8. اللَّهُمَّ بِكَ أُحَاوِلُ وَبِكَ أُصَاوِلُ وَبِكَ أُقَاتِلُ
(3)
8. اللَّهُمَّ بِكَ أُحَاوِلُ وَبِكَ أُصَاوِلُ وَبِكَ أُقَاتِلُ
ރިވާކުރެއްވީ އިބްނުއް ސުންނީ އެވެ. އަދި އޭގެ ސަނަދު (جيد) ބަރާބަރެވެ. އަދި އިބްނު ޙިއްބާން އާއި އެނޫން ބޭކަލުން އެ ޞައްޙަ ކުރައްވާފައި ވެއެވެ. އަދި ޞުހައިބު ގެ ރިވާޔަތުގައި، ނަބިއްޔާ... އެހެން ދުޢާ ކުރެއްވީ، ފަތިސް ނަމާދަށް ފަހުގައެވެ. [އެއީ ދަތިއުނދަގުލުގެ ތެރޭގައި އެވެ.]
9. ކިޔެވުން: އާޔަތުލް ކުރުސި ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ކިޔަވައިފި މިހަކަށް، ސުވަރުގެ ވަނުމަށް، މަރުފިޔަވައި އިތުރު ހުރަހެއް ނުވެއެވެ. ރިވާކުރެއްވީ އައްނަސާއީ އޭގައި މައްސައެއް ނެތް ސަނަދަކުންނެވެ. އަދި އިބްނު ޙިއްބާން އާއި ޢަބްދުލް ހާދީ އެރިިވާޔަތް ޞައްޙަ ކުރެއްވިއެވެ. އަދި ޙަސަން (ދަރަޖައިގައި) މިޙަދީޘް ހިމެނޭ ކަމަށް އައްޛަހަބީ ވިދާޅުވިއެވެ.
10. ކިޔެވުން: އަލްމުޢައްވިޛާތު (ފަލަޤި-ނާސި) ކޮންމެ ނަމާދެއްގެ ފަހުން ކިޔެވުމެވެ.
ރިވާކުރެއްވީ އަބޫ ދާވޫދު ޙަސަން ސަނަދަކުން ނެވެ.
* އަދި ތިން ފަހަރު ކިޔެވުން ޞައްޙަ އެއްް ނޫނެވެ. އެއީ ޘާބިތުނޫން އިތުރުވުމެކެވެ. އަދިކިޔެއް؟ ކިޔެވުން ވަނީ [އެއް ފަހަރު] ކޮންމެ ނަމާދެއްގެ ފަހުގައެވެ.
11. اَللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
ރިވާކުރެއްވީ އަބޫ ދާވޫދު، ވަރުގަދަ ސަނަދަކާއި އެކު، މުޢާޛުގެ ޙަދީޘްތަކުންނެވެ.
ބުނެވެއެވެ: މި ކިޔުން ވަނީ ސަލާމްގެ ފަހުންނެވެ. ބޮޑަށް ސާފީ ސަލާމްގެ ކުރިން ކަމެވެ.
އަދި الله تعالى މޮޅަށް ދެނެވޮޑިގެން ވެއެވެ.
_________
ޛިކުރު ތަކުގެ މާނަ:
(8) ޔާ ﷲ އަހަރެންގެ އާރާއިބާރު ވަނީ އިބަ އިލާހު ޙަޟުރަތުންނެވެ. (ޢަދުވުންނަށް ކުރިމަތީ) އަހަރެންގެ ކުރިމަތިލުންވެސް ވަނީ އިބަ އިލާހު ޙަޟުރަތުންނެވެ. އަހަރެންގެ ހަނގުރާމަކުރުންވެސް ވަނީ އިބަ އިލާހު ޙަޟުރަތުންނެވެ.
(11) ޔާ ﷲ! އިބަ އިލާހަށް ޒިކުރު ކުރުމަށާއި، ޝުކުރު ކުރުމަށާއި ،ރިވެތި ގޮތުގައި އަޅުކަން ކުރުމުގައި މި އަޅާއަށް ވާގި ދެއްވާނދޭވެ!
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.