ޖާހިލުންގެ ރައީސުން
ޖާހިލުންގެ ރައީސުން...
❞ ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «إِنَّ اللَّهَ لَا يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنْ صُدُورِ الرِّجَالِ، وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ، فَإِذَا لَمْ يَبْقَ عَالِمٌ اتَّخَذَ النَّاسُ رُؤَسَاءَ جُهَّالًا؛ فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا»⁽¹⁾
”ހަމަކަށަވަރުން الله ޢިލްމު ހިއްޕަވަނީ މީސްތަކުންގެ މޭތަކުން އެނެތިކުރައްވައިގެނެއް ނޫނެވެ. އެހެނެއްކަމަކު އެއިލާހު ޢިލްމު ހިއްޕަވަނީ ޢިލްމުވެރިންގެ (މަރު) ހިއްޕަވައިގެންނެވެ. އެހެންކަމުން އެއްވެސް ޢިލްމިވެރިޔެއް ނެތުމުން، ޖާހިލުންނީ އެވެރިންގެ ބޮޑުންގޮތުގައި މީސްތަކުން ނަގައެވެ. ސުވާލުވެވި، ޢިލްމެއްނެތި ފަތުވާދީ، މަގުފުރައްދައި މަގުފުރެދެއެވެ.“
ރަސޫލު ﷲ އެވެ. ކަލޭގެފާނު ތެދުވިދާޅުވެއްޖެއެވެ... އަހަރެމެންގެ މިޒަމާނުގައި އެބައިމީހުންގެ ގިނަކަމާއެވެ!
އެވެރިންގެ ތެރެއިން ބައެއް މީހުން، 5 ޖުމްލައިގެ ފޮޅުވަތެއް ލިޔާއިރު، ބަހުގެ ޤަވާޢިދާއި އިމްލާގެ 9 ކުށް ވަނިކޮށް ތިބާއަށް ފެންނާނެއެވެ!
އަދި މިވެރިންނީ އެންމެ ނުރައްކާތެރިކަން ބޮޑު މަސާއިލު ތަކުގައި އިސްވެ ބަސްބުނާ މީހުންނެވެ... ޢަޤީދާ އާއި ލޭ (ޙަލާލު ކުރުމު)ގައެވެ. ވާހަކަ ދައްކާނަމަ ލަފުޛެއް ބޭނުން ކުރަން ޖެހޭގޮތްވެސް ނޭގެއެވެ. ނުވީތާކަށް އޭގެ މަޚުރަޖަވެސް ނުބައެވެ!
والله المستعان. ❝
— އައްޝެއިޚް ޢަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކު (ބަސްކޮޅު)
~ ގަލަންދާނު
------------------
[1] ރިވާކުރެއްވީ، ޢަބްދު ﷲ ބުނު ޢަމްރު އަރިހުން އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙު 7307 ގައި.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.