މަދަރުސާތަކުގައި #الاختلاط ޙަރާމް ވުމުގެ ދަލީލުތަކުގެ ތެރޭން) — އަންހެނުން މިސްކިތު ޖަމާޢަތަށް ޙާޟިރުވުމާއިމެދު، ޢިލްމުވެރިން…
(މަދަރުސާތަކުގައި #الاختلاط ޙަރާމް ވުމުގެ ދަލީލުތަކުގެ ތެރޭން)
❞ އަންހެނުން މިސްކިތު ޖަމާޢަތަށް ޙާޟިރުވުމާއިމެދު، ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ. (ހުއްދައީ) ހަމައެކަނި ރޭގަނޑުގެ ނަމާދަށް ތޯއެވެ؟ އެހެނީ ރޭގަނޑުގައި އެވެރިންނަށް ނިވާކަން ބޮޑުވުމުންނެވެ. ނޫނީ އޭގައި ދުވާލުގެ ނަމާދުވެސް ހިމެނޭތޯއޭ އެވެ؟ އެހެނީ ރޭގަނޑުގެ ނަމާދު އެވެރިންނަށް ހުއްދަނަމަ، އަޅައިކިޔާ ހަމައިން މިނެކިރާއިރު، ދުވާލުގެ ނަމާދުތައް ހުއްދަވުން މާ އަޥްލާވެގެން ވާތީއެވެ. ވީމާ މިކަންތަކުގައި ޢިލްމުވެރިން މެދުގައި ޚިލާފުވިއެވެ.
މިއާއި، އަހަރެމެން މިވާހަކަ ދައްކާ މަޥްޟޫޢު އާއި އަޅައިކިޔާއިރު ފަހެ ކޮބައިހެއްޔެވެ؟ އެއީ ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިން ކިޔަވާ ކިލާސްތަކުގައި، އެއްބަޔަކު އަނެއްބަޔަކާއި މަސްހުނިވާގޮތުގައި، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބޭގޮތުގައި، އަދި އެކަކުއަނެކަކާއި ވާހަކަދައްކާ ގޮތުގައި ތިބޭ ތިބުމެވެ. މިކަންތަކަކީ އިސްލާމް ދީން އެއެއް ނުދަންނަ ކަމެކެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.