައިވާ ބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: "أمر الله نساء المؤمنين أن يغطين وجوههن فلا يُبدين إلا عينًا واحدة" (މުއުމިނުންގެ އަންހެން ތަކުންނަށް ﷲ އަމުރު ކުރައްވަނީ އެވެރިންގެ މޫނުތައް ފޮރުވުމަށެވެ. އެހެންކަމުން އެއިން އެއްލޯ މެނުވީ ނުދެއްކުމަށެވެ.) އަދި މިބަސްފުޅު ރިވާ ކުރައްވާފައިވަނީ އިބްނު އަބީ ޙާތިމް، އިބްނު ޢައްބާސް އަރިހުންނެވެ. އަދި އޭގެ ސަނަދު (قوي) ވަރުގަދައެވެ. އަދި މިއިން، އެބަހީ، އިބްނު ޢައްބާސް އަށް އެ އާޔަތުން ފަހުމްވެ ވަޑައިގަންނަވަނީ މޫނު ފޮރުވުން ކަމެވެ. އަދި އަންހެނާގެ މައްޗަށް އޭނާގެ މޫނު ފޮރުވުން ވާޖިބު ކަމެވެ. އަދި ބުރަދަން އޮތް ރައުޔަކީ މިއީއެވެ. އެއީ އަންހެނާގެ މައްޗަށް އޭނާގެ މޫނު ފޮރުވުން ވާޖިބުވެގެން ވާކަމެވެ. އެއީ އިތުރުއެކަލޭގެފާނުން ﷺ ގެ މިޙަދީޘް ގެ ޢާންމު މާނައަށެވެ: (( المرأة عورة )) ((މުޅި) އަންހެނާ އަކީ ޢަޥްރަ އެވެ.)
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.