ޝައިޚް އިބްނު ޢުޘައިމީން ގެ ދަރުސް އެއްގައި ނަގުލު ކުރެވުނު ޙަދީޘް އެއްގެ ދަރަޖަ އާއި މެދު އަލްއަލްބާނީ އިޚްތިލާފުވެލައްވާކަމަށް ދަރިވަރަކު…
ޝައިޚް އިބްނު ޢުޘައިމީން ގެ ދަރުސް އެއްގައި ނަގުލު ކުރެވުނު ޙަދީޘް އެއްގެ ދަރަޖަ އާއި މެދު އަލްއަލްބާނީ އިޚްތިލާފުވެލައްވާކަމަށް ދަރިވަރަކު ބަޔާން ކުރުމުން، ޖަވާބުގައި ވިދާޅުވިއެވެ:
”ޝައިޚް އަލްއަލްބާނީ وفقه الله ތަކުރާރުކޮށް ބަލިކަށި ޙަދީޘް ޞައްޙަ ކުރައްވައެވެ. އަދި ޞައްޙަ ޙަދީޘް ބަލިކަށި ކުރައްވައެވެ. އަދި ޝައިޚް ޢަބްދު ﷲ އައްދުވައިޝް رحمه الله މި މައުޟޫ ގެ މައްޗަށް ފޮތެއް ލިއުއްވާފައިވެއެވެ. އެއީ އަލްއަލްބާނީ ޞައްޙަ ކުރައްވައި އެހެނަސް އެޟަޢީފު ނުވަތަ ޟަޢީފު ކުރައްވައި އެހެނަސް ޞައްޙަ ތަކެއްޗާއި މެދުގައެވެ. އަދި ކޮންމެ އިންސާނަކީވެސް އެމީހެއްގެ ބަސް އެހެންޏާ ހިފިދާނެ ނޫނީ ދޫކޮށްލެވިދާނެ މީހެކެވެ.“ اهـ — އިބްނުލް ޢުޘައިމީންގެ ބަސްކޮޅު މިހިސާބަށް.
ޝައިޚް ޢަބްދު ﷲ އައްދުވައިޝް ގެ މިބަޔާން ވެވުނު ފޮތަކީ: تنبيه القارئ لتقوية ما ضعفه الألباني. ويليه: تنبيه القاريء لتضعيف ما قواه الألباني (ކިޔުންތެރިޔާގެ ސަމާލުކަމަށް: އަލްއަލްބާނީ ޟަޢީފު ކުރައްވާފައިވާ އެއްޗެއްގެ ޞައްޙަކަމަށް، އަދި އެއަށްފަހު: ކިޔުންތެރިޔާގެ ސަމާލުކަމަށް: އަލްއަލްބާނީ ވަރުގަދަ ކުރައްވާފައިވާ އެއްޗެއްގެ ބަލިކަށިކަމަށް.)
މިފޮތާއި ބެހޭގޮތުން އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު އާއި ސުވާލުވެވުނެވެ. ވިދާޅުވިއެވެ:
”އެފޮތަކީ ވަރަށް އަގުހުރި ފޮތެކެވެ. އެއިން ޝައިޚް ޢަބްދު ﷲ އައްދުވައިޝް رحمه الله ގެ ޙާފިޡު ކަން (ޙަދީޘް ޢިލްމުގެ މާހިރުކަން) ދަލީލުކޮށްދެއެވެ. އަދި އެކަލޭގެފާނަކީ ޙާފިޡުކަަމުގެ ވަރުގަދަކަމަށް ހެކިވެވިފައިވާ ބޭކަލެކެވެ. އެއީ އަގުހުރި ފޮތެކެވެ.“
ޝައިޚް އަބްދު ﷲ އައްސަޢްދު އާއި ޝައިޚް ސުލައިމާން އަލްޢަލްވާން، މި ދެ މުޙައްދިޘުންނަކީ ވެސް ޝައިޚް ޢަބްދު ﷲ އައްދުވައިޝް رحمه الله ގެ ދެ ދަރިވަރުންނެވެ.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.