ޢަރަފާތް ދުވަހުގެ ދުޢާ
ޢަރަފާތް ދުވަހުގެ ދުޢާ
އިމާމް މާލިކު، ޒިޔާދު ބުނު އަބީ ޒިޔާދު އާރިހުން، ޠަލްޙަތު ބުނު ޢުބައިދި اللّٰه ބުނު ކަރީޒް އަރިހުން ރިވާކުރެއްވިއެވެ:
ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވިއެވެ:
أَفْضَلُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَأَفْضَلُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي : لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ
”އެންމެ ފަޟުލު ވެރި (މަތިވެރި) ދުޢާ އަކީ، ޢަރަފާތް ދުވަހުގެ ދުޢާއެވެ. އަދި ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ ކުރިން އައި ނަބިއްޔުން ކިޔުއްވި އެންމެ މަތިވެރި އެއްޗަކީ « لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ » އެވެ.
(اللّٰه ފިޔަވައި ޙައްޤު އެހެން އިލާހެއް ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް އެއްވެސް ޝަރީކަކު (ބައިވެރިއެއް) ނުވެއެވެ.)
ރިވާކުރެއްވީ މާލިކު، (އަލްމުވައްތައު) 572 ގައެވެ.
އަހަރެން ބުނަމެވެ: މިޙަދީޘް އަކީ މުރުސަލް(1) ޞައްޙަ އޭގެ މައްޗަށް ޢަމަލު ކުރެވޭ ޙަދީޘެކެވެ.
އަދި ސަނަދު ކެނޑުމެއް ނެތިވެސް ރިވާ ވެފައި ވެއެވެ. އެހެނަސް އެ ރިވާޔަތުގެ ސަނަދު ޞައްޙައެއް ނޫނެވެ.
އަދި ސަލަފުންގެ އުޞޫލު ނޭގޭ ބަޔެއް މީހުން މިރިވާޔަތް ރައްދުކުޅައެވެ.
ފަހެ މާލިކު ގެ މުރްސަލް ޙަދީޘް ތަކަކީ ޞައްޙަ އަދި އޭގެ މައްޗަށް ޢަމަލު ކުރެވޭ ޙަދީޘެވެ.
އެހެން ކަމުން ޢަރަފާތް ދުވަހުގެ ދުޢާގެ މަތިވެރިކަމުން އެއްކިބާވެ ނުގަންނާށެވެ.
އަދި ޢަރަފާތް ދުވަހުގެ އިރު އޮއްސުމާއި ހަމައަށް ދުޢާ ކަށަވަރުވެގެން ވެއެވެ.
— ޝައިޚް، އަލްމުޙައްދިޘް އަބޫ ޢަލީ އަލްހަސަނީ
_________
(1) މުރުސަލް ޙަދީޘް: މިތާގައި މުރްސަލް ކަމަށް ވިދާޅުވެފައި އެވަނީ، ނަބިއްޔު ﷺ އަރިހުން އަޑުއެއްސެވި ޞަޙާބިގެ ނަން ނުގަންނަވައި ތާބިޢީ ބޭފުޅާ ޙަދީޘް ރިވާކުރައްވާފައި ވުމުންނެވެ. (ނޯޓް: އަލް ޢުލްވާން އާއި އަލްހަޔަކް ވެސް މިޙަދީޘް މުރުސަލް ކަމަށް ބަޔާން ކުރައްވައި، އެހެން ކަމުން ބަލިކަށި ކުރެއްވިއެވެ. އެބަހީ މަރުފޫޢު ކޮށް ބަލިކަށިވުމެވެ.)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.