ހިޖާބުވުމުގެ މައްސަލާގައި ﷲ އަށް އުރެދި މައިންބަފައިންނަށް ކިޔަމަންވުމެއް ނުވެއެވެ
ހިޖާބުވުމުގެ މައްސަލާގައި ﷲ އަށް އުރެދި މައިންބަފައިންނަށް ކިޔަމަންވުމެއް ނުވެއެވެ.
« މޫނު ފަރުދާ ކުރުމުގެ ވާޖިބުކަން ދެނެގަނެވިއްޖެ (ބާލިޣުވެފައިވާ) އަންހެން ދަރިއަށް އޭނާގެ ބައްޕަ ނޫނީ މަންމައަށް އެކަމާއި ޚިލާފަށް ކިޔަމަން ވުން ހުއްދަވެގެންނެއް ނުވެއެވެ. އެހެނީ ”ޚާލިޤަށް ނުކިޔަމަންތެރިވުމުގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނުވެއެވެ.“ (ޙަދީޘް)
ހަމަ މިބީދާއިން، ބައްޕައަށްވެސް އޭނާގެ ދަރީގެ މޫނު ކަޝްފުކުރުމަށް (ނުފޮރުވުމަށް) އަމުރު ކުރުން ހުއްދަވެގެންނެއް ނުވެއެވެ. އެއީ އޭނާ އަމިއްލަ ނަފްސަށްދެކޭ ރައުޔަކީ ނިޤާބު އަކީ މުސްތަޙައްބު (ސުންނަތެއް) ކަމުގައި ވިޔަސް އެވެ. އެހެނީ އެދަރިފުޅަށް ޔަޤީން ގޮތުގެ މައްޗަށް ޢަމަލު ކުރުން އޭނާގެ މައްޗަށް ލާޒިމު ކުރައްވާފައި ވުމުންނެވެ. އަދި މިކަމުގެ މައްޗަށް އޭނާ އަށް ސުވާލުވެވޭނެއެވެ. އެއީ އޭނާގެ ބައްޕަޔަށް ޔަޤީންގޮތާއި ރައުޔުގެ މައްޗަކަށް ނޫނެވެ. މިހެންކަމުން ނިޤާބު ދޫކޮށްލުމަކީ އެދަރިފުޅުގެ ރައްބަށް ވެވޭ އުރެދުމެކެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވި އެވެ: ( لا طاعة في معصية إنما الطاعة في المعروف ) ”އުރެދުމެއްގައި ކިޔަމަން ގަތުމެއް ނުވެއެވެ. ހަމަކަށަވަރުން، ކިޔަމަން ގަތުން ވަނީ ހެޔޮ ކަންކަމުގައެވެ.“ —ރިވާކުރެއްވީ އަލްބުޚާރީ (7257) އަދި މުސްލިމް (1840) އެވެ. »
— އިސްލާމް ސުވާލާއި ޖަވާބު، ފަތުވާ (104165)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.