ދަރަންޏަށް ދެވޭ ފައިސާ އެނޫން އެހެން ފައިސާއަކުން އަނބުރައި ދެއްކުމުގެ ޙުކުމް
📌 ދަރަންޏަށް ދެވޭ ފައިސާ އެނޫން އެހެން ފައިސާއަކުން އަނބުރައި ދެއްކުމުގެ ޙުކުމް
①
1⃣ ލޯނެއް އެހެން ފައިސާއަކުން އަނބުރާ ދެއްކިދާނެތޯ؟
މިކަމުގެ އަސާސީ އުޞޫލަކީ ލޯނެއް އަނބުރައި ދެއްކުން ވަނީ ދަރަނިވެރިޔާ ހަމަ އެލޯނު ނެގި ފައިސާއިންކަމުގައި ވުމެވެ. އެހެނެސް ލޯނު އަނބުރައި ދައްކާން މަޖިލީސް ވާ ވަޤުތުގައި، އެދެފަރާތުން ވާހަކަދައްކައި އެހެން ފައިސާއަކުން ނިންމަން އެއްބަސްވެއްޖެނަމަ، މިނިންމުމުގައި ގޯހެއް ނެތެވެ. މިކަމުގައި އޮތް ޝަރުޠަކީ: އެފައިސާ އަދަދުކުރުން ވަނީ އަނބުރައި ދައްކާ ދުވަހުގެ އަގަށް (އެބަހީ: އެކްސްޗޭންޖް ރޭޓަށް) ކަމުގައި ވުމެވެ. ލޯން ނެގުނު ދުވަހުގެ ރޭޓަކުން ނޫނެވެ. ފައިސާ ދައްކަންޖެހޭ ކޮންމެ ކަމެއްގައިވެސް މިކަން އޮތީ މިހެންނެވެ. އަނބުރައި ދައްކާ ވަޤުތު އޮތް ރޭޓަކުން އެހެން ފައިސާއަކުން އެދެއްކުމަށް ދެފަރާތުން އެއްބަސްވުން ހުއްދައޭ އެވެ.
2⃣ އެހެން ފައިސާއަކުން ދަރަނި ދެއްކުމުގައި ހުންނަ ޙަރާމް ގޮތްތައް
މިކަމުގައި އޮންނަ ޙަރާމް ތިން ގޮތެއް ދެނެގަނެ ހޭވެރިވާން ޖެހެއެވެ.
❌ފުރަތަމަ ޞިފަ: ލޯނު އަނބުރާ ދައްކާ ވަޤުތު އެހެން ފައިސާ އަކުން ދެއްކުމަށް (އަގުކަނޑައަޅައި) ދެފަރާތުން އެއްބަސްވުން.
މިކަން ޙަރާމް ވެގެން ވެއެވެ. އެހެނީ މިމުޢާމަލާތުގައި މިވާ ކަންތަކުގެ ޙަޤީޤަތަކީ، މުށުތެރޭ ހުރި ފައިސާއެއް، އޭގެ އަގަށްވާ ފައިސާ ފަހުން ދޭ ގޮތަށް ވިއްކުމެވެ. ޢަދި ربا النسيئة (ފަސްކުރާ ރިބާ) އަކީ މިއެވެ. އެހެނީ ތަފާތު ދެފައިސާ އެކަތި އަނެކެއްޗަށް ގަނެ ވިއްކުމުގެ ޝަރުޠަކީ އަތުން އަތަށް (ވަޤުތުން ވަޤުތަށް) އެކަން ކުރެވުމެވެ. އެއީ ނަބިއްޔު ﷺ އަރިހުން ދަލީލުވެގެންވާ ފަދައިންނެވެ: الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إذَا كَانَ يَدًا بِيَدٍ. މާނައަކީ: “ޢުބާދަތު ބިން އައްޞާމިތު ރިވާކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރަނަށް ރަން ވިއްކާއިރު، އަދި ރިއްސަށް ރިހި ވިއްކާއިރު، އަދި ގޮދަނަށް ގޮދަން ވިއްކާއިރު، އަދި ހިމަގޮތަނަށް ހިމަގޮދަން ވިއްކާއިރު، އަދި ކަދުރަށް ކަދުރު ވިއްކާއިރު، އަދި ލޮނަށް ލޮނު ވިއްކާއިރު، ވިއްކަންވާނީ އެއާއި އެއްވަރެއްގެ އެއްޗަކަށް، ހަމަހަމައަށެވެ. އަދި މި ބާވަތްތައް ތަފާތުނަމަ، އަތުން އަތަށް ވިއްކަންޏާ ތިޔަބައިމީހުން ބޭނުންގޮތަކަށް ވިއްކާށެވެ.“ ރިވާކުރެއްވީ ޢުބާދަތަ ބުނުއް ޞާމިތުގެ ޙަދީޘް ތަކުން، މުސްލިމް ( 1578 ) ގައެވެ.
އަދި މިޒަމާނުގެ ފައިސާތަކީ ރަނާއި ރިހީގެ މަޤާމުގައިވާ ތަކެއްޗެވެ. އަދި އެއަށްވަނީ އެދޭއްޗަށް ވާ އަޙުކާމުތަކެވެ.
❌ދެވަނަ ޞިފަ: މުޢާމަލާތް ހިނގާ އިރު އެވެރިން އެކަމަށް އެއްބަސް ނުވެ އެހެނަސް ދަރަނި އަނބުރާ ދައްކާ ވަޤުތުގައި އެދެވެރިން އެނޫން ފައިސާއަކުން ދެއްކުމަށް އެއްބަސްވުމެވެ. އަދި އެވެރިން އެ އަދަދު ކުރަނީ ލޯނު ދިން ދުވަހުގެ ރޭޓުންކަމުގައި ވުމެވެ. އަދި މިއީވެސް ޙަރާމްވެގެންވާ ކަމެކެވެ. މިކަންތައް ވަނީ ކުރިން ބަޔާންވެވުނު ސޫރައިގެ ތެރެއިންނެވެ.
އަދި އޭގެ ޙަރާމް ކަމުގެ މައްޗަށް ފިޤުހުވެރީން ދަލީލު ދައްކަވާ ޙަދީޘަކީ، އަޙްމަދު (6239) އާއި އަބޫ ދާވޫދު (3354) އާއި އައްނަސާއީ (4582) އާއި އައްތިރުމިޛީ (1242) އާއި އިބްނު މާޖާ (2262) ގައި ރިވާކުރެއްވި އިބްނު ޢުމަރު رضي الله عنه ގެ މަޝްހޫރު ޙަދީޘެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ”ތިމަންކަލޭގެފާނު ދީނާރަށް ޖަމަލު ވިއްކައި އުޅުނީމުއެވެ. [އެބަހީ ފަހުންދައްކާ ގޮތަށެވެ.] އަދި ދިރުހަމުން (އޭގެ އަގު) ހޯދަމެވެ. އަދި ހަމައެފަދައިން ދިރުހަމުން ވިއްކައި ދީނާރުން ހޯއްދަވަމެވެ. އެހެންކަމުން ރަސޫލު ﷲ ﷺ އަރިހު އެކަމާއިމެދު ސުވާލު ދެއްނެވީމެވެ. ދެން ޙަދީޘް ކުރެއްވިއެވެ: ( لَا بَأْسَ أَنْ تَأْخُذَهَا بِسِعْرِ يَوْمِهَا مَا لَمْ تَفْتَرِقَا وَبَيْنَكُمَا شَيْءٌ ) ”އެ (ފައިސާ ދައްކާ) ދުވަހުގެ ރޭޓުން ހޯދާނަމަ، އޭގައި ގޯހެއް ނެތެވެ. އަދި އެކަމުން އަވަދިވާއިރު (އެމުޢާމަލާތުން ބައެއް) ނުނިންމައި ނުއޮންނަހާ ހިނދަކުއެވެ.“ އަދި އައްނަވަވީ އާއި އަޙްމަދު ޝާކިރު ފަދަ ޢިލްމުވެރިން މިޙަދީޘް ޞައްޙަ ކުރެއްވިއެވެ. އަދި އަދި އެނޫން ޢިލްމުވެރިން އެއީ އިބްނު ޢުމަރުގެ ބަސްކޮޅެއް ގެ ގޮތުގައި، އަދި ނަބިއްޔު ﷺ ގެ ޙަދީޘްކުރެއްވުމެއް ނޫން ގޮތުގައި ޞައްޙަ ކުރެއްވިއެވެ. އޭގެ ތެރޭގައި އަލްޙާފިޡު އިބްނު ޙަޖަރާއި އަލްއަލްބާނީ ހިމެނިލެއްވިއެވެ. އިތުރަށް ބަލާ: "إرواء الغليل" (5/173)
⚠️އަދި އެނޫން ސަބަބެއް ވެސް މިކަން ޙަރާމް ވުމުގައި ވެއެވެ. އެއީ ދަރަނި ދައްކާދުވަހުގެ ރޭޓަށް ވުރެ ބޮޑު އަދަދެއް ނަގާނަމަ، ތިބާގެ އަތުގައި ނެތް އެއްޗަކުން އިތުރު ފައިދާ އެއް ހޯދުނީއެވެ. އަދި ނަބިއްޔު ﷺ ވަނީ ނަހީ ކުރައްވާފަޔޭ: (عن ربح ما لم يضمن) އަތުގައި ނެތް އެއްޗަކުން ފައިދާ ހޯދުން.=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.