މިއީ ޢިލްމިވެރިން މެދުގައި އެކަމަކާއިމެދު ޚިލާފު އޮތް މައްސަލައެކެވެ: އިބްނު ޢުމަރު رضي الله عنه ވިދާޅުވި ބަސްފުޅުގެ މައްޗަށެވެ: (لَوْ…
②
މިއީ ޢިލްމިވެރިން މެދުގައި އެކަމަކާއިމެދު ޚިލާފު އޮތް މައްސަލައެކެވެ: އިބްނު ޢުމަރު رضي الله عنه ވިދާޅުވި ބަސްފުޅުގެ މައްޗަށެވެ: (لَوْ كُنْتُ مُتَنَفِّلًا لَأَتْمَمْتُ) ”ތިމަންކަލޭގެފާނު ނާފިލުތައް (އެބަހީ: ސުންނަތް ނަމާދުތައް) އަދައު ކުރައްވަނީނަމަ (ފަރުޟުތައް ނަމާދުތައް) ފުރިހަމައަށް ކުރެއްވީމުއީހެވެ. (އެބަހީ: ކުރުކޮށް ނުޖުރެއްވީމުހެވެ.)“ މިއިން ބައެއް ޢިލްމިވެރިން ފަހުމުވެލެއްވީ، (ދަތުރުވެރިޔާ،) އެނޫން މީހެއް ފަހަތުގައި (ފަރުޟު ނަމާދުތައް) ފުރިހަމަޔަށް ކުރާނަމަ، ރަވާތިބުތައްވެސް ކުޅައުމެވެ. އެހެނީ އޭނާ (ފަރުޟު ނަމާދުތައް) ފުރިހަމަޔަށް ކުރާތީއެވެ. އަދި އެނޫން ބައެއް ޢިލްމުވެރިން ވިދާޅުވަނީ:އެޙާލަތުގައި (ވިޔަސް) ރަވާތިބުތައް ނުކުރުމެވެ. ކީއްވެހެއްޔެވެ؟
އެހެނީ ތިބާ (ފަރުޟު ނަމާދުތައް) ފުރިހަމަކުޅައީ (އިމާމު މީހާއަށް) ތަބައުވުމުގެ ގޮތުންނެވެ. އަދި އެއަކުން ތިބާ ދަތުރުވެރިއެއް ކަމުން ކެނޑިނުދެއެވެ. އުޞޫލީގޮތުން ބަލާއިރު ރާޖިހު (ބޮޑަށް ޞައްޙަ) ގޮތަކީ މިއީއެވެ. އެހެނީ ތިބާއަށް (ތިބާގެ ޙާލަތައް) ބަދަލުނާދައެވެ. ތިބާ (ފަރުޟުތައް) ފުރިހަމަކޮށް ކުރީ (އެހެން މީހަކަށް) ތަބައުވުމުގެ ގޮތުންނެވެ. އެނޫން ގޮތެއްގައި ނޫނެވެ. އަދި މީގެ ދަލީލަކީ، ތިބާ އިމާމުވެ އޭނާ މައުމޫމު ވަނީ ނަމަ، ތިބާ ކުރާނީ ޤަޞްރުކޮށެވެ. މިހެންކަމުން ދަތުރުވެރިއެއް ކަމަށް ވެހުރުމުގައި ތިބާ އަށް ބަދަލެއް ނާދެއެވެ. (ނަމާދުތައް) ފުރިހަމަކުރުން އައީ އެނިޔަތާއި ނުލައެވެ. ދެންފަހެ އިބްނު ޢުމަރުގެ އެ ބާސްފުޅު: (لَوْ كُنْتُ مُتَنَفِّلًا لَأَتْمَمْتُ) ”ތިމަންކަލޭގެފާނު ނާފިލުތައް (އެބަހީ: ސުންނަތް ނަމާދުތައް) އަދައު ކުރައްވަނީނަމަ (ފަރުޟު ނަމާދުތައް) ފުރިހަމައަށް ކުރެއްވީމުއީހެވެ. (އެބަހީ: ކުރުކޮށް ނުކުރެއްވީމުހެވެ.)“ އެކަލޭގެފާނު މިބަސްފުޅުން ގަސްދު ކުރައްވަނީ ސުންނަތް ނަމާދު ކުޅައުމުގެ ވާހަކައެވެ.
މާނައީ، ރަވާތިބު ތައް ކުރުމަށް ތިމަންކަލޭގެފާނު ބޭނުން ފުޅުނަމަ، އަދި ތިމަންކަލޭގެފާނު ވެސް އެދެމޭ ސުންނަތްތައް ކޮށް ދެން ވިތުރިކުރުމަށް، އެހެންވެއްޖެ ނަމަ، ދެން ތިމަންކަލޭގެފާނު ޤަޞްރުކުރަނީ ފަހެ ކީއްކުރަން ހެއްޔެވެ؟ އެހެނީ މިއީ ރުޚްސަތު ގެ ތެރެއިން ލުއިފަސޭހަ ކުރެއްވުމުގެ ބާބުގެ ތެރެއިންވާ ކަމެކެވެ.
#فتاوى_الصلاة
— ޝައިޚް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން (މަޞްދަރު)
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.