ތުއްތު ކުދިންނަށް ހެދުނާއި ހަވީރުގެ ވިރުދުތައް ނޫނީ އެނޫން ހަށިރައްކަލެއް ބެލެނިވެރިޔާ ކިޔާފައި ދެން ނަފަޘަ ކޮށް ގައިގައި އަތް ފިރުމުމީ…
💰 ތުއްތު ކުދިންނަށް ހެދުނާއި ހަވީރުގެ ވިރުދުތައް ނޫނީ އެނޫން ހަށިރައްކަލެއް ބެލެނިވެރިޔާ ކިޔާފައި ދެން ނަފަޘަ ކޮށް ގައިގައި އަތް ފިރުމުމީ އަޞްލެތް ނެތް ކުށް ގޮތެއްކަމާއި ތުއްތުކުދިންގެ ހަށިރައްކަލަށް ކަންތައް ކުރަން އޮތް ގޮތުގެ ޞަޢްޙަގޮތް
އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
❞ ވިރުދުތައް ރަނގަޅަށް ކިޔަން ނޭނގޭ އަދި ފަހުމް ނުވާ ކުޑަކުދިންގެ ހަށިރައްކަލަށް ކިޔެވުން ވަނީ، ނަބިއްޔު ﷺ ޙަސަންހެފާނާއި ޙުސައިންގެފާނަށް ކަންތައް ކުރެއްވި ފަދައިންނެވެ.⁽¹⁾ އެގޮތުން ކިޔުން ވަނީ:
«أُعيذُكَ بِكَلِماتِ اللَّهِ التَّامَّةِ مِنْ كُلِّ شيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لامَّةٍ» (އަންހެން ކުއްޖެއްނަމަ أعيذكِ...) މިޛިކުރު ކިޔުމެވެ. (މިއީ ފިރިހެން އެއްކުޖަކަށް ނިސްބަތްކޮށް ކިޔޭ ގޮތެވެ. އަންހެން އެއްކުއްޖަކަށް ނަމަ، ފަށުމުގައި މިހެން أُعيذُكِ... އެވެ.)
((މާނައީ: ކޮންމެ ޝައިޠާނެއްގެ ކިބައިންނާއި، ވިހަލާ ޖަނަވާރުގެ ކިބައިންނާއި އަދި ކޮންމެ އެސްފީނައަކުން އެކޮއި ރައްކާތެރި ކޮށްދެއްވުންއެދި ﷲ ތަޢާލާގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން އެދެމެވެ.))
ނޫނީ «أُعيذ إبني...» މިހެންނެވެ. (އަންހެން ކުއްޖަކަށް ނަމަ أُعيذ بنتي...) ((މާނައީ: ...އަހަރެންގެ މިފިރިހެންދަރި / އަންހެންދަރި ރައްކަތެރި ކޮށްދެއްވުންއެދި...))
ވީމާ ތުއްތު ކުދިންނަށް ހަށިރައްކަލަށް ޛިކުރުކޮށްދެވޭ ގޮތަކީ މިއީއެވެ. އަދި ﷲ ގެ އިޛުނަފުޅާއި އެކު (ރައްކާތެރިވެ) އެކުދިންނަށް ގެއްލުމެއް ނުފޯރާނެއެވެ.
ސުވާލު: އެކުދިންގެ މައްޗަށް އިތުރުތަކެތި (ޤުރުއާނުން ރައްކާތެރިކަމަށް) ކިޔެވޭ ތަކެތި ކިޔުން ވޭހެއްޔެވެ؟
ޖަވާބު: ނޫނެކެވެ. އޭނާއަށް ބައްޔެއް ވެގެން (ރުޤިޔާ ކުރަން) ނޫން ނަމަ ހަށިރައްކަލަކީ މި ޛިކުރު އޭނާގެ މައްޗަށް އެއް ފަހަރު ކިޔުން އެކަންޏެވެެ.
ސުވާލު: އެކުއްޖާ ލައްވާ މިޛިކުރު ކިޔުއްވަން ޖެހޭތޯއެވެ؟
ޖަވާބު: [މިއީ ވިރުދުތައް ނުކިޔެވޭ ވަރު ކުދިންނަށެވެ.] ތިބާ އަމިއްލައަށް އޭނާކައިރީގައި ހުރެ މި ޛިކުރު ކިޔުމެވެ. (ކިޔެވޭ ވަރު ކުދިންނަމަ ހެނދުނާއި ހަވީރުގެ އަދި ނިދުމުގެ ވިރުދުތަކާއި ޛިކުރު އެކުދީން އަމިއްލަޔަށް ކިޔުއްވުމެވެ.)
ސުވާލު: ކޮންމެ ވަކި ކުއްޖަކަށް މިޛިކުރު ކިޔުން ވަނީ ވަކިވަކީން ހެއްޔެވެ؟
ޖަވާބު: (ނޫނެކެވެ.) ގިނަ ކުދިންނަމަ (ފެށުމުގައި) «أُعيذُ أبنائي...» މިހެން ކިޔާށެވެ. (ފިރިހެން ކުދިންނާ ނުލައި ހަމައެކަނި ގިނަ އަންހެން ކުދިން ތަކަކަށް އެކަނި ނަމަ «أُعيذُ بناتي...» މިހެންނެވެ.)
ވީމާ «أُعيذُ أبنائي بِكَلِماتِ اللَّهِ التَّامَّةِ مِنْ كُلِّ شيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لامَّةٍ» މިވަރަށެވެ.
((ކޮންމެ ޝައިޠާނެއްގެ ކިބައިންނާއި، ވިހަލާ ޖަނަވާރުގެ ކިބައިންނާއި އަދި ކޮންމެ އެސްފީނައަކުން އަހަރެންގެ ދަރީން ރައްކާތެރި ކޮށްދެއްވުންއެދި ﷲ ތަޢާލާގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން އެދެމެވެ.))
ހަށިރައްކަލުގެ ކަންތައް މި މިންވަރުން ނިމުނީއެވެ.
ދެންފަހެ ބައްޔެއް ވެގެން (ރުޤިޔާ ކުރަން ޖެހޭ ޙާލުގައި) ނަމަ، (ޤުރުއާން) ކިޔެވުމާއި ނަފަޘަ ކުރުން ވަނީ އެހިނދުގައެވެ.
ސުވާލު: ބައެއް އަންހެންވެރިން ވިރުދުތައް އަތްޖޯޑަށް ކިޔަވައި ނަފަޘަ ކޮށް ދެން ދަރީންގެ ގައިގައި ފޮހެއެވެ.
ޖަވާބު: ނޫނެކެވެ. (ތުއްތު ކުދިންގެ ހަށިރައްކަލެއްގެ ގޮތުގައި ހެދުމަށް) މިއީ އެއްވެސް އަޞްލެއް ނުވާ ކަމެކެވެ. އެހެނަސް ނަބިއްޔު ﷺ އާލާސްކަންފުޅު ގައި އޮންނެވިއިރު، ޢާއިޝަތިގެފާނު ކިޔަވައި ވިދާޅުވައި އެކަލޭގެފާނުގެ އަތްޕުޅަށް ނަފަޘަ ކުރައްވައި ދެން އެކަލޭގެފާނުގެ ގައިގައި އެއަތްޕުޅު ބީއްސަވައެވެ. އެހެނަސް އެއީ އާލާސްކަންފުޅުގައެވެ. (ތުއްތުކުދިންނަށް ކޮންމެ ދުވަހަކު ހަށިރައްކަލަށް ކަންތައް ކުރާން އޮތް ގޮތެއް ނޫނެވެ.) ❝
— އައްޝެއިޚް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު 🖋
ــــــــــــــــــــــــــــــ
[1] އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔު ﷺ ޙަސަންގެފާނާއި ޙުސައިންގެފާނަށް ﷲގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދިވަޑައިގަންނަވައެވެ. އަދި ވިދާޅުވެއެވެ. “ހަމަކަށަވަރުން ތިދެކުދިންގެ ބައްޕާފުޅު (އިބްރާޙިމްގެފާނު) އިސްމާޢީލްގެފާނަށާއި އިސްޙާގުގެފާނުގެ ރައްކާތެރިކަމަށް އެދިވަޑައިގެން މިބަސްފުޅުތައް ވިދާޅުވެއެވެ: «أعيذُكُما بِكلماتِ اللَّهِ التَّامَّةِ ، مِن كلِّ شيطانٍ وَهامَّةٍ ومن كلِّ عينٍ لامَّةٍ» ((ކޮންމެ ޝައިޠާނެއްގެ ކިބައިންނާއި، ވިހަލާ ޖަނަވާރުގެ ކިބައިންނާއި އަދި ކޮންމެ އެސްފީނައަކުން މިދެކުދިން ރައްކާތެރި ކޮށްދެއްވުންއެދި ﷲ ތަޢާލާގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން އެދެމެވެ.)) (ނޯޓް؛ މިތާނގައި أعيذُكُما މިއޮތީ ދެކުދިންނަށް އިޝާރާތް ކުރެވޭ ކަމުންނެވެ.)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.