ކޮންސްޓުރަކްޝަން މަސައްކަތުގެ ތެރެއިން ވިޔަފާރިއަށް، ސެކިއުލާ މަދަރުސާތައް އިމާރާތް ކުރުމުގެ ޙުކުމާއި މެދު، އަހަރެން ޝައިޙް އަބޫ ސަލްމާން…
🔺 ކޮންސްޓުރަކްޝަން މަސައްކަތުގެ ތެރެއިން ވިޔަފާރިއަށް، ސެކިއުލާ މަދަރުސާތައް އިމާރާތް ކުރުމުގެ ޙުކުމާއި މެދު، އަހަރެން ޝައިޙް އަބޫ ސަލްމާން ޙައްސާން ޙުސައިން އައްސޫމާލީ حفظه الله އާއި ސުވާލު ކުރީމެވެ. (ތިރީގައި މިވަނީ އަހަރެންގެ ސުވާލާއި އޭގެ ޖަވާބު، އަބޫ ޢަބްދު ﷲ އަލްމަޖޫދީ ގެ ތަރުޖަމާއެކެވެ.)
ސުވާލު: ”މުސްލިމު މުޖްތަމަޢު ތަކުގައިވާ، މުރުތައްދު ވެރިކަންތަކުގެ މަދަރުސާތަށް ބިނާކޮށް(ހެދުމުގެ) ޙުކުމަކީ ކޮބައިހެއްޔެވެ؟ އަދި ފަހެ މިކަމަކީ ރިއްދައެއް(ދީނުން ބެރުވެގަތުމެއް) ހެއްޔެވެ؟“
”ޖަވާބު، އަދި (ތެދު) މަގަށް މަގުދައްކާހުށީ ﷲ ތަޢާލާއެވެ:
ޢިލްމުވެރިން ދެކިލައްވާ ދެގޮތުންކުރެ ރާޖިޙު ގޮތަކީ، އަޅާއަށް އޭނާގެ ދީން އުނގަންނައިދީ، ދުނިޔެ އިޞްލާޙު ކުރާ ޢިލްމު އުނގައްނައި ދިނުމަށް މަގުފައިވާފަދަ، މަދަރުސާތައް ބިނާކޮށް (ހެދުމަކީ) ފަރުޟު ކިފާޔަތެކެވެ.
އެހެނެއްކަމަކު، އެފަދަ މަދަރުސާތަކުގެ މަޤްޞަދަކީ، މުސްލިމުންގެ އަމިއްލަ ބިމުގައި އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމާއި، ބޮޑުވަމުން އަންނަ ކުދިންނަށް، ކުފުރުގެ ފިކުރުތަކާއި ޢަޤީދާތައް، އެކުދިންގެ ސިކުނޑި ތަކުގައި ހަރުލައްވައި، ކިޔެވުމުގެ ޒަރިއްޔާއިން އެކުދިންގެ ދީނުން ބޭރުކުރުން ކަމުގައި ވަނީނަމަ، = ފަހެ މިފަދަ މަދަރުސާތައް ބިނާކުރުން ޙަރާމްވެގެންވެއެވެ. މިކަމަށް، ފޮތް(ޤުރްއާން)އާއި، ސުންނަތާއި، އިޖްމާޢު އަދި އިޢްތިބާރުންވެސް ދަލީލުލި ލިބެއެވެ. އަދި (ދަންނައެވެ.) ކަމެއް ޙަރާންވުމުން އެކަމެއް ކުރުފުރުވުން، ނަފީއެއް ނުކުރެއެވެ.
އަދި ޢިމާރާތްކުރާ މީހަގެ ޙުކުމް ބިނާވެގެންވަނީ، މިފަދަ މަދަރުސާތަކުގެ އަސްލު ޙާލަތް އެގުނމާއި އަދި ނޭގުން، ފޮރުވިފައިވާ ކަމުގެ މައްޗަށެވެ.
އެހެންވެ މިފަދަ މަދަރުސާތަކުގެ އަސްލު ޙާލަތާއި މަޤުޞަދު އެނގޭ ޙާލު (މިކަންކުރާމީހުން) ކާފަރުންގެ ގޮތުގައި ބެލެވޭނެއެވެ. އެހެންވެ އަސްލު ޙާލަތު ރަނގަޅަށް އެނގޭމީހާ ވާހުށީ މުޢައްޔަނު ކާފަރަކަށެވެ. އަދި މިފަދަ މަދަރުސާތަކުގެ އަސްލު ޙާލަތާއި މެދު ޖާހިލު މީހާ އެފަދަ ތަންތަން ބިނާކުރުން، ރިއްދައިގެ ގޮތުގައި ނުބެލެވޭނެއެވެ. (އެބަހީ: ޙާލަތަށް ޖާހިލުވުމުގެ ޢުޛުރުވެ އެވެ.)
އަދި މިސާލަކަށް: ދަނޑުވެރިކަމާއި ދަނޑުގޮވާން ކުރުން، ނަޢަމްސޫފި ގެންގުޅުން، ހިސާބުގެ ޢިލްމާއި އިންޖިނޭރުކަމުގެ ޢިލްމު، ޑޮކްޓަރުކަން އަދި ބައެއް އިޖްތިމާޢީ އަދި ޓެކްނިކަލް ފަންނުތައް ކިޔަވައިދޭ — އާންމުކޮށް ފާސިދު މަންހަޖުތަކުން އެއްކިބާވެފައިވާ — މަދަރުސާތައް ބިނާކުރުމުގައި އެއްވެސް މައްސަލައެއްނެތެވެ.
މިމައްސަލައިގެ ޚުލާޞާ: މަދަރުސާތަކަކީ (ވަކި މަޤުސަދަކަށް ވާޞިލުވުމަށް ވޭނުން ކުރެވޭ) ޒަރީއާތަކެކެވެ. އަޞްލު މަޤްޞަދެއްނޫނެވެ. ދެންފަހެ ޒަރީއާތަކަށްވާ ޙުކުމަކީ، އެކަމެއްގެ އާޚިރުނަތީޖާއާއި މަޤްޞަދުގެ މައްޗަށްވާ ޙުކުމެވެ. ވުމާއެކު، މިފަދަ ބިނާތަކާއި އަދި ޢިމާރާތްކުރާ މީހުންނާއި، ޙަރާމާއި، ޙަލާލާއި، ކާފަރެއްކަމާއި އަދި ގެއްލެނިވި ވެގެންވާ މީހެއްކަން ކަނޑައެޅުން، އެނބުރި ދާހުށީ މިފަދަ ޢިމާރާތެއްގެ މަޤްޞަދުތަކާއި މަދަރުސާތަކުގެ މަންހަޖުތަކަށެވެ. އަދި އެ މަޤްޞަދުތަކާއި މަންހަޖުތައް، އެނގުމާދި ނޭގުމުގެ މައްޗަށެވެ.
މިކަމުގައި މުރުތައްދު ސަރުކާރުތަކުގެ މަދަރުސާތަކާއި އެހެނިހެން މަދަރުސާތަކުގައި އެއްވެސް ތަފާތެއްނެތެވެ. އެހެނީ (އެ ހުރިހާ ތަނެއްވެސް) މި ޙުކުމަށް ހުށައެޅޭ ޢިއްލަތު(ސަބަބު) އޮތުމާއި ނެތުމުގައި ބައިވެރިވެއެވެ.“
— ޝައިޚް އަބޫ ސަލްމާން، ޙައްސާން ޙުސައިނުއް ސޫމާލީ
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.