ސުވާލު: މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢު ކުރުން ހުއްދަތޯއެވެ؟
`
ސުވާލު: މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢު ކުރުން ހުއްދަތޯއެވެ؟
ޖަވާބު: އާއެކެވެ. މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢަ ކުރުން ހުއްދަ ވެގެން ވެއެވެ. ހަމައެފަދައިން މަޣްރިބާއި ޢިޝާ ވެސްމެއެވެ. ރަށްވެހިވެ ހުންނަހިދުގަވެސް މެއެވެ. އެހެނަސް ޢިލްމިވެރިންކުރެ އެތައްބައިވަރު ބޭކަލެއް ވިދާޅުވަނީ މިއީ ޢާދަޔަކަށް ނުހަދާގޮތުގައި ޙާއްޖަތަކަށް، ނުވަތަ ޢުޛުރަކަށްޓަކައި އެކަނިކަމެވެ. މިއީ މުހިއްމު ނުކުތާއެކެވެ. އެހެނީ ނަމާދަކީ މުއުމިނު ތަކުންނަށް ވަޤުތު ކަނޑައެޅިގެންވީ އެއްޗެއް⁽¹⁾ ކަމުގައި ވާނަމަ، ލާޒިމުވެގެންވަނީ ހަނިކުޅައުމުގެ މިޝަރުޠައް ސަމާލުވުމެވެ: އެއީ ޙާއްޖަތަކަށް ނޫނީ ޢުޛުރަކަށްވިޔަސް، ރަށްވެހިވެ ހުރެ ޖަމްޢު ކުރުން އާދަޔަކަށް ނުހެދުމެވެ.
އަދި ކިއެއްހެއްޔެވެ؟ ޢުޛުރާއި ނުލައި ޖަމްޢު ކުރުމުގެ މައްޗަށް އިންކާރު އެތަކެއް ސަލަފުންގެ އަރިހުން ވަނީ ރިވާވެފައެވެ. އެއީ އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ މުޞައްނަފުގައި ޢުމަރު ބުނު ޢަބްދުލް ޢަޒީޒް އަރިހުން ރިވާކުރެއްވި ފަދައިންނެވެ: (ވިދާޅުވިއެވެ) ޢުޛުރަކާއި ލައިގެން މެނުވީ ދެނަމާދު ޖަމްޢުނުކުރާށެވެ. ހަމައެފަދައިން ޔޫނުސް އަރިހުން ރިވާވެގެންވެއެވެ: (ވިދާޅުވިއެވެ) ދަތުރު މަތީ ދެނަމާދު ޖަމްޢު ކުރުމާއި މެދު އަލްޙަސަން އާއި ސުވާލުވެވުނެވެ. ފަހެ އެކަލޭގެފާނު އެކަމަށް ނުރުއްސަވަތެވެ. އެހެނަސް ޢުޛުރަކާއިއެކު މެނުވީއެވެ. ހަމަ އެފަދައިން އިބްނު އަބީ ޝައިބާ، އަބޫ މޫސާ އަރިހުން ރިވާކުރެއްވިއެވެ: (ވިދާޅުވިއެވެ) ޢުޛުރަކާއި ނުލައި ދެނަމާދު ޖަމްޢަ ކުރުން ވަނީ ކަބާއިރުގެ ތެރެއިންނެވެ. (އެބަހީ: ބޮޑުފާފައެކެވެ.)
އަދި ނަބިއްޔު ﷺ ޖަމްޢު ކުރެއްވި ކުރެއްވުން، އިބްނު ޢައްބާސް ވިދާޅުވި ފަދައިން، އެއިން "އެދިވަޑައިގެންނެވީ އެކަލޭގެފާނުގެ އުއްމަތަށް ބުރަ ނުޖެއްސެވުމުމެވެ." އެހެންކަމުން މިއީވެސް (ހާއްޖަތާއި ޢުޛުރުގައި) ޖަމްޢު ކުރުމުގެ ހުއްދަ ވާކަން އުނގަންނަވައިދެއްވުމެވެ.⁽²⁾ والله تعالى أعلم
— އައްޝައިޚް އަބޫ މުޙައްމަދުލް މިޞްރީ (ފަތާވާ ޢަބަރުލް އަޘީރު، ނަންބަރު 361 )
~ ގަލަންދާން
_______
(1) إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَٰبًا مَّوْقُوتًا (ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ.)
(2) ބައެއް ޖާހިލުން މި ޙަދީޘް ގެ މައްޗަށް، އުޛުރާއި ނުލައި ދިގުދެމިގެންވާ ގޮތަށް ޖަމްޢު ކުރެވިދާނޭ ކަމަށް ދައުވާކުރެއެވެ. މިއީ މިއުއްމަތުގެ އެއްވެސް ޢިލްމުވެރި ވިދާޅުނުވާ މަގުފުރެދިފައިވާ ޖާހިލު ބުނުމެކެވެ. މިސަބަބަށްޓަކައި އެފަަދަމީހަކީ ރަސޫލު ﷲ ﷺ ގެ ސުންނަތާއި ޢިލްމުވެރިންގެ ބަހަށް ޖާހިލުވެގެންވާ މީހެއް ކަމަށް އިބްނު ތައިމިއްޔާ ބަޔާން ކުރައްވާފައިވެއެވެ. އަދި މިޙަދީޘްގެ ޝަރަޙަ ތަރުޖަމާކުރުމަށް އަހަރެމެން އުއްމީދުކުރަމެވެ. إن شاء الله.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.