ބައެއް ޞާލިހުންގެ ދޫއޮޅުންތަކުން ޣީބާ ބުނެވެއެވެ. އަދި އެވެރިންގެ ކުށްބަސް ތަކުން ވެސް މެއެވެ. އެހެނަސް ޞާލިޙެއް ގެ ފުށުން ނަމީމާ⁽¹⁾ އެއް…
”ބައެއް ޞާލިހުންގެ ދޫއޮޅުންތަކުން ޣީބާ ބުނެވެއެވެ. އަދި އެވެރިންގެ ކުށްބަސް ތަކުން ވެސް މެއެވެ. އެހެނަސް ޞާލިޙެއް ގެ ފުށުން ނަމީމާ⁽¹⁾ އެއް (އެބަހީ: ދެބައޮޑުވުމެއް) ނުނިކުންނާނެއެވެ. އެއީދޫއޮޅިގެން ވިޔަސްމެއެވެ. އެހެނީ ދެބައޮޑުވުން އަންނަނީ އޭގެ ކުރިޔަށް ނަފުސާއި ގުޅިފައިވާ ޙަބީސް ޤަޞްދަކާއި އެކުގައެވެ. އެއީ ބައިބައި ކުރުމުގެ (ދޭތެރެޖެއްސުމުގެ) ޤަޞްދެވެ.
އަދި މިކަމުގެ ތެރެއިން، މި ޤަޞްދަށް އެކަނި ބެލިނަމަވެސް، އެއީ ޞާލިޙެއްގެ ނަފުސުގައި އެކުލެވޭނޭ އެއްޗެއް ނޫނެވެ.
އަދި ދެބައޮޑުވުމުގެ ސަބަބުން އީމާން ކަމަށް ކުރާ އަޘަރު އިންތިހާ ގަދައެވެ. މިސަބަބަށްޓަކައި ޣީބަ ބުނާ މީހާއަށް ނުއަންނަވަރު ވަޢީދެއް ދެބައޮޑުވާ މީހާއަށް އައިސްފައިވެއެވެ. އަދި ކިއެއްހެއްޔެވެ؟ ކައްޒާބަކަށް ނުއަންނަ ވަޢީދު ދެބޮއޮޑުވާ މީހާއަށް އައިސްފައިވެއެވެ.“
— އައްޠަރީފީ، التفسير والبيان (٤/٢١٧٨)
~ ގަލަންދާން
___________
(1) ނަމީމާ އަކީ: މީސްތަކުންގެ މެދުގައި ފަސާދައާ ނުބައިކަން ފެތުރުމަށްޓަކައި އެއް ބައެއްގެ ގާތުން އަނެއް ބައެއްގެ ގާތަށް ވާހަކަ އުފުލުމެވެ. ދިވެހިބަހުން މިއަށް ދެބައޮޑުވުން ބުނެވެއެވެ. އަދި ދޭތެރެޖެއްސުމޭ ވެސް މެއެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.