އަދި އަލްޤާޟީ އިސްމާޢީލް ވިދާޅުވިއެވެ: "ހަމަކަށަވަރުން ﷲ ގެ ރަސޫލު ﷺ ގެ އަޞްޙާބުން އިޚްތިލާފުގައި ތަނަވަސްވުމަކީ (ގިނަގުނަވުމަކީ)…
އަދި އަލްޤާޟީ އިސްމާޢީލް ވިދާޅުވިއެވެ: "ހަމަކަށަވަރުން ﷲ ގެ ރަސޫލު ﷺ ގެ އަޞްޙާބުން އިޚްތިލާފުގައި ތަނަވަސްވުމަކީ (ގިނަގުނަވުމަކީ) އެބޭކަލުންގެ އިޖްތިހާދީ ރައުޔުގައި ތަނަވަސްވުމެވެ. ދެންފަހެ ތަނަވަސް ކަން، އެއީ އެނޫން ބޭކަލުން ފިޔަވައި އޭގެތެރެއިން އެއްބޭކަލެއް ގެ ބަސްފުޅުން މީހަކު ބުނުމެވެ. އެކަމުގައި ޙައްޤު ވަނީ އެބޭކަލެއްގެ އެ ބުނުމުގައި ކަމަށް ބުނުންނަމަ – މިއެއްނޫނެވެ. އެހެނަސް އެބޭކަލުންގެ އިޚްތިލާފުންތަކުން ދަލީލި ކުރަނީ، އެބޭކަލުން (ދަލީލުގެ މައްޗަށް) އިޖުތިހާދު ކުރައްވައި އިޚްތިލާފު ވެލެއްވިކަމެވެ." (އެބަހީ: އިޖުތިހާދުގައި ކުށެއް ވެސް އޮވެދާނެއެވެ. އެހިނދު އެއީ ޙައްޤު ރައުޔު ކަމުގައި ނުބެލެވެއެވެ. އަދި އެހެނަސް އެއަށް އެއް އަޖުރުވެއެވެ. އަދި މިކަން ދެނެގަނެވުންވަނީ ޢިލމްިވެރިން އެ މައްސަލައަށް އިތުރަށްބަލައި އަޅައިކިޔުމުގައެވެ.) އިބްނު ޢަބްދުލްބައްރު މިބަސްފުޅަށް ނަޒަރު ހިންގަވައި ވިދާޅުވިއެވެ: "އިސްމާޢީލް ގެ މިބަސްފުޅު ނުހަނު ހެޔޮވެގެން ވެއެވެ."
ފަހެ ނަމާދަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން 2 ވަނަ ރުކުނެވެ. އެއީ ދީނުގެ ތަނބެވެ. އަދި ﷲ عز وجل އެއިލާހުގެ ނަބިއްޔު މުޙައްމަދު ﷺ އަށް އެ ފަރުޟު ކުރެއްވީ އެއިލާހު ޙަޟުރަތަށް އެކަލޭގެފާނު (އަލްއިސްރާ) ދަތުރު ކުރެއްވި ހިނދު ގައެވެ.
~ ގަލަންދާނު
(ނުނިމޭ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.