އިބްނު ތައިމިއްޔާ މިބައިމީހުންނާއިމެދު ސާފު ފަތުވާ ދެއްވިއެވެ. އެވެރިންނަށް ކުރެވުނު ތުހުނަތުތަކަށް އެއްބަސް ވެލެއްވިއެވެ. އެއީ…
އިބްނު ތައިމިއްޔާ މިބައިމީހުންނާއިމެދު ސާފު ފަތުވާ ދެއްވިއެވެ. އެވެރިންނަށް ކުރެވުނު ތުހުނަތުތަކަށް އެއްބަސް ވެލެއްވިއެވެ. އެއީ އެބައިމީހުންނީ ރާ ޙަލާލުކޮށް، ރޫހު އަލުން އެހެން ހަށިގަނޑަށް އެޅުއްވޭ ކަމަށް އީމާންވާ، އަދި އާޚިރަތަށް ކާފަރުވެ، ޖަންނަތާއި ޖަހަންނަމަޔަށްވެސް އިންކާރު ކުރާ ބަޔެއް ކަމަށް ވިދާޅުވިއެވެ. އަދި ފަސް ނަމާދަކީ، ފަސް ނަމެއް ކަމަށް ދައުވާ ކުރާކަމެވެ. އެއީ ”ޢަލީ، ޙަސަން، ޙުސައިން، މުޙްސިން އަދި ފާޠިމާ“ ކަމުގައެވެ. އަދި ބޮޑު ޙަދަޘުން އެރެގަތުމަށް ހިނައިގަތުމުގެ ބަދަލުގައި މިފަސް ނަންގަނެލުމުން ފުދޭނޭކަމަށެވެ. އަދި ވުޟޫ އާއި އެހެނިހެން ޙާޖަތްތަކާއި ފަރުޟު ފަސް ނަމާދުގެ ވާޖިބުވެސް މިފަސް ނަމުން ފުދޭނޭކަމަށެވެ. އަދި ޢަލީ އަކީ ދުނިޔެ އާއި އުޑުތަކުގެ ޚާލިޤުކަމާއި، އެކަލޭގެފާނަކީ އުޑުގައިވާ އެވެރިންގެ ކަނލާނގެކަމާއި ބިމުގައިވާ އިމާމުކަމަށް ބުނާކަމަށެވެ. އަދި ވިދާޅުވިއެވެ: ”އެވެރިންގެ ކުފުރު ޔަހޫދީން ނާއި ނަޞާރާއިންނަށް ވުރެން ވެސް ބޮޑެވެ.“ މި އެންމެހާ ވާހަކަ، އިބްނު ތައިމިއްޔާ އަލްފާތާވާ 35ج 145ޞ ގައިވާ ފަތުވާ ގައި ބަޔާން ކުރައްވާފައިވެއެވެ.
މިޒަމާނުގައި ނުޞައިރިޔާ އަށް ނިޞްބަތްވާ ބައިގަނޑުތައް
ރަސްމީކޮށް 1970 ގައި ގެނެވުނު ޙާފިޒް އަލްއަސަދު ގެ އިންގިލާބާއި އެކު ނުޞައިރީން ސީރިއާގެ ވެރިކަން އެބައިމީހުންގެ އަތްދަށަށް ގެނައެވެ. އަދި މިއަދު އޭނާގެ ދަރި، ބައްޝާރުލް އަސަދު އެދަނީ، ސީރިއާގެ މުސްލިމުންގެ ލޭ އޮހޮރުމުގެ ނުޞައިރީ ސިލްސިލާ ދަމަހައްޓަމުންނެވެ. 2016 ވަނަ އަހަރުގެ ނޮވެންބަރުގައި SNRH އިން ޝާއިޢު ކުރި ތަފާސްހިސާބެއްގައި ދައްކާފައިވާ ގޮތުން މުޅި ސީރިޔާ ހަނގުރާމައިގެ 92.9 އިންސައްތަ ޢާންމުން މަރާފައިވަނީ ބައްޝާރެވެ. އެއީ އެއްލައްކަ އައްޑިހަ އަށް ހާހަށްވުރެ ގިނައެވެ. و الله المستعان!
_________
މަރުޖިޢު:
(ހ) މުޅި ލިޔުމުގެ މައިގަނޑު ނެގިފައިވަނީ معجم مصطلحات العقيدة އިން
https://islamic-content.com/dictionary/group/7#
(ށ) މީގެ އިތުރުން ނުޞައިރީން ނާއި ބެހޭ ބަޔަށް އިތުރު ތަފްޞީލް ނެގިފައިވާނީ
https://www.dorar.net/firq/1863
އަދި ހުޅަނގުގެ މުޙައްޤިޤުންގެ ބަހެއް (ޑެނިއެލް ޕައިޕްސް) އަދި އިބްނު ތައިމިއްޔާ ގެ ފަތުވާގެ އިނގިރޭސި ތަރުޖަމާއަށް (މިބުލޮގް ޕޯސްޓް)
(ނ) އައްރަޖްޢާ ގެ ތަޢްރީފު ނެގިފައިވާނީ (މިބުލޮގް) އިން ނެވެ. އަދި ތަފްޞީލީ ރައްދެއް އޭގައިވެއެވެ.
(ރ) ރާފިޟީން ޤުރުއާނަށް އިންެކާރު ކުރުމުގެ ތަފްޞީލު ނެގިފައިވަނީ (އިސްލާމް ސުވާލާއި ޖަވާބް) އިންނެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.