ފަރުޟު ނަމާދު ތަކަށްފަހު ކިޔުން «ޟަޢީފު» ޛިކުރުތައް
ފަރުޟު ނަމާދު ތަކަށްފަހު ކިޔުން «ޟަޢީފު» ޛިކުރުތައް
(( އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ))
الحمد لله وبه نستعين..
1. ފަތިސް ނަމާދަށް ފަހު އޭނާގެ ފައި މަޅާަލައިގެން އިނދެ ވާހަކައެއް ދެއްކުމުގެ ކުރިން «لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ» -10 ފަހަރު-
ރިވަކުރެއްވީ އައްތިރުމިޛީ އެވެ. ޝަހްރި ބުނި ޙަޥްޝަބް ގެ ހަމަނުޖެހުން (އިޟްތިރާބް) ތަކުގެ ސަބަބުން އައްދާރަޤުޠުނީ އޭގައި ހާމަނޫން ބަލިކަށިކަން އެކުލެވޭކަމަށް ކަނޑައެޅުއްވި އެވެ. އަދި އެރިވާޔަތުގެ ރަނގަޅު ގޮތަކީ އިރުސާލް ވެގެންވުން ކަމަށް ކަނޑައެޅުއްވިއެވެ.
2. «اللَّهُمَّ اغْفِرْ لِي ذُنُوبِي وَخطَايَايَ [كُلَّهَا]، اللَّهُمَّ انْعِشْنِي وَاجْبُرْنِي وَاهْدِنِي لِصَالِحِ الْأَعْمَالِ وَالْأَخْلَاقِ فَإِنَّهُ لَا يَهْدِي لِصَالِحِهَا وَلَا يَصْرِفُ سَيِّئَهَا إِلَّا أَنْتَ»
ރިވާކުރެއްވީ އިބްނުއް ސުންނީ އެވެ. އަދި އޭގެ ސާނަދު އިންކާރުވެވިގެން ވެއެވެ. (منكر އެވެ.) އޭގައިވާ އާފާތަކީ ޢަލީ ބުނު ޔަޒީދުލް އަލްހާނީ އެވެ. އޭނާ އާއި މެދު އަލްބުޚާރީ އާއި އަބޫ ޙަތިމް ވިދަޅުވިއެވެ: ޙަދީޘް މުންކަރު މީހެކެވެ. (އެމީހެއްފުށުން ޙަދީޘް ބަލައިގަތުން ހުއްދަނޫން މީހެކެވެ.)
3. ކިޔެވުން: {قل هو الله أحد} ކޮންމެ ނަމާދެއް ނިމިގެން.
ރިވާކުރެއްވީ އައްޠަބަރާނީ އެވެ. އަދި އެއީ މުންކަރު ވެގެންވާ (އަދި ރިވާޔަތަށް) އިތުރު ކުރެވިފައިވާ ބަޔެކެވެ. އޭގައި ތަފައްރުދު ވެފައިވަނީ އިބްރާހީމް އައްޝާމީ އެވެ. (ތަފައްރުދު: އެބަހީ، އެކަހެރިވުން. ޙަދީޘްގެ ރާވީންތެރެއިން މި އިތުރު ބައި އައިސްފައިވަނީ އޭނާ ހިމެނޭ ސަނަދުން އެކަންޏެވެ. އެހެންކަމުން އޭނާ އޭގައި "އެކަހެރި" ވިއެވެ.) އަދި އޭނާ އަކީ (ދޮގު ހަދާކަން) ޝައްކުވެވޭ ފަރާތެކެވެ. އިބްނު ޙިއްބާން އާއި އައްދާރަޤުޠުނީ އޭނާ އަކީ ދޮގު ވެރިއެއް ކަމަށް ވިދާޅުވިއެވެ.
4. މަޣްރިބް ނަމާދުން އަވަދިވުމާއި އެކު 7 ފަހަރު «اللهُمَّ أَجِرْنِي مِنَ النَّارِ» ކިޔައި ދެން އެރޭ މަރިވެއްޖެނަމަ އެއިން (ނަރަކައިން) މިންޖުކުރެއްވުން ލިޔެވޭ ހުއްޓެވެ. އަދި ފަތިސްކޮށްގެން މިފަދައިން ކިޔައި، ދުވާލު ތިބާ މަރުވެއްޖެނަމަ އެއިން މިންޖުކުރެއްވުން ލިޔެވޭ ހުއްޓެވެ.
ރިވާކުރެއްވީ އަބޫ ދާވޫދު އާއި އަޙްމަދު އެވެ.އޭގެ އިސްނާދު ޟަޢީފެވެ. (ބަލިކައްޓެވެ.) އޭގައި އިބްނުލް ޙާރިޘް ހިމެނެއެވެ. އައްދާރަޤުޠުނީ އާއިއެނޫން ބޭކާލުން އެއީ ކާކުކަން ނޭގޭކަމަށް ނިންމަވާފައިވެެވެ.
5. ކިޔެވުން: {قل هو الله أحد} އާއި المُعَوَّذَتَيْن (ފަލަގިނާސި) 3 ފަހަރަށް، އެއީ ހެނދުނާއި ދުވާލުގެ ނިމުމުގައެވެ. [އެބަހީ: ފަތިސް އަދި މަޣްރިބް ނަމާދު ފަހުން ކިޔުމެވެ.] ރިވާކުރެއްވީ އަބޫ ދާވޫދެވެ. އަދި (ރިވާޔަތްތަކުގެ) ހަމަނުޖެހުން ތަކުގެ މައްޗަށް ްހާމަނޫން ބަލިކަށިކަން އޭގައި ވާކަމަށް ވިދާޅުވިއެވެ. އަދި އިބްނުއް ސަކަނި އާއި އައްދާރަޤުޠުނީ މިކަމަށް އިޝާރާތް ކުރެއްވިއެވެ.
6. «اللَّهُمَّ اجْعَلْ خَيْرَ عُمْرِي آخِرَهُ وَخَيْرَ عَمَلِي خَوَاتِمَهُ وَ [اجْعَلْ] خَيْرَ أَيَّامِي يَوْمَ أَلْقَاكَ»
ރިވާކުރެއްވީ އިބްނުއް ސުންނީ އެވެ. އަދި އޭގެ ސާނާދުގައި ތަފާތު ނުހާމަ ބަލިކަށިކަން ވެއެވެ. (ރާވީން ތެރޭ ހިމެނޭ) ޢަބްދުލް މަލިކް އައްނަޚަޢީ އާއި ޢަލީ ބުނު ޖަދްޢާން ގެ ޟަޢީފު ކަމުގެ މައްޗަށް އިއްތިފާޤުވެއެވެ.
7. ކޮންމެ ނަމާދެއްގެ ނިމުމުގައި : «أستغفِرُ اللهَ، الذي لا إله إلا هو، الحَيَّ القيومَ، وأتوبُ إليه» ކިޔައިފި މީހަކަށް ފާފަ ފުއްސެވެ. އެއީ ދެލަޝްކަރު ކުރިމަތިލާ ވަގުތު އޭނާ ފިލިކަމުގައިވިޔަސްމެއެވެ. (އެއީ ބޮޑުފާފައެކެވެ.) ރިވާކުރެއްވީ އައްޠަބަރާނީ އެވެ. އޭގައި (ރާވީން ތެރޭ) އިބްނު ފަރްޤަދް ހިމެނެއެވެ. ޙަދީޘް މުންކަރު މީހެއް ކަމަށް އަލްބުޚާރީ ވިދާޅުވިއެވެ. އަދި އިބްނު ޢަދިއްޔު ވެސްއޭނާ ބަލިކަށި ކަމަށް ކަނޑައެޅުއްވިއެވެ.
والله تعالى أعلم.
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.