އެހެނިހެން
ތޫމާ ޙަކީމްބޭގެ ވާހަކައިގެ ކުރިން، އެބެޔާ ބެހޭ އެހެން ޅެން ބައިތެއް
ލިޔުނީ: Galandān Admin9 July 2022 at 16:530 ޚިޔާލުތައް
ތޫމާ ޙަކީމްބޭގެ ވާހަކައިގެ ކުރިން، އެބެޔާ ބެހޭ އެހެން ޅެން ބައިތެއް:
قال حمار الحكيم توما
އަލްޙަކީމު ތޫމާގެ ޙިމާރު ބުނެފިޔޭ
لو أنصفوني كنت أركب
ދުއްވާން ހުރީ އަހަންނޭ އިންސާފު ކަތުން ދޭނަމަ މަށަށް
(އެބަހީ: ހިމާރަކަށް ހެޔޮވަރީ ތޫމާއޭ އަހަންނެއް ނޫނޭ)
لأنني جاهل بسيط
އެހެނީ މަށަކީ ޖާހިލެކޭ، އެހެނަސް އާދައިގެ ވަރެއްގެ
و صاحبي جاهل مركب
އަދި މަގޭ މިސާހިބަކީ ޖާހިލެކޭ ގަމާރު މުރައްކަބު
މުރައްކަބު ޖާހިލަކީ: ތިމާ ގެ ޖާހިލުކަންވެސް ނޭގޭ މީހާއެވެ. އެހެންކަމުން އޭނާ ކަންކަމުގައި ދަންނަ މީހެއް ފަދައިން އަނގަ ފުޅާކޮށް ބަސްކިޔައި ހަދައެވެ. އޭނާގެ ޖާހިލު ހިޔާލުތަކާއި ގަމާރު ބުނުންތަކަށް ލަދުގަންނަން ޖެހެނީވެސް އެހެން މީހުންނެވެ.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.