އެއާއި އެކުވެސް އިންޓަވިއު ކުރެއްވި ޤާރީ ބޭފުޅާއަށް ވިދާޅުވިއެވެ: ”ތިބާ އަހަންނަށް ވުރެ ހެޔޮވެގެން ވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه…
އެއާއި އެކުވެސް އިންޓަވިއު ކުރެއްވި ޤާރީ ބޭފުޅާއަށް ވިދާޅުވިއެވެ: ”ތިބާ އަހަންނަށް ވުރެ ހެޔޮވެގެން ވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:
«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ»
—رواه البخاري
”ތިޔަބައިމީހުންކުރެ އެންމެ ހެޔޮވެގެންވާ މީހަކީ، ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ.“
އިންޓަވިއު ކުރެއްވި ޤާރީ ވިދާޅުވިއެވެ. أستغفر الله އެވެ. އަހަރެން އަތުގައިވަނީ ޅެންތަކެވެ. (ބަސްބުނުމެވެ.) ޢަމަލު ތިޔަޔަވަނީ ތިބާ އަތުގައެވެ.“
ޢަބްދުލް މަޖީދުގެ ބައްޕާފުޅާ ބެހޭގޮތުން ވިދާޅުވިއެވެ: ”އަހަރެންގެ ބައްޕަ އަކީ ޤުރުއާން އެއްކޮށް ހިތުދަސް ބޭފުޅެކެވެ. އޭގެ މާހިރެކެވެ. އަދި ކާތިބެކެވެ. އަދި އަހަރެން ޤުރުއާން ހިތުދަސްކުރީ ބައްޕަގެ އަތް މައްޗަށެވެ. އަދި ބައްޕަ ހުރިހާވަގުތަކުވެސް އުޅުއްވަނީ ޤުރުއާން ތިލާވަތު ކުރެއްވުމުގައެވެ. އަދި އަހަރެން އަބަދުވެސް އުޅެނީ ބައްޕަ ގާތުގައި ޤުރުއާން ކިޔެވުމުގައެވެ. އަހަރެންނަކީ ޤުރުއާން ކިޔެވުމުގައި ބައްޕަގެ އެކުވެރިޔާއެވެ.“
ޢަބްދުލް މަޖީދުގެ އުމުރު ފުޅުން މިހާރު 54 އަހަރެވެ. އަދި އެހެނަސް ޢިލްމު އުނގެންނެވުމުގެ އުއްމީދު ދޫކޮށެއް ނުލައްވައެވެ. އަދި ކައިވެންޏާއި ދަރިން ގާތު މަޝްޣޫލުވުމުގެ ސަބަބުން ޢިލްމު އުނގެންނެވުމަށް ލަސްވުންތަކެއް އަޔަސް، ހުންނެވީ މިހާރުވެސް ޤަޥްމުން ބޭރަށް ޢިލްމު އުނގެންނެވުމަށް ދަތުރުވެރިވުމަށް ނިޔަތް ގަންނަވައިގެންނެވެ.
ފައިދާއެއް:
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَثَلُ الَّذِي يَقْرَأُ القُرْآنَ، وَهُوَ حَافِظٌ لَهُ مَعَ السَّفَرَةِ الكِرَامِ البَرَرَةِ، وَمَثَلُ الَّذِي يَقْرَأُ، وَهُوَ يَتَعَاهَدُهُ، وَهُوَ عَلَيْهِ شَدِيدٌ فَلَهُ أَجْرَانِ»
—رواه البخاري
”ޤުރްއާން ހިތުދަސް ޙާލު ރިވެތިކޮށް ތަރުތީލުކޮށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާއެކުގައެވެ. އަދި ދަތިއުނދަގުލާއެކު ހަނދާންނެތިދާނެތީ ތަކުރާރުކޮށް އެ ކިޔަވާ މީހާއަށް، ދެދަރުމަވެއެވެ.“
އަދި ވެސް ޙަދީޘް ކުރެއްވިއެވެ:
«اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لِأَصْحَابِهِ»
—رواه مسلم
މާނައީ”ތިޔަބައިމީހުން (ގިނަގިނައިން ) ކީރިތި ޤުރްއާން ކިޔަވައިއުޅޭށެވެ! ފަހެ، ހަމަކަށަވަރުން، އެފޮތް ކިޔަވައިއުޅުނު މީހުންނަށް ޝަފާއަތްތެރިޔަކު ކަމުގައި ޤިޔާމަތް ދުވަހުން އެފޮތް އަންނަ ހުއްޓެވެ.”
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.