ފަހުބަސް
⑧
⬆️ ފަހުބަސް
ސަމާލު: އޭގެ ޙާލަތް ނޭނގޭ އެއްގަމު މަހާއި އެކެއުމުގެ ކަންތަކަކީ މުސްލިމުން ތެރޭ އަރައިރުންވެ ޒުވާބުކުރެވޭ ކަމެއް ގޮތުގައި ވެގެން ނުވާނެއެވެ. އެހެނީ އެއީ އިޖުތިހާދީ މަސްއަލައެކެވެ. މީހަކަށް ވަކިތަނެއްގައި އޭގެ ޝުބުހު ފެތުރިފައިވާލެއް ވަރުގަދަކަމަށް ފެނިދާނެއެވެ. އެހެންކަމުން އެތަނެއްގެ (ގޮތްނޭގޭ ގޮތުގައި ހުންނަ) އެއްގަމުމަހުން ނުކައިފާނެއެވެ. އަދި ހަމައެޔާއިއެކު އެނޫން މީހެއްގެ ރައުޔު އެޔާއި ޚިލާފަށްވެސް އޮވެދާނެއެވެ. އެކަމަކީ ދެކޮޅަށްވެސް (އިޖުތިހާދުގެ ޖާގައިގެ ތަނަވަސްކަން އޮވެ) ހުޅުވިފައިވާ ކަމެއް ނަމަ، އެފަދަ ކޮންމެ ކަމެއްގައި އަނެއްކޮޅަށް އިންކާރު ކުރުމެއް ނުވެއެވެ. އިންކާރު ކުރުންވަނީ ޞަރީޙަ ސާފު ކަންތައް ތަކުގައެވެ. އެއީ މިޘާލަކަށް އެ ވަކި ފަރުދެއްގެ މުރުތައްދުކަން ފާޅުވެގެންވާ މީހެއް ކަތިލާއެއްޗެއް ކައިފި މީހާ ފަދައެވެ. ފަހެ މިހިނދު އެއީ މުޅަމަސް ކެއުން ފަދަ ކަމެކެވެ. އެހެންކަމުން އެކަމަށް އިންކާރުކުރުން ވެއެވެ.
ނޯޓް: މިލިޔުމުގައި ”ޙާލަތް ނޭނގޭ“ އެއްގަމު މަސް ކަމަށް ނިސްބަތްވެފައިވަނީ، ޙަލާލު މަރުކާއެއްވެސް ނެތް ތަކެއްޗެވެ.
މަރްޖިޢުތައް:
⬆️އަލްޢަލްވާން ގެ ފަތުވާ (އޯޑިއޯ)
⬆️އައްޠަރީފީ ގެ ފަތުވާ (ވީޑިއޯ)
⬆️އައްޞޫމާލީ ގެ ފަތުވާ (ޝެއިޚުލް އިސްލާމް އާއި އިބްނުލް ޤައްޔިމް ގެ ބަސްކޮޅުތައް އޭގައި އެކުލެވޭނެ) (ރަސްމީ އެކްސް އިން)
⬆️އަލްޢުޘައިމީން ގެ ފަތުވާ (އޯޑިއޯ)
⬆️އިސްލާމީ ސުވާލާއިޖަވާބު ފަތުވާ 223005
⬆️ޢަބްދުލްޤާދިރު ބުނު ޢަބްދުލްޢަޒީޒް (ސައްޔިދް އިމާމް އައްޝަރީފް) ”الجامع في طلب العلم الشريف“ ص. 557 (އަލްމަޤްދިސީގެ ތަޢްލީޤާއިއެކު އެއްމުޖައްލަދަށް ޝާއިޢުވެފައިވާ ޗާޕު)
⬆️ތުރްކީ ބިންޢަލީ (إجابات أسئلة منتدى المنبر) ގެ ފަތުވާ ނަންބަރު 758
⬆️ދަޢުވަތާއި މިސްކިތްތަކުގެ ދީވާން އިން ނެރުއްވި "مسائل في فقه النوازل" މަސްއަލާ 50، ص. 209
—ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.