ނަޞާރާއިންގެ ”ކްރިސްމަސް“ އާއި އެވެރިންގެ އައު އަހަރާއި މެދު
⏺ ނަޞާރާއިންގެ ”ކްރިސްމަސް“ އާއި އެވެރިންގެ އައު އަހަރާއި މެދު
①
☪☪☪☪☪️
لا يجوز تهنئة النصراني بفرية ميلاد ابن الله، وإن هنأك بعيد اﻹسلام؛ ﻷن أحكام الله ليست مبادلة، فليس لك أن تعظم الصنم ﻷن الوثني دخل معك المسجد!
1️⃣ﷲ ގެ ދަރިކަލުގެ މީލާދު (އުފަންދުވަސް) އޭ ބުނާ ބުހުތާނު ދޮގުގައި ނަޞާރާއިންނަށް ތަހުނިޔާ ކިޔުން ހުއްދަވެގެން ނުވެއެވެ. އެއީ އިސްލާމުންގެ ޢީދު ތަކުގައި ތިބާއަށް އޭނާ ތަހުނިޔާ ކިޔައިހެދިޔަސް އެވެ. އެހެނީ ﷲ ގެ ޙުކުމްފުޅުތަކީ ބައިއެޅޭ އެއްޗެއް ނޫނެވެ. ވީމާ ބުދަށް އަޅުކަން ކުރާ މީހެއް ތިބާއާއެކު މިސްކިތަކަށް ވަނީތީ ބުދަށް މާތްކޮށް ހިތުމެއް ތިބާއަށް ނުވެއެވެ.
يوم ميلاد المسيح لا يثبت تحديده، والخلاف قائم لدى اﻷرثوذكس والكاثوليك إلى اليوم، فهم لم يحفظوا كتابهم، فكيف بحفظ ميلاد صاحب الكتاب!
2️⃣ޢީސާގެފާނު ސީދާ އުފަންވެވަޑައިގަތް ދުވަސް ޘާބިތުވެފައި ނުވެއެވެ. އަދި އޮތޮޑޮކްސް އާއި ކެތޮލިކް ނަޞާރާއިން ދެމެދު މިކަމުގައި ޚިލާފު އަދާއިހަމައަށްވެސް އެބަ އޮތެވެ. ފަހެ އެވެރިންނީ އެވެރިންގެ ފޮތް ރައްކައުތެރިކޮށް ނުބެލެހެއްޓުނު ބައެކެވެ. އެހެންވީއިރު އެފޮތުގެ ސާހިބާގެ މީލާދު ރައްކައުކޮށް ބަލަހައްޓާނީ ފަހެ ކިހިނަކުން ހެއްޔެވެ؟
يكاد يتفق آباء الكنيسة ومؤرخوها أن ميلاد المسيح حدد رسميا متأخرا بعد القرن الثالث للميلاد، وأن تحديده كان رمزيا لا توثيقا ليوم ثابت بيقين
3️⃣ކަނީސާގެ ކާބަފައި ވެރިން (ޗާޗް ފަރދާސް) އާއި މުއައްރިޚުން އިއްތިފާޤުވާގޮތުން، ޢީސާގެފާނުގެ މީލާދު ރަސްމީގޮތެއްގައި ކަނޑައެޅުނީ މީލާދީގޮތުން ތިންވަނަ ޤަރުނަށްވުރެންވެސް ފަހުންކަމެވެ. އަދި އެއީ ރަމްޒީ އެއްޗެއް ކަމާއި އެކަނޑައެޅުމަކީ ލިޔެކިޔުމުގެ މައްޗަށްވާ ޘާބިތު ޔަޤީން ދުވަހެއް ގޮތުގައި ނޫންކަމެވެ.
في ميلاد المسيح يتذاكر النصارى بنوّته لله: {وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا، لَّقَدْ جِئْتُمْ شَيْئًا إِدًّا، تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا}
4️⃣ޢީސާގެފާނުގެ މީލާދުގައި ނަޞާރާއިން އާލާކުރަނީ ﷲ އަށް ދަރިންވާކަމެވެ. {وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا * لَّقَدْ جِئْتُمْ شَيْئًا إِدًّا * تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا}. ”(88) އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕަވައިފިއެވެ. ދަރިކަލަކު إختيار ކުރައްވައިފިއެވެ. (89) (އޭ މިތިބަ ކާފަރުންނޭވެ!) ކަލޭމެން އެހެން ބުނެފިއްޔާ އެބުނީ ހަމަ ވަރަށްބޮޑުވެގެންވާ ބަހެކެވެ. (90) އޭގެސަބަބުން އުޑުތައް ފަޅަފަޅައިގެންދިއުން ގާތްވެގެންވެއެވެ. އަދި ބިންގަނޑު ކަނޑަކަނޑައިގެންގޮސް އަދި ފަރުބަދަތައް ހަލާކުވެ ކުދިކުދިވެ ތިރިވުން ގާތްވެގެންވާ ވަރުގެ ވާހަކައެކެވެ.“
يُنزه النصارى رهبانهم عن الزوجة واﻷولاد، ويجعلون ذلك لله، تعالى الله عن ذلك علوا كبيرا
5️⃣އަނބީންނާއި ދަރީންގެ ފުށުން ނަޞާރާއިން އެވެރިންގެ (މާތް އަޅުވެރި) ރާހިބުން ވީއްލުވައެވެ. އެހެނަސް އެއުރެން ﷲ އަށް އެކަންތައް (އަނބީންނާއި ދަރީން ވުން) ލައްވުވައެވެ. އެފަދަކަމަކުން ﷲ އަރަހުށި ވޮޑިގެންވެ މާ މަތިވެރިވޮޑިގެންވެއެވެ.
الزواج من الكتابية لا يلزم منه التهنئة بعيدها، فيجوز الزواج من ابنة قاتل أبيك، ولا تقبل فرحها بمناسبة القتل، وكذلك فرحها بولادة ابن لله تعالى!
1️⃣އަހުލު ކިތާބީން ކުރެ އަންހެނަކާއި ކައިވެނި ކުރުމީ، އެކަނބުލޭގޭ ޢީދުގައި ތަހުނިޔާ ކިޔުން ލާޒިމު ކުރުވާ ކަމެއް ނޫނެވެ. ތިބާގެ ބައްޕަގެ މަރާލި ޤާތިލެއްގެ ދަރިޔާއި ކައިވެނި ކުރުން ތިބާއަަށް ހުއްދައެވެ. އެހެނަސް، އެޤަތުލުގެ މުނާސަބަތުގައި އެކަނބުލޭގެ ކުރާ އުފައު ބަަލައިގަތުމެއް ނުވެއެވެ. ހަމައެފަދައިން އަރަހުށި ﷲ އަށް ދަރިޔެއް އުފަން ވީތީ (ކަމަށް ދެކި) އޭނާވާ އުފަލުގައިވެސް މެއެވެ.
تهنئة النصارى (بالكريسماس) لا تجوز باتفاق المذاهب اﻷربعة، ولا أعلم قولا مخالفا في هذه المسألة إلا في الزمن المتأخر، وهي أقوال لا يُعتد بها
7️⃣ނަޞާރާއިންނަށް "ކްރިސްމަސް" ގައި ތަހުނިޔާ ކިޔުން، ހަތަރު މަޛުހަބުގެ އިއްތިފާޤުން ހުއްދަ ވެގެން ނުވެއެވެ. އަދި މިއާއި ޚިލާފު ޤަޥްލެއް މިމައްސަލާގައިވާކަމުގައި އަހަރެންނަށް އެނގިފައި ނުވެއެވެ. އެއީ ފަހުގެ މިޒަމާނުގައި ފިޔަވައެވެ. އަދި (މިޒަމާނުގެ) މިޤަޥްލުތަކަކީ އެއަށް ބުރަދަނެއް އޮތް އެއްޗެއް ނޫނެވެ.
تحريم تهنئة النصارى بعيدهم كعيد الميلاد لا يعني مقابلتهم بالتعنيف، بل يُتألف قلب العامي بدعوة لينة للتأمل بحقيقة هذا الرب المولود! تعالى الله
8️⃣ޢީދުމީލާދު (ކްރިސްމަސް) ފަދަ ދުވަސް ތަކުގައި ނަޞާރާއިންނަށް ތަހުނިޔާ ކިޔުން ޙަރާމް ވުމުގެ މާނައީ އެވެރިންނަށް އެއްޗެހިގޮވުމެއް ނޫނެވެ. އެހެނަސް، ޢާންމު މީހާގެ ހިތަށް މަޑުމައިތިރި ދަޢުވަތުން ގާތްވެ ކަނލާގެއެއް އުފަންވުމުގެ މިކަންތަކުގެ ޙަޤީޤަތާއިމެދު ފިކުރުހިންގުވުމެވެ. ﷲ އަރަހުށިވޮޑިގެންވެއެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.