ކާފަރެއް ފުށުން މުސްލިމަކަށް ތަރިކަ މުދާ ވާރުތަ ކުރުމާއިމެދު އޮތް ޚިލާފުގެ ޚުލާސާ
➊
📌 ކާފަރެއް ފުށުން މުސްލިމަކަށް ތަރިކަ މުދާ ވާރުތަ ކުރުމާއިމެދު އޮތް ޚިލާފުގެ ޚުލާސާ
އިސްލާމް ސުވާލައި ޖަވާބު ގައި ފަތުވާ ނަމްބަރު 306192 ގައި މުރުތައްދު ބައްޕައެއް ފުށުން މުސްލިމު ދަރި އަކަށް ވާރުތަ ކުރުމާއިމެދު ސުވާލުވެވުނެވެ. ވިދާޅުވިއެވެ:
”ޖުމްހޫރު ފިޤުހު ޢިލްމުވެރިން ވަނީ މުރުތައްދުކަން މުސްލިމަކަށް ވާރުތަ ނުކުރާނޭ ކަމުގައެވެ. އެއީ އަލްބުޚާރީ (6764) އަދި މުސްލިމް (1614) އުސާމަތު ބްނި ޒައިދު رَضِيَ اللَّهُ عَنْهُمَا އަރިހުން ރިވާކުރެއްވި ޙަދީޘް ގެ މައްޗަށެވެ. އެއީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ :
"لَا يَرِثُ الْمُسْلِمُ الْكَافِرَ وَلَا الْكَافِرُ الْمُسْلِمَ"
”ކާފަރެއް ފުށުން މުސްލިމަކަށް ވާރުތަވުން ނުވެއެވެ. އަދި މުސްލިމެއް ފުށުން ކާފަރަކަށްވެސް އެވެ.“
މީގެ މައްޗަށް ބަލައި: ފަހެ ހަމަކަށަވަރުން އޭނާގެ މުދާ ވަނީ ބައިތުލް މާލަށެވެ. އެބަހީ، (އެހެންކަމުން) އެ ހޭދަވުން ވަނީ ޢާންމުންގެ މަޞްލަޙަތު ތަކުގައި ކަމެވެ.
(ޖުމްހޫރުންގެ ޤަޥްލާއި ޚިލާފަށް) ޢިލްމުވެރިން ކުރެ ބައެއް ބޭކަލުން، އެކަލޭގެފުށުން މުސްލިމު މީހާ އަށް ވާރުތަ ކުރާނޭ ކަމަށް ވިދާޅުވެއެވެ.
އަދި މިއީ އިބްނުލް ޤައްޔިމް ނަޤުލު ކުރެއްވިފަދައިން: މުޢާޛު ބުނު ޖަބަލް، މުއާވިޔަތަ ބްނި އަބީ ސުފްޔާން، މުޙައްމަދު ބުނުލް ޙަނަފިއްޔާ، މުޙައްމަދު ބުނު ޢަލިއްޔު ބްނުލް ޙުސައިން، ސަޢީދު ބުނުލް މުސައްޔިބު، މަސްރޫޤު ބުނުލް އަޖްދަޢު، ޢަބްދު ﷲ ބުނު މުޣްފިލް އަދި ޔަޙްޔާ ބުނު ޔަޢްމަރު ގެ ވެސް ބަސްފުޅެވެ. (އިބްނުލް ޤައްޔިމް އިތުރަށް) ވިދާޅުވިއެވެ: ”އަދި މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އިޚްތިޔާރު ކުރެއްވި ގޮތެވެ. އެބޭކަލުން ވިދާޅުވަނީ: އަހަރެމެންނަށް ވާރުތަ ވާނެއެވެ. އަދި އެއުރެންނަކަށް ވާރިތައެއް ނުކުރާނެތެވެ. އެއީ އެއުރެންގެ އަންހެނުންނާއި އަހަރެމެން ކައިވެނި ކުރާފަދައިންނެވެ. އެހެނަސް އަހަރެމެންގެ އަންހެނުންނާއި އެއުރެންނަށް ކައިވެނި ކުރެވުން ނުވެއެވެ.“ — އެކަލޭގެފާނުގެ ބަސްފުޅު "أحكام أهل الذمة" (2/ 853) އިން މިހިސާބަށް ނިމުނީ.
މިބޭކަލުން ނަބިއްޔު ﷺ ގެ ޙަދީޘް ފުޅު «لا يرث المسلم الكافر» ”ކާފަރެއް ފުށުން މުސްލިމަކަށް ވާރުތަވުން ނުވެއެވެ.“ މާނަކުރައްވަނީ، ޙަރުބީ ކާފަރުން ގެ މައްޗަށެވެ. އެހެނަސް މުނާފިޤަކަށް އަދި މުރުތައްދަކަށް އަދި ޛިއްމީ އަކަށް ނޫނެވެ.
އަދި މި ޤަޥްލަކީ އޭގައި ބުރަދަނެއް އެކުލެވޭ ޤަޥްލެކެވެ. ވަކިން ޚާއްޞަކޮށް ބައިތުލް މާލެއް ނެތިއްޖެ ނަމައެވެ. ނުވަތަ އެއަށް ވެރިވެގަނެފައިވާ މީހުން ފުށުގައި ފަސާދަ ވާނަމައެވެ. ވީމާ އެހިނދު ގާތްތިމާގެ މުސްލިމު، މި މުދަލުގެ މައްޗަށް އަޥްލާކަން ބޮޑުވެގެން ވެއެވެ.
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ: ޢިލްމުވެރިން ކުރެ ބައިގަނޑެއް، ނަބިއްޔުު ﷺ ގެ ޙަދީޘް ފުޅު: «لا يقتل مسلم بكافر» ”ކާފަރެއްގެ (ލޭގެ) ބަދަލުގައި މުސްލިމެއް ޤަތުލު ކުރުމެއް ނުވެއެވެ.“ — ނަންގަވަނީ: އެއީ ޙަރުބީ ކާފަރުން ކަމުގައެވެ. ޛިންމީ ކާފަރުންނެއް ނޫނޭ އެވެ. މިގޮތުން، އެއްވެސް ޝައްކެތް ނެތި، އެކަލޭގެފާނުގެ ޙަދީޘް «لا يرث المسلم الكافر» ”ކާފަރެއް ފުށުން މުސްލިމަކަށް ވާރުތަވުން ނުވެއޭ“ — ޙަރުބީ ކާފަރެއް މައްޗަށް ކަމަށް މާނަކުރުން، މާ އައުލާކަން ބޮޑެވެ. އަދި (ޞައްޙަކަމުގައި) ގާތެވެ. އެހެނީ، ހަމަކަށަވަރުން އެއުރެން ފުށުން މުސްލިމުންނަށް ވާރުތަ ވުމުގައި: ޛިއްމީން ގޮތުގައި ތިބޭ ކާފަރުން ތެރެއިން މީހުން، އިސްލާމްވުމަށް ހިތްވަރު ލިބެއެވެ. އެއީ އެބައިމީހުން ތެރެއިން އެތައް ބައެއް އިސްލާމް ދީނަށް ވަނުމަށް ހުރަސް އެޅެނީ، އެވެރިންގެ ގާތްތިމާގެ ބައެއް މަރުވެ އެއުރެން ފުށުން މުދަލެއް ވާނަމަ، އެއިން އެއްވެސް މިންވަރެއް ވާރުތަ ނުވެދާނޭ ކަމުގެ ބިރުންނެވެ.
އަދި އޭގެ ތެރެއިން އެކަކަށްވުރެ ގިނަ މީހުންގެ ދުލުން އަހަރެމެން މިވާހަކަ އަޑުއަހާފައިވަމެވެ. އެހެންކަމުން، އެވެރިން ގެ އިސްލާމްކަމުން ތަރިކަ މުދާ ނުގެއްލޭނެކަން އެނގިއްޖެނަމަ، އިސްލާމްވުމުން ހުރަސްއަޅާ ކަންތައް ބަލިކަށިވެގެން ދެއެވެ. އަދި އެކަމަށް (އިސްލާމްވުމަށް) އޮންނަ އެދުން އިތުރުކޮށްދެއެވެ.
އަދި (މިޙަދީޘް) އިސްކުރެވުމަށް މިކަން އެކަނިވެސް ފުދެއެވެ. އަދި މިއަށްވުރެ މާ ކުދި ކަންކަމުގައި އެބޭކަލުން ޢާންމު ޤަވްލުތައް ޚާއްޞަކުރައްވައެވެ. ފަހެ ހަމަކަށަވަރުން މީގައި މިވާ މަޞްލަޙަތު ވަރަށް ފާޅުކަން ބޮޑެވެ. އެތައް ގޮތަކުން އޭގެ މައްޗަށް ބަރޯސާވެވޭނެކަމަށް ޝަރީޢަތް ހެކިދެއެވެ. އަދި މިކަމުގެ މަޞްލަޙަތް އެވެރިންގެ (ޛިއްމީންގެ) އަންހެންވެރިންނާއި ކައިވެނި ކުރުމުގެ މަޞްލަޙަތަށްވުރެ ބޮޑުވެގެންވެއެވެ.“ — އިބްނުލް ޤައްޔިމް ގެ ބަސްފުޅު "أحكام أهل الذمة "(2/ 855) އިން މިހިސާބަށް ނިމުނީ.
އިސްލާމް ސުވާލާއި ޖަވާބުގެ ފަތުވާ 306192 މިހިސާބަށް މިނިމުނީ..
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.