ފައިދާއެއް: ވަކިފަރުދެއްނަމަ ސަލާމް ގޮވުމުގެ "ސުންނަތް" ގޮތަކީ السَّلاَمُ عَلَيْك ނޫނީ السَّلاَمُ عَلَيْكُمْ ތޯއެވެ؟
ފައިދާއެއް: ވަކިފަރުދެއްނަމަ ސަލާމް ގޮވުމުގެ "ސުންނަތް" ގޮތަކީ السَّلاَمُ عَلَيْك ނޫނީ السَّلاَمُ عَلَيْكُمْ ތޯއެވެ؟
ސަލާމް ގޮވުމުގައި، އެއްފަރުދެއްނަމަ "السَّلاَمُ عَلَيْك" ކިޔުމަކީ ސުންނަތުން ޘާބިތު ގޮތެއްކަމަށް ޝައިޚް ޙައިޘަމް ސައިފައްދީން ދެއްވާފައިވާ ޖަވާބަކާއި ވިދިގެން އަހަރެން ޝައިޚް އާއި ސުވާލު ކުރީމެވެ:
އައްތިރުމިޛީ ޙަސަން ޞަހީހް ކަމަށް ކަނޑައަޅުއްވައި ރިވާކުރެއްވި ދިގު ޙަދީޘެއްގައި ވެއެވެ: «... إِذَا لَقِيَ الرَّجُلُ أَخَاهُ الْمُسْلِمَ فَلْيَقُلِ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ "...» (މީހަކު އޭނާގެ މުސްލިމު އަޚަކާއި ބައްދަލުވެއްޖެ ހިނދު، ފަހެ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ އޭ ގޮވާށެވެ.)
ބައެއް ޢިލްމުވެރިން މީގައި މިވަނީ ޢާންމު ޙުކުމެއް ކަމަށް ވިދާޅުވޭ ނޫން ތޯއެވެ؟
ޝައިޚް: ޢާންމު އޭ ތިބުނީ ކޮން މާނައެއްގައި ހެއްޔެވެ؟
އަހަރެން ބުނީމެވެ: ސަލާމުގެ ޖަވާބު އެކަކަށް ދިނުމުގައިވެސް ޢަރަބި ބަހުގެ ޖަމްޢުގޮތް "السَّلاَمُ عَلَيْكُمْ" މިހެން ބޭނުން ކުރެވިދާނެ ނޫން ތޯއެވެ؟
ވިދާޅުވިއެވެ: ދެގޮތްވެސް ހުއްދައެވެ.
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.