ޢިލްމާއި ނުލައި ވާހަކަދެއްކުމެއް އިންސާނާއަށް ނުވެއެވެ. ކަމެއް ނަފީކުރުމުގައި ނޫނީ ޘާބިތު ކުރުމުގައި ވިޔަސް އެވެ. ނުދަންނަމީހާ ބަހެއް…

🔻🔻
❞ ޢިލްމާއި ނުލައި ވާހަކަދެއްކުމެއް އިންސާނާއަށް ނުވެއެވެ. ކަމެއް ނަފީކުރުމުގައި ނޫނީ ޘާބިތު ކުރުމުގައި ވިޔަސް އެވެ. ނުދަންނަމީހާ ބަހެއް ނުބުނެ ހަނުހުރި ނަމަ، ޚިލާފުތައް މަދުވީހެވެ. ❝ ⁽¹⁾
— ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ
~ ގަލަންދާނު
--------------------
[1] ފައިދާއެއް: ( لو سكت من لا يدري، لقلّ الخلاف بين الخَلق ) ”ނުދަންނަމީހާ ބަހެއް ނުބުނެ ހަނުހުރި ނަމަ، ޚަލްޤުތަކުން މެދުގައި ޚިލާފު މަދުވީސްހެެވެ.“ ޖާމިޢުލް ޢިލްމި 1/294 ގައި އިބްނު ޢަބްދުލް ބައްރު މިބަސްކޮޅު ނަޤުލުކުރެއްވިއެވެ. އަދި "މުޢައްޖަމުލް އުދަބާއު" (5/19) ގައި ޔާޤޫތު އެބަސްކޮޅު ކުލްޘޫމް އަލްޢުތާބީ އަށް ނިޞްބަތް ކުރެއްވިއެވެ. އަދި "އަލްޙާވީ ލިލްފަތާވާ" 2/116 ގައި އައްސުޔޫތީ މިބަސްކޮޅު (لو سكت من لا يعرف قلَّ الاختلاف ...) އަބޫ ޙާމިދުލް ޣަޒާލީ އަށް ނިޞްބަތް ކުރެއްވިއެވެ. އަދި އަލްޙާފިޡް އަލްމިއްޒީ "ތަހްޛީބުލް ކާމިލް" (362/4) ގައި ވިދާޅުވިއެެވެ: ( ﻭﻟﻮ ﺳﻜﺖ ﻣﻦ ﻻ ﻳﺪﺭﻱ ﻻﺳﺘﺮﺍﺡ ﻭﺃﺭﺍﺡ ﻭﻗﻞ ﺍﻟﺨﻄﺄ ﻭﻛﺜﺮ ﺍﻟﺼﻮﺍﺏ ) "ނުދަންނަމީހާ ބަހެއް ނުބުނެ ހަނުހުރި ނަމަ، ނުހަނު އަރާމާއި ހަމަޖެހުން (އޭނާއަށް) ވީހެވެ. (ދުލުގެ) ކުށްތައް މަދުވެ، ސީދާވުން އިތުރުވީހެވެ.“
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.