7. ޢަދުލުވެރި އެއް ފިރިހެނަކަށް ހުޅަވިހަނދު ފެނިއްޖެނަމަ އެކަން ފުދެއެވެ. އަދި އޭނާގެ ބަހަށް ބަރޯސާވުންވެއެވެ. އަދި މީގައި ބެލެވުންވަނީ…
=
7. ޢަދުލުވެރި އެއް ފިރިހެނަކަށް ހުޅަވިހަނދު ފެނިއްޖެނަމަ އެކަން ފުދެއެވެ. އަދި އޭނާގެ ބަހަށް ބަރޯސާވުންވެއެވެ. އަދި މީގައި ބެލެވުންވަނީ ތެދުވެރި ޢަދުލުވެރިކަމަށެވެ. މިއަށް ދަލީލުވަނީ އިބްނު ޢުމަރުގެ ޙަދީޘުން ނެވެ. އެކަލޭގެފާނަށް ހަނދުފެނުނު ހިނދު ނަބިއްޔު ﷺ އެފެނުނު ކަމުގެ ޚަބަރުދެއްވިއެވެ. އެހެންކަމުން ރޯދަ ހިފުމަށް އިތުރުއެކަލޭގެފާނުން މީސްތަކުންނަށް އަމުރުކުރެއްވިއެވެ. މިރަދީޘް ރިވާކުރެއްވީ އަބޫ ދާވޫދު އެވެ. އަދި އޭގެ ސަނަދު ވަރުގަދައެވެ. އަދި ދެހެކިވެރިން ބޭނުންވާނޭކަމަށް (ޢިލްމުވެރިން ތެރެއިން) ބައިގަނޑެއް ދެކިލެއްވިއެވެ. އަދި ދަލީލަކަށް ނަންގަވަނީ ޢަބްދުއް ރަޙްމާން ބުނު ޒައިދު ބުނުލް ޚައްޠާބް ގެ ޙަދީޘެވެ. އޭގައިވެއެވެ: "ފަހެ ދެހެކިން ހެކިވެއްޖެނަމަ ރޯދަހިފާށެވެ. އަދި ރޯދަ ވީއްލާށެވެ.“ މިޙަދީޘް ރިވާކުރެއްވީ އައްނަސާއީ އަދި އެނޫން ބޭކަލުންނެވެ. އަދި އޭގެ ސާނަދުގައި އަލްޙައްޖާޖު ބުނު އަރްޠާ ވެއެވެ. އަދި އޭނާ ޟަޢީފެވެ. އަދި އަލްޙައްޖާޖު އާއި ނުލައި ހުރި މިޙަދީޘް ގެ އެންމެހާ ސާނަދެއް ނުބައެވެ. އަދި ބަލިކަށްޓެވެ. ދެންފަހެ (ހުރިހާ މަހެއް) ނިމުން، އަދި ބާކީ ހުރި މަސްތައް ފެށުމަށް، އެއްވެސް ޝައްކެތްނެތި ދެހެކިން ބޭނުންވާނެއެވެ. އެހެނީ މީގައި އިސްތިޘްނާ މިވަނީ ރޯދަމަސް ވަނުމުގައި އެކަންޏެވެ. އެއަށް އެންމެ ހެއްކެއް ފުދެއެވެ. އެނޫން އެންމެހާ (މަސްތަކެއް) ކަނޑައެޅުމުގައި ޝައްކެތްނެތި ދެހެކީން ބޭނުންވާނެއެވެ.
8- އެއް އަންހެނެއްގެ ހެކިބަސް ޤަބޫލުކުރެވުން ވޭހެއްޔެވެ؟ އޭގައި ދެޤަޥްލެއް ވެއެވެ. އޭގެން ޞައްޙަކަން ބޮޑީ ހުއްދަކަމެވެ. ދެންފަހެ ރަމަޟާން މަސް ނިމުމުގައި އޭގައި ޚިލާފުވެއެވެ. އަދި ޖުމްހޫރުން ދެކިލައްވަނީ އެކަނބުލޭގެ ހެކި ޤަބޫލުވެވިގެން ނުވާ ާކަމުގައެވެ. އަދި ދެއަންހެނުންނާއި ފިރިހެނެއްގެ ހެކިބަސް ޤަބޫލުވެވޭނޭ ކަމަށް (ޢިލްމުވެރިންގެ) ބައިގަނޑެއް ކަނޑައެޅުއްވިއެވެ. އަދި ބައިގަނޑެއް އަންހެނެއްގެ އެކަނި ހެކިބަސް ޤަބޫލުވެވިގެންވާނޭކަމަށް ވިދާޅުވިއެވެ. އެއީ އިބްނު ޙަޒަމް ދެކިލެއްވިގޮތެވެ.
9- ޙަދީޘް ”لا تقولوا رمضان فإن رمضان اسم من أسماء الله“ (ރަމަޟާން އޭ ތިޔަބައިމީހުން ނުކިޔާށެވެ. އެހެނީ ރަމަޟާން އަކީ ހަމަކަށަވަރުން ﷲ ގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމެކެވެ.) މިއީ ހަދާފައިވާ ރިވާޔަތެކެވެ. އެއްވެސް ބުރަދަނެއް އޭގައި ނުވެއެވެ. އަދި ﷲ ގެ އިސްމުފުޅުތަކަކީ ތަޥްޤީފިއްޔާ އެއްޗެކެވެ. ޞައްޙަ ރިވާޔަތަކުން މެނުވީ އެޤަބޫލުވެވުމެއް ނުވެއެވެ. ވީމާ ޟަޢީފު ރިވާޔަތެއް އައިހީނަމަވެސް އަހަރެމެންނެއް އެޤަބޫލު ނުކުރާހިނދު، އަދި ހަދާފައިވާ (ދޮގު) ރިވާޔަތެއް ފަހެ ކޮބައިހެއްޔެވެ؟
10- ޝައްކުގެ ދުވަހު (ހަނދު ފެނުނުތޯ ނުފެނޭތޯ ނޭގި އޮންނަ ދުވަހު) ރޯދަޔަށް ހުރުން ވާޖިބުކަމުގެ މައްޗަށް އިމާމް އަޙްމަދަށް ނިސްބަތްވެވޭ ރިވާޔަތް ނުބައެވެ. އޭގެ އެއްވެސް މަޞްދަރެއް ނުވެއެވެ. އަދި އިމާމް އަޙްމަދު އަށް މިކަން ނިސްބަތްކޮށްފައިވާ ކޮންމެ މީހެއްވެސް، އޭގެ ތެރޭގައި އައްޒާދް ގެ ލިޔުންތެރިޔާ އާއި ޙާޝިޔަތުއް ރަޥްޟް ގެ ލިޔުންތެރިޔާ އަދި އެނޫން ބޭކަލުން، އަދި މިފަހުގެ އެތައް ބަޔަކު، އިމާމް އަޙްމަދު ގެ މައްޗަށް ނިސްބަތްކޮށްފައި އޮތް އޮތުމަކީ ކުށެކެވެ. އަދި ރަނގަޅުގޮތަކީ އެބަސް ނިސްބަތް ވެގެންވަނީ އެކަލޭގެފާނު ގެ ދަރިވަރުންގެ ތެރެއިން ބަޔަކަށް ކަމާއި އެކަލޭގެފާނަށް ނޫން ކަމެވެ.
(ނުނިމޭ)
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.