ދުޢާ އަކީ އެންމެ މާތް އަޅުކަންތަކުގެ ތެރެއިން ވާ އެއްޗެކެވެ. އަދި މީގެ މައްޗަށްވާ ދަލީލަކީ، ސުނަން ފޮތްތަކުގެ ބޭކަލުން، ނުޢުމާނު ބުނު…
#حديث_صحيح
❞ ދުޢާ އަކީ އެންމެ މާތް އަޅުކަންތަކުގެ ތެރެއިން ވާ އެއްޗެކެވެ. އަދި މީގެ މައްޗަށްވާ ދަލީލަކީ، ސުނަން ފޮތްތަކުގެ ބޭކަލުން، ނުޢުމާނު ބުނު ބަޝީރު رضي الله عنهما އަރިހުން ރިވާކުރެއްވި ޞައްޙަ ޙަދީޘެވެ. އެއީ ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ:
«الدُّعَاءُ هُوَ الْعِبَادَةُ»⁽¹⁾
(ދުޢާ ކުރުމަކީ، އަޅުކަމެވެ.)
ދެން ކިޔަވައި ވިދާޅުވިޔޭ: ﴿وَقَالَ رَبُّكُمُ ٱدۡعُونِىٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِى سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ﴾ ((އޭ މީސްތަކުންނޭވެ!) ކަލޭމެންގެ ރައްބު ވަޙީ ކުރައްވައެވެ. ކަލޭމެން ތިމަން ރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަން ރަސްކަލާނގެ ކަލޭމެންނަށް ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް އަޅުކަންނުކޮށް، ބޮޑާވެގަންނަ މީހުން ދަންނައެވެ. ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު އެމީހުން ނަރަކައަށް ވަންނަހުއްޓެވެ.)
އެހެންކަމުން، ދުޢާގެ ތެރެއަށް އަޅުކަން ޖަމަޢަ ކުރެއްވިއެވެ.“ ❝
— އައްޝެއިޚް، އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
--------------
[1] ރިވާކުރެއްވީ، އަބޫ ދާވޫދު (1479 )، އައްތިރުމިޛީ (2969 ) ރިވާކުރައްވައި "ޙަސަން ޞަޙީޙު" އޭ ވިދާޅުވި، އަދި އިބްނު މާޖާ (3828 )
ނޯޓް: މިޙަދީޘް ގެ އިނގިރޭސި ޝަރަޙައެއް، އިސްލާމް ސުވާލާއިޖަވާބު ގެ 320772 ވެއެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.