ރައްކައުތެރިކަމުގެ ކިއްލާ
ރައްކައުތެރިކަމުގެ ކިއްލާ
ހެނދުނާއި ހަވީރުގެ ވިރުދުތަކާއި، ޢާންމު ޛިކުރުތަކާއި، ފަރުޟު ނަމާދު ތަކުގެ ފަހުގައި ކިޔެވޭ ޛިކުރު ތަކަކީ: ސިޙުރާއި، އެސްފީނާ އާއި، ވަސްވަސާ އާއި ނަފްސާނީ ބަލިތަކަށްވާ ރައްކާތެރިކަމުގެ ކިއްލާއެކެވެ. ގެއްލުމެއް ލައިގަނެފިނަމަ އެ ގެއްލުން ފަނޑުކޮށްދެއެވެ. ހިތްދަތިކަމާއި ހިތާމައިން ދިފާޢުކޮށްދެއެވެ.
ވީމާ ޛިކުރުގެ މަތީ ތިބާގެ ނަފުސު ހިފަހައްޓުވާށެވެ. އެއިން އިންސީންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ފުށުން ލައިގަންނަ ކަންކަމުން އަޅާ ދިފާޢުކޮށްދެއެވެ.
އަދި ހަށިރައްކަލަކަލެއް ކަމުގައި މި ހަދާށެވެ. އަދި އެއަށް ޣާފިލުވެ ފަރުވާކުޑަ ނުކުރާށެވެ. އެއީ ޢަދުއްވުންގެ ފުށުން ތިބާ ފިލަން ދުވާ ވަޤުތުގައި ކަމަށް ވިޔަސް އެވެ. އަދި މަސައްކަތުގެ އެންމެ ބުރަކޮށް އުޅޭ ވަޤުތު ކަމުގައި ވިޔަސްއެވެ. އަދި އެންމެ ނުތަނަވަސް ދަނޑިވަޅުގައިވެސް އެވެ. އަދި ތިބާގެ މަސައްކަތަކީ، އަދި ޙާއްޖަތަކީ، އަދި ލަނޑުދަނޑި އަކީ ވެސް މިއީ ކަމުގައި ހަދާށެވެ.
އަދި (ޛިކުރުތައް ކިއުމުގައި) ތިބާގެ ހިތް ހާޒިރުވެ އޮންނަމިންވަރަކުން (އެބަހީ: ޣާފިލުކަން މަދުވާ ވަރަކަށް) އޭގެ އަޘަރު ވަރުގަދައެވެ. އަދި އޭގެ މަންފާޢު ފުރިހަމައެވެ.
—ޝައިޚް ސުލައިމާން ބުނު ނާޞިރު، އަލްޢަލްވާން (ޖަވާހިރުލް ޙިސާނު ފީ ތަޣްރީދާތިލް ޢަލްވާން)
~ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.