އެހެނިހެން
ޛުލް ޤައިދާ މަސް ނިމި، މާދަމާ އަކީ ބަރަކާތް ތެރި ޛުލް ޙިއްޖާ މަހުގެ ފުރަތަމަ ދުވަހެވެ
ލިޔުނީ: Galandān Admin21 July 2020 at 09:090 ޚިޔާލުތައް

•
🌘 ޛުލް ޤައިދާ މަސް ނިމި، މާދަމާ އަކީ ބަރަކާތް ތެރި ޛުލް ޙިއްޖާ މަހުގެ ފުރަތަމަ ދުވަހެވެ.
އެހެންކަމުން މިރޭ އިރު އޮއްސުމާއި އެކު މިވަނީ މިބަރަކާތްތެރި ދިހަ ދުވަސް ފެށިފައެވެ.
الله ﷻ ވަޙީ ކުރެއްވިއެވެ:
﴿وَالْفَجْرِ وَلَيَالٍ عَشْرٍ﴾
”ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.“
[الفجر : ١-٢]
އިބްނު ޖަރީރް އައްޠަބަރީ ވިދާޅުވިއެވެ:
”އަޅަމެންގެ ރައްބު ފަތިސް ގަންދީ ހުވާ ކުރެއްވީ އެއަށް ޘަނާ ވަޙީ ކުރެއްވުމުގެ ގޮތުންނެވެ. އެއީ ދުވާލުގެ ފެށުމެވެ. އަދި މަތިވެރި އެއްޗަކުން މެނުވީ އެއިލާހު ހުވާ ނުކުރައްވަތެވެ.“
އެއިލާހުގެ ވަޙީ: وَلَيَالٍ عَشْرٍ (އަދި ދިހަ ރޭ ގަންދެއްވަމެވެ.)
އިބްނު ޢައްބާސް އާއި މުޖާހިދު އަދި ޤަތާދާ ތަފްސީރު ކުރެއްވީ، މިއީ ޙައްޖު މަހުގެ ދިހަ ދުވަސް ކަމުގައެވެ.
~ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.