މައްޔިތެއްގެ މައްޗަށް ޚާއްޞަ ކުރައްވައި އުޟްޙިޔާ ކުރެއްވި ކަމަށް ނަބިއްޔާ ﷺ އަރިހުން ޘާބިތެއް ނޫނެވެ. އެހެނީ އެކަލޭގެފާނުގެ ބޮޑުބޭބެ ޙަމްޛާ…
📚 މައްޔިތެއްގެ މައްޗަށް ޚާއްޞަ ކުރައްވައި އުޟްޙިޔާ ކުރެއްވި ކަމަށް ނަބިއްޔާ ﷺ އަރިހުން ޘާބިތެއް ނޫނެވެ. އެހެނީ އެކަލޭގެފާނުގެ ބޮޑުބޭބެ ޙަމްޛާ ބުނު ޢަބްދުލް މުއްޠަލިބު އަށް އަދި އަނބިކަނބަލުން ޚަދީޖާ ގެ ފަރާތަކުން ވެސް ގުރުބާނީ އެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނުގެ ޙަޔާތުގައި ނިޔާވެފައިވާ ދަރިޔަކަށް ޓަކައި ވެސް އެވެ. އެއީ މީސްތަކުންގެ ތެރެއިން އެކަލޭގެފާނަށް އެންމެ ލޮބުވެތި މީހުންނެވެ.
އަދި އެހެނަސް އެކަލޭގެފަނުގެ އުޟްޙިޔާ ކުރެއްވީ ގޭގެ އަހުލުންނާއި އެކަލޭގެފަނުގެ އުއްމަތުގެ މައްޗަށެވެ.
އެހެނަސް، މައްޔިތެއްގެ ވަޞިއްޔަތެއް ވާނަމަ، އޭނާ އަށް އެކަން ކޮށް ދިނުން ވެއެވެ. އެއީ އުޟްޙިޔާ ނޫނީ އެހެން އެއްޗެއް ވިޔަސް އެވެ.
(ބަޔާން ވެވުނު އުޟްޙިޔާގެ ޙުކުމް ތައް ނެގިފައިވަނީ، ޝެއިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް އަރިހުން)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.