ވުޟޫއަށް ފަހު ކުރެވޭ ޛިކުރުގައި ހިމެނޭ «اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ ، وَاجْعَلْنِي مِنْ الْمُتَطَهِّرِينَ» — މިބައި، ޞައްޙަ…
#حديث_ضعيف
ވުޟޫއަށް ފަހު ކުރެވޭ ޛިކުރުގައި ހިމެނޭ «اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ ، وَاجْعَلْنِي مِنْ الْمُتَطَهِّرِينَ» — މިބައި، ޞައްޙަ އެއް ނޫނެވެ.
(އައްތިރުމިޛީ މިރިވާޔަތް ނަޤުލު ކުރައްވައި، ޚުދު އެ ޟަޢީފު ކުރެއްވިއެވެ. އަދި އެއީ އެބާބުގައިވާ އެންމެހާ ޙަދީޘެކެވެ.)
އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވިއެވެ: ❞ އައްތިރުމިޛީގެ ރިވާޔަތުގައި މިވާ އިތުރުކުރުން، މިޙަދީޘްގައި ޘާބިތުވެގެން ނުވެއެވެ. ❝ "الفتوحات الربانية" (2/19)
އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ:
❞ މި އިތުރުބައި، ރިވާކުރެއްވީ އައްތިރުމިޛީ އެވެ. އަދި އެ ޟަޢީފު ވެގެންވެއެވެ. ޞައްޙައެއް ނޫނެވެ. އަދި (ޢުނަރުގެފާނުގެ ރިވާޔަތް ފިޔަވައި) ޢަލީގެފާނާއި އެނޫން ބޭކަލުންގެ ޙަދީޘްތަކުންވެސް އައިސްފައިވެއެވެ. އެއިން އެއްވެސް އެއްޗެއް ޞައްޙައެއް ނޫނެވެ. ❝
އަލްޢަލްވާން ވިދާޅުވިއެވެ:
❞ވުޟޫއަށް ފަހު ކުރެވޭ ޛިކުރު އާއިމެދު، ޢުމަރުގެފާނުގެ ޙަދީޘްގައި (މުސްލިމުން ގެ ރިވާޔަތުގެ މައްޗަށް އައްތިރުމިޛީ ގައި) އައިސްފައިވާ އިތުރުކުރުން: اللهم اجعلني من التوابين واجعلني من المتطهرين ، ޟަޢީފެވެ. (ބަލިކަށްޓެވެ.) އަދި އެނޫން މަގުތަކުންވެސް އެ ރިވާވެގެންވެއެވެ. އަދި ޞައްޙަ ވެފައި ނުވެއެވެ. ❝
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.