އެހެނިހެން
ދިރޭ މިއުއްމަތު ޖިހާދުގައިވީ
ލިޔުނީ: Galandān Admin17 March 2022 at 11:060 ޚިޔާލުތައް
ދިރޭ މިއުއްމަތު ޖިހާދުގައިވީ
ރިސާލަތަށްހެޔޮ ފިދާ ވަނީއޭ
އަބަދު މަދަދު އެދި މަގުން ހިދާޔީ
ރިސާލަތަށްހެޔޮ ފިދާ ވަނީއޭ
މިއުއްމަތުން ހެޔޮ ކިތައް ޞަޙާބީން
ޝަހީދުވީ އުފަލުގާ ޖިހާދީ
ޝަހީދުވީ އުފަލުގާ ޖިހާދީ
ސަވާބު ހުސްކޮށް ސަވާބު ހޯދާ
އުޞޫލުތައް ހަރުދަނާ ވެދާހެން
ނުފޫސު ޖާނާ ހިލޭ ދެނީދެން
ނުފޫސު ޖާނާ ހިލޭ ދެނީދެން
އަމާންކަމާ ޝަރަފު މާތްވި ހޯދާ
އިރާ ހަނދުން ނޫރު ގެއްލިދާނޭ
އުޑާއިބިންވެސް ފަނާވެދާނޭ
އުޑާއިބިންވެސް ފަނާވެދާނޭ
ފިލާ ނުދާނޭ މިމާތްވި ޒިކުރާ
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.