ޤުރުއާނާއި ސުންނަތުން އެއަކަށް ކަށަވަރުވެފައިވާ ދުޢާ ތަކުގެތެރެއިން
ޤުރުއާނާއި ސުންނަތުން އެއަކަށް ކަށަވަރުވެފައިވާ ދުޢާ ތަކުގެތެރެއިން:
•• ޙައްޤުގެ މަތީ ޘާބިތު ކަން ދެއްވުންއެދި ﷲ ޙަޟުރަތަށް ދެންނެވުން ••
އަނަސް رضي الله عنه އަރިހުން ރިވާވެގެންވެއެވެ: އެކަލޭގެފާނު ވިދާޅުވިއެވެ: ”ނަބިއްޔު ﷺ މިކަލިމަފުޅު ގިނަގުނައިން ކިޔުއްވައި އުޅުއްވިއެވެ:
« يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ»
”އޭ ހިތްތައް ފުރޮޅުއްވަވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީން މަތީ ޘާބިތުކޮށްދެއްވާނދޭވެ!“
ފަހެ، އަހަރެމެން ދެންނެވީމެވެ: ”އޭ ﷲ ގެ ރަސޫލެވެ. އަހަރެމެން އިބަ ރަސޫލަށް އިމާންވީމެވެ. އަދި ގެނެސްދެއްވި އެންމެހައި ތަކެއްޗަށްވެސް އިމާންވީމެވެ. ފަހެ، ކަލޭގެފާނު އަހަރެމެންގެ މައްޗަށް ބިރުފުޅު ގަންނަނީ ތޯ އެވެ؟"
ޙަދީޘް ކުރެއްވި އެވެ:
«نَعَمْ إِنَّ الْقُلُوبَ بَيْنَ أَصْبُعَيْنِ مِنْ أَصَابِعِ اللَّهِ [عز وجل] يُقَلِّبُهَا [كَيْفَ يَشَاءُ]»
”އާއެކެވެ. ހަމަކަށަވަރުން ހިތްތައް ވަނީ ﷲ عَزّ وَجَل ގެ އިނގިލިފުޅު ތަކުގެ ތެރެއިން ދެ އިނގިލިފުޅު ދެމެދުގަ އެވެ. އެ އިލާހު ބޭނުންވޮޑިގެންނެވި ގޮތަކަށް އެ ފުރޮޅުއްވަވައެވެ.“
ރިވާކުރެއްވީ އައްތިރުމިޛީ އެވެ. އަދި "ޙަސަން" ކަމަށް ކަނޑައެޅުއްވިއެވެ.
އަދި އިބްނު ޢައްބާސް رضي الله عنه އަރިހުން، ރަސޫލު ﷲ ﷺ (މި އަންނަނިވި ދުޢާ) ކިޔުއްވައި އުޅުއްވި ކަމަށަވެ:
«اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لاَ إِلَهَ إِلاَّ أَنْتَ أَنْ تُضِلَّنِي أَنْتَ الْحَىُّ الَّذِي لاَ يَمُوتُ وَالْجِنُّ وَالإِنْسُ يَمُوتُونَ»
”ޔާ ﷲ! އަޅާ ބޯލަނބަނީ އިބަ އިލާހަށެވެ. އަދި އީމާންވަނީ އިބަ އިލާހަށެވެ. ބަރޯސާ ކުރަނީ އިބަ އިލާހު ފުށަށެވެ. ތައުބާވެ ރުޖޫޢަވަނީ އިބަ އިލާހުގާތަށެވެ. އަދި ޢަދާވާތްތެރިންނާއި އަރައިރުމުގައި އެނބުރެނީ އިބައިލާހަށެވެ. ޔާ ﷲ، އަޅާ ރައްކައުތެރިކަމަށް އެދެމެވެ. އިބަ އިލާހުގެ ޢިއްޒަތުންނެވެ. އިބަ އިލާހުފިޔަވައި ޙައްޤު ގޮތުގަ އަޅުކަން ވެވޭ އިލާހެއް ނުވެއެވެ. (ރައްކައުތެރިވުމަށް މިއެދެނީ) އިބަ އިލާހު ޢަޅާ މަގުފުރެއްދެވުމުންނެވެ. އިބަ އިލާހުއީ މަރުވުމެއް ނުވާ ދިރިދެމިވޮޑިގެންވާ އިލާހެވެ. އަދި ޖިންނީންނާއި އިންސީން މަރުވެދެއެވެ.“
މި ރިވާކުރައްވާފައިވާނީ މުސްލިމް އެވެ.
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސާޢްދު (މަޞްދަރު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.