އޭ ކަސްތަޅު ތަކުކުގެ ތެރޭގައިވާ ކަސްތަޅުތަކުގެ އެކުވެރިޔާއެވެ🔸
🔸އޭ ކަސްތަޅު ތަކުކުގެ ތެރޭގައިވާ ކަސްތަޅުތަކުގެ އެކުވެރިޔާއެވެ🔸
ތިބާ ﷲގެ ހަޟްރަތުގައި މާ މައްޗައް ގޮއްސިއެވެ. ދުނިޔެ މަތީގައި ފަނާވަނިވި ކަންކަމާއިމެދު އެހެން މީހުން ކުރިއަރައިގެން ދާތަން ފެނުމުން ދެރަ ނުވާށެވެ. އަދި ބާކީ ހުންނަ ދިގުދެމިގެންވާ އެއްޗަކީ ﷲގެ ހަޟްރަތުގައިވާ ނިޢުމަތްތަކާއި މަޤާމެވެ.
ޖިސްމު ބަންދުވެ ޙައްޤުގައި ހިތް މިނިވަން ވުމަށްވުރެ، ޖިސްމު މިނިވަންވެ ބާޠިލުގައި ހިތް ކަސްތަޅު އެޅިފައިވާ މީސްތަކުންގެ އަބާއްޖަވެރިކަމާއި ސުންޕާކަމާއި ނިކަމެތި ކަމާއެވެ. އެބައިމީހުނަށް އެއްވެސް އަގެއް ނުވެއެވެ. ﷲގެ ހަޟްރަތުން މަޤާމަށް އެދޭ މީސްތަކުން ތިބާގެ މަގުގައި ވުމަށް އެދެތެވެ.
ﷲ ތަޢާާލާ ވަޙީ ކުރައްވާފައި ވެއެވެ:
(وَالْآخِرَةُ خَيْرٌ وَأَبْقَىٰ)
"އަދި އެންމެ ހެޔޮކަން ބޮޑުވެގެންވަނީ އަދި ދިގު ދެމިގެންވަނީ އާޚިރަތެވެ" [87:17]
އަދިވެސް ވަޙީ ކުރައްވާފައިވެއެވެ:
(وَمَا عِندَ اللَّـهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ)
"އަދި ﷲ އަށް އީމާންވީ އަދި އެބައި މީހުންގެ ރައްބަށް ވަކީލުކުރާ މީހުންނަށް، ﷲގެ ޙަޟްރަތުގައިވާ ކަންތައްތައް މާ ހެޔޮކަން ބޮޑުވެ ދިގުދެމިގެންވާ ކަންތައްތައް ކަމުގައި ވެއެވެ. [42:36]
އަދި ޙަދީޘެއްގައި ވެއެވެ؛
(الدنيا سجن المؤمن وجنة الكافر)
"ދުނިޔެއަކީ މުއުމިނުންގެ ހުރަގެއެވެ އަދި ކާފަރުންގެ ސުވަރުގެއެވެ."
އަދި އަހަރެމެންގެ ވެރި ރައްބަށް އަޖަލެއް ނުވޭ، އެ އިލާހު އަނިޔާވެރިންގެ އަނިޔާ ހަނދާން ނައްތައި ނުލައްވައެވެ.
ﷲ ތަޢާާލާ ވަޙީ ކުރައްވާފައިވެއެވެ؛
(وَاللَّـهُ خَيْرٌ وَأَبْقَى)
"އަދި ﷲ އަކީ އެބްމެ ހެޔޮވެގެންވާ އަދި (ނިމުމެއްނެތި އަބަދުގެ އަބަދައް) ދެމިވޮޑިގެންވާ އިލާހެވެ. [20:73]
ޝެއިޚް ޢަބްދުއްރަޙީމް (ޅޮހި) حفظه الله (މަޞްދަރު)
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.