ހަށަން ބަނުމުގައި ސަލަފުންނާއި ޚިލާފު ވައްޓަފާޅިއެއް
❌ ހަށަން ބަނުމުގައި ސަލަފުންނާއި ޚިލާފު ވައްޓަފާޅިއެއް
❞ (ނަމާދުގެ މައްސަލާގައި) މިފަހުން ބަޔެއް މީހުން ގެނެސްގެން އުޅޭ، އެޔަކަށް ސަލަފެއް ފުށުން އަޞްލެއް އައިސްފައިނުވާ ބަޔެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ލަގޮނޑި ދޮށުގައި ހަށަން ބަނުން ހިމެނެއެވެ. އެއީ މިޒަމާނުގެ ވަރަށްގިނަ ޒުވާނުން ކަންތައް ކުރާފަދައިންނެވެ. މިއީ ވަރަށް ހުތުރުކަން ބޮޑު އަދި ﷲ ގެ ދީނުގައި ހައްދުން ބޭރުވުމެކެވެ. އެހެނީ ސަލަފުން ވިދާޅުވީ، ދެއަތް މޭމަތީ ބޭއްވުމަށެވެ. އަދި އޭގެތެރޭގައި ފޫޅުމަތީ ބޭއްވުމަށް ވިދާޅުވި ބޭކަލުންވެސް ވިއެވެ. އަދި ފޫޅުންް ތިރީގައި ބޭއްވުމަށް ވިދާޅުވި ބޭކަލުންވެސް ވެއެވެ. އެހެނަސް އޭގެތެރެއިން ލަގޮނޑި ދޮށުގައި އަތް އެޅުމަށް ވިދާޅުވި ބޭކަލެއް ނުވެއެވެ. އަދި ޢިލްމުވެރިންގެ މަޛުހަބުތަކުން އެންމެ ޞައްޙަކަމާއި ގާތީ މޭމަތީ އަތް ބަނުމެވެ.⁽¹⁾ އެއީ މުޙައްދިޘުން ދެކިލެއްވިގޮތެވެ. ❝
~ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
— ގަލަންދާނު
-------------------
[1] އޭގައި ސުންނަތް ޖަގަހައެއް ޘާބިތުވެފައި ނެތެވެ. އަދި ޚިލާފުއޮތީ ސަލަފުންގެ މަޛުހަބުތަކުން އެންމެ މޮޅުއިތުރު ގޮތާއި މެދުގައެވެ. އިތުރަށް ތަފްޞީލް، ”ހަށަން ބަނުމުގެ ޖަގަހައާއި މެދު، ޢަދުލުވެރި ބަޙުޘެއް“ އަދި ޕޯސްޓަރ: ހަށަންބަނުމުގެ ޞައްޙަ ޞިފަތައް.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.