ދުޢާއުލް އިސްތިފްތާޙުގެ އެންމެ ޞައްޙަ އަދި އެންމެ މާތް ޞީޣާ
⚙️ ދުޢާއުލް އިސްތިފްތާޙުގެ އެންމެ ޞައްޙަ އަދި އެންމެ މާތް ޞީޣާ
އަލްޢަލްވާން ވިދާޅުވި އެވެ: އަލްއިސްތިފްތާޙު ގެ ދުޢާ (ނަމާދު ފަށާ ދުޢާ) އަކަށް ވާރިދުވެފައިވާ ޙަދީޘް ތަކުން އެންމެ ޞައްޙަކަން ބޮޑީ، އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ގެ ޙަދީޘް: «اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ...» އެވެ. [މުޅި ދުޢާ އަދި މާނަ ބަލައިލުމަށް]
އެއާއި ވިދިގެން ވަނީ ޢަލީ رَضِيَ اللَّهُ عَنْهُ ގެ ޙަދީޘް «وجَّهت وجهِيَ للَّذي فطر السماوات والأرض حنيفًا...» އެވެ. [މުޅި ދުޢާ އަދި މާނަ ބަލައިލުމަށް]
އަދި ވެސް އަލްޢަލްވާން ވިދާޅުވި އެވެ: (ޘާބިތު ދުޢާ ތަކުގެ ތެރެއިން) އަލްއިސްތިފްތާޙު ގެ ދުޢާ އަކަށް އެންމެ ބަލިކަށީ «سُبْحَانك اللَّهم وبحَمْدِك وتبارك اسْمُك، وتعالى جَدُّك، ولا إله غَيْرك» އެވެ.
— އައްޝައިޚް ސުލައިމާން އަލްޢަލްވާން ގެ ބަސްކޮޅު ނިމުނީ.
🖍 ފައިދާއެއް: (وجَّهت...) މިދުޢާ ކިޔުއްވާފައިވަނީ ދަމުނަމާދުގައި ކަމަށް އަލްބައްޒާރު މިޚަބަރު ރިވާކުރެއްވި އިރު ވިދާޅުވިއެވެ. އަދި މީސްތަކުން ދަމުނަމާދުގައި މިދުޢާ ކިޔައިއުޅުނު ކަމުގައެވެ. އަދި އަޙުމަދު ބުނު ޙަންބަލް މިގޮތަށް މިކަން ކަނޑައެޅުއްވިއެވެ. އަދި އަބޫ ދާވޫދު އެކަލޭގެފާނުގެ "ސުނަން" ގައި އަދި އައްތިރުމިޛީ ވެސް، މިޚަބަރު ރިވާކުރެއްވި އިރު "ފަރުޟު ނަމާދުގަ" އޭ، އޮތް އޮތުން ޘާބިތު ނޫން ކަމަށް އައްޠަރީފީ ކަނޑައަޅުއްވައި ދެން ވިދާޅުވިއެވެ: ”އަދި އެހެނަސް ދާއިމީ ނޫން ގޮތެއްގައި މިދުޢާ ފަރުޟު ނަމާދު ތަކުގައި ބޭނުން ކުރުމާއިމެދު ދަންނައެ، އެކަމުގެ އިޚްތިޔާރު ފުޅާވެގެން ވެއެވެ.“ (ނަމާދުފޮތް ޞ. 85) އަދި ދުޢާއުލް އިފްތިތާޙުގައި އެންމެ މާތްކަން ބޮޑު ދުޢާ އަކީ މިއެވެ. އަލްޢަލްވާން ވިދާޅުވިއެވެ: " ⌝އެއީ⌜ އޭގައި މާތްރަސްކަލާނގެ މަތިވެރިކުޅައުމާއި ދުޢާ ޖަމަޢުވެފައި ވުމުންނެވެ.“
👆 ފައިދާއެއް: ޞައްޙަ ގޮތުގައި ވާރިދުވެފައިވާ ދުޢާއުލް އިސްތިފްތާޙު ގެ 7 ޞީޣާ އަދި އޭގެ ދިވެހި ތަރުޖަމާ (ލިޔުން) 🆕
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.