އިންސާނެއްގެ އޯގާވެރިކަން (الرحمة) އަކީ އޭނާގެ ދިރުމެވެ. އަދި އޭނާގެ ބިންގަލެވެ. އިންސާނަކަށް އެކަން ވަނީ ހަށިގަނޑަކަށް ބަލާނަމަ އޭގެ…
••
❞ އިންސާނެއްގެ އޯގާވެރިކަން (الرحمة) އަކީ އޭނާގެ ދިރުމެވެ. އަދި އޭނާގެ ބިންގަލެވެ. އިންސާނަކަށް އެކަން ވަނީ ހަށިގަނޑަކަށް ބަލާނަމަ އޭގެ ބޮލުގެ މަންޒިލުފަދައިންނެވެ. އަދި އޯގާވެރިކަން އިންސާނެއްގެ ފުށުން ގެއްލިގެންދާ ހިނދަކު، އޭނާގެ ފުށުން އިންސާނިއްޔަތުކަން ގެއްލި ހިނގައިދެއެވެ. ޖަނަވާރަށް ވުރެ އޭނާ ގެއްލެނިވެފައިވެއެވެ. "ރަޙްމަތް" އިން ﷲ އެއިލާހުގެ ޒާތުފުޅު ޞިފަ ކުރެއްވިއެވެ. އަދި ރަޙްމަތް އިން އެއިލާހު އެއިލާހުގެ ނަބިއްޔު ﷺ ޞިފަކުރެއްވިއެވެ. އަދި ނަބިއްޔާ ﷺ ރަޙުމް ކުރުމަށް އަމުރު ކުރެއްވިއެވެ. އެހެންކަމުން ޙަދީޘް ކުރެއްވިއެވެ: (( ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ )) ”ބިންމަތީ ވާ ބަޔަކާށް ތިޔަބައިމީހުން ރަޙުމް ކުރާށެވެ. އުޑުގައިވާ ފަރާތް ތިޔަބައިމީހުންނަށް ރަޙުމު ކުރައްވާނެތެވެ.“ އަދި ﷲ ޙަޟުރަތުގައި އެންމެ ދުރުވެގެންވާ ހިތަކީ ހަރު ހިތެވެ. ❝
—އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.