މިޙަދީޘް: «مضى عهد النوم يا خديجة» (އޭ ޚަދީޖާއޭ، މިހާރު ނިދައިއަރާމުކުރުމުގެ ދުވަސްތައް ހިނގައްޖެއޭ) — އެއްވެސް ސުންނަތުގެ ފޮތަކުން…
#حديث_ضعيف
❞ މިޙަދީޘް: «مضى عهد النوم يا خديجة» (އޭ ޚަދީޖާއޭ، މިހާރު ނިދައިއަރާމުކުރުމުގެ ދުވަސްތައް ހިނގައްޖެއޭ) — އެއްވެސް ސުންނަތުގެ ފޮތަކުން އަހަރެންނަށް ފެނިފައެއް ނުވެއެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢުމަރު ބުނުލް މުޤްބިލް (މަސްދަރު)
އަހަރެން ބުނަމެވެ: ”ފީ ޡިލާލިލް ޤުރުއާނި“ ގެ ދެ ދަނޑިވަޅެއްގައި ސައްޔިދު ޤުޠުބު، މިޙަދީޘު މަޞްދަރަކާއި ނުލައި ޛިކުރު ކުރައްވާފައިވެއެވެ.
އެފޮތް ތަޚްރީޖު ކުރެއްވި، ޢަލަވީ އައްސައްޤާފް އޭގެން ފުރަތަމަ ދަނޑިވަޅުގައި (1/ 76) ވިދާޅުވިއެވެ: “އަހަރެންނަށް އެޔެއް ނުހޯދުނެވެ.“ އަދި ދެވަނަ ދަނޑިވަޅުގައި (6/3744) ވިދާޅުވިއެވެ: “ނުހަނު ބޮޑަށް ބަލައިހޯދައިގެންވެސް އަހަރެންނަށް އެޔެއް ފެނިފައި ނުވެއެވެ. އަދި އަހަރެންގެ ނަޒަރުގައި، ގާތްވެގެންވާ ގޮތަކީ އެއީ ޙަދީޘެއް ނޫން ކަމެވެ.“
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.