ފަރުޟު ނަމާދު ތަކަށްފަހު ކިޔުން «ޞައްޙަ» ޛިކުރުތައް — އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ))
(1)
ފަރުޟު ނަމާދު ތަކަށްފަހު ކިޔުން «ޞައްޙަ» ޛިކުރުތައް
(( އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ))
1. ނަމާދުން އަވަދިވެވަޑައިގަތުމާއި އެކު ރަސޫލު ﷲ ﷺ 3 ފަހަރު އިސްތިޣްފާރު* ކުރައްވައެވެ. އަދި ކިޔުއްވައެވެ:
«اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَا ذَا الْجَلاَلِ وَالإِكْرَامِ»
*އަލްއަޥްޒާޢީ ގާތު ސުވާލުވެވުނެވެ — އަދި އެކަލޭގެފާނަކީ މި ޙަދީޘް ގެ ރާވީންތެރޭ ބޭކަލެކެވެ: އިސްތިޣްފާރު ކުރުން ވަނީ ކިހިނަކުންތޯއެވެ؟ ވިދަޅުވިއެވެ: އެއީ ތިބާ أَستغفر الله ،أستغفر الله މިފަދައިން ކިޔުމެވެ.
(ރިވާކުރެއްވީ مسلم އެވެ.)
2. «لَا إِلَهَ إِلَّا اَللَّهُ وَحْدَهُ لَا شَرِيكَ لَهُ , لَهُ اَلْمُلْكُ , وَلَهُ اَلْحَمْدُ , وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ , اَللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ , وَلَا مُعْطِيَ لِمَا مَنَعْتَ , وَلَا يَنْفَعُ ذَا اَلْجَدِّ مِنْكَ اَلْجَدُّ» (مُتَّفَقٌ عَلَيْهِ)
3. «لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ لاَ إِلَهَ إِلاَّ اللَّهُ وَلاَ نَعْبُدُ إِلاَّ إِيَّاهُ لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ لاَ إِلَهَ إِلاَّ اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ» (ރިވާކުރެއްވީ مسلم އެވެ.)
ޢަބްދު ﷲ ބުނުއް ޒުބައިރު رضي الله عنه ވިދާޅުވިއެވެ: ”ރަސޫލު ﷲ ﷺ ކޮންމެ ނަމާދެއްގެ ފަހަތުގައި މިއިން يُهَلِّلُ ކުރައްވައެވެ.“ (هَلَّلَ އެބަހީ : لاَ إلَهَ إِلاَّ اللهُ ކިޔުމެވެ.)
________________
ޛިކުރު ތަކުގެ މާނަ:
(1) ޔާﷲ އެވެ. އިބަ ﷲއީ ސަލާމަތްކަންދޭ ފަރާތެވެ. އަދި ސަލާމަތްތެރިކަން ވަނީ ﷲގެ ހަޟްރަތުންނެވެ. މަތިވެރި ކަމާއި މާތްކަމުގެ ވެރި ފަރާތެވެ. އިބަﷲ މާތްވެ މަތިވެރި ވެގެންވެއެވެ.
(2) ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހެއް ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އަދި އެކަލާނގެއީ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ފަރާތެވެ. ޔާﷲއެވެ. އިބަﷲދެއްވާ އެއްޗެއް މަނާކުރެވޭނެ ފަރާތެއް ނުވެއެވެ. އަދި އިބަﷲ މަނާ ކުރެއްވި އެއްޗެއް ދޭނެ އެހެން ފަރާތެއްވެސް ނުވެއެވެ. އަދި އެއްވެސް ޤަދަރުވެރިޔަކަށް ނުވަތަ ނަސީބު ވެރިޔަކަށް އޭނާގެ ނަސީބުވެރިކަން ނުވަތަ ޤަދަރުވެރި ކަމުން އޭނާއަށްވާނެ އެއްވެސް ފައިދާއެއްނެތެވެ. އެހެނީ ހުރިހާ ގަދަރަކާއި ނަސީބެއް ވަނީﷲގެ ހަޟްރަތުންނެވެ.
(3) ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއެވެ. ހެޔޮކަމެއް ކުރުމުގެ ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ.
ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އަދި އަޅަމެން އެކަލާނގެއަށް މެނުވީ އަޅުކަމެއް ނުކުރަމެވެ. ނިޢުމަތާއި، ދަރުމައާއި ރިވެތި ޘަނާ ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ.
ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އަދި ކާފިރުން ކިތަންމެ ނުރުހުންވިކަމުގައިވިޔަސް އަޅަމެންނީ އެކަލާނގެއަށް އަޅުކަމާއި ދީން ޙާލިޞްކުރާ މީހުންނެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.