އަދި އަލްޙަމްޒާ ބުނު ޢަބްދުލް މުއްޠަލިބު رضي الله عنه ގެ އިސްލާމްވުން ވީ، ފުރަތަމަ ކަމަކަށް އެކަލޭގެފާނުގެ އަޚުގެ ދަރިފުޅަށް ނަޞްރުވެރި…
އަދި އަލްޙަމްޒާ ބުނު ޢަބްދުލް މުއްޠަލިބު رضي الله عنه ގެ އިސްލާމްވުން ވީ، ފުރަތަމަ ކަމަކަށް އެކަލޭގެފާނުގެ އަޚުގެ ދަރިފުޅަށް ނަޞްރުވެރި ވުމަށް ޓަކައެވެ. އެއީ ރަސޫލުކަމުގެ ހަވަނަ އަހަރުގައެވެ. އެއީ އަބޫ ޖަހުލު އިތުރު އެކަލޭގެފާނަށް ހަމަލާ ދިނުމުންނެވެ.
އިބްނު އިސްޙާޤު [3] ވިދާޅުވިއެވެ: الله ގެ ރަސޫލާ ﷺ ޞަފާ ފަރުބަދައިގައި ހުންނަވަނިކޮށް އަބޫ ޖަހުލަށް އާދެވުނެވެ. އެހެންކަމުން ދުއްތުރާކޮށް އުދަގޫކުރިއެވެ. އަދި ރަސޫލު الله ހަނު ހުންނެވިއެވެ. ދެން އެތަނުން ތެދުވެޑައިގެން މިސްކިތައް (ޙަރަމްފުޅަށް) ވަދެވަޑައިގެންނެވިއެވެ. ޞަފާ ފަރުބަދައިގެ ގާތުގައި ހުރި ޢަބްދު ﷲ ބުނު ޖަދްޢާންގެ މިނިވަން ކުރެވިފައިވާ އަޅު އަންހެނެއް އަބޫ ޖަހުލު ގޮވި ފުރައްސާރަތައް އަޑުއިވުނެވެ... އެހެންކަމުން ޙަމްޒާ ގާތު އަބޫ ޖަހުލު ގެ ފުށުން އަޑުއެހި ތަކެތި ކިޔައިދިނެވެ. ދެން ކޯފާ އިސްކުރައްވައި މިސްކިތައް ވަދެ ވަޑައިގެންނެވިއެވެ. އަދި އަބޫ ޖަހުލު ހުރީ އޭނާގެ ޤަބީލާގެ ބަޔަކާއިއެކު އިށީނދެއެވެ. ޙަމްޒާ އެވެރިންނާއި މިޚާޠަބު ކުރެއްވިއެވެ: ކަލޭމެން އަހަރެންގެ އަޚާގެ ދަރިފުޅަށް ފުރައްސާރަކުރަނީ އަހަރެން އެކަލޭގެފާނުގެ ދީން މަތީގައި ވަނިކޮށް ހެއްޔެވެ! އަދި ދުނިދަނޑިން އެތިފަހަރެއް ޖެއްސެވިއެވެ. އަދި ހާނިކަވިއެވެ. އެހެންކަމުން ބަނީ މަޚްޒޫމްގެ މީހުން އަބޫ ޖަހުލަށް ވާގިވެރިވުމަށް ޙަމްޒާ އާއި ކުރިމަތިލިއެވެ. އަބޫ ޖަހުލު ބުންޏެވެ: އަބޫ ޢުމާރާ އާއި އަޅާ ނުލާށެވެ. އެހެނީ އަހަރެން ، ﷲ ގަންދީ ބުނަމެވެ. އޭނާގެ އަޚުގެ ދަރިއަށް ނުބައިކަން ބޮޑު ފުރައްސާރައަކުން ފުރައްސާރަކުރީމެވެ. އެހެންކަމުން ﷲގެ ރަސޫލަށް ބާރެއް ލިބިއްޖެކަން ޤުރައިޝުންނަށް އެގުނެވެ. އަދި އެކަމުން މަނާވެގަތެވެ... އަދި އެއުރެން އެކަލޭގެފާނަށް ކުރަމުން ގެންދިޔަ ބަޔެއް ދުއްތުރާތައް ކުރުން ހުއްޓިއެވެ.
ހަމަކަށަވަރުން ގާތްތިމާގެ ކަމުގެ ގުޅުމުގެ ބާރުން ކުރުވި އަޘަރާއި، ލޭގެ ގުޅުމުގެ ޢަޞަބިއްޔަތަކީ ޙަމްޒާ رضي الله عنه ގެ އިސްލާމް ވުމުގެ ސަބަބެކެވެ. ... އަދި އަބޫ ޠާލިބު، ﷲ ގެ ރަސޫލު ޙިމާޔަތް ކުރުމާއި، އަދި ބަނީ ހާޝިމް އާއި ބަނީ އަލްމުއްޠަލިބު އިތުރު އެކަލޭގެފާނަށް ނަޞްރުވެރިވުމަށް ގޮވާލުން ވަނީ ހަމަ މިކަމުގެ ތެރެއިންނެވެ. އަދި އައްޝިޢުބު ގައި، ބަނީ ހާޝިމްގެ މުއުމިނުންނާއި ކާފަރުން ޙިޞާރު ކުރެވި، "އަދި (މުއުމިނުން) ޤަތުލު ކުރެވުމަށް ހަވާލު ނުކުރާހާ ހިނދަކު، ބަނީ ހާޝިމް ފަރާތުން ސުލްޙައެއް ދުވަހަކުވެސް ޤަބޫލު ނުކުރުމަށާއި، އަދި ހަމްދަރުދީ ނުވުމަށް" ބުނެވި، ޝިޢުބު އަބީ ޠާލިބުގައި އެވެރިން ތިން އަހަރު ހޭދަކުރިއެވެ. [4]
ހަމަކަށަވަރުން، ޤަބީލާގެ ގުޅުން، ދަޢުވަތު ފެތުރުމަށް، އިސްލާމް ދީނަށް ފައިދާތަކެއް ކުރުވިއެވެ. އަދި ކަނުކޮށް ތަބައުވަނިވި ހައްދުފަހަނައެޅި މުޖްތަމަޢުއެއްގައި ރައްކައުތެރިކަމުގެ ނިވަލަކަށް އެބޭނުން ކުރުމުގެ މަނައެއް ނެތެވެ.
އަދި އަބޫ ޠާލިބު ގެ އައްލާމިއްޔާ ޤަޞީދާ ގައި، ﷲ ގެ ރަސޫލަށް ޙމާޔަތް ދެއްވައި ޅެން ވެއެވެ [5]. އަދި ޢަޤީދާގެ ޚިލާފަށްވިޔަސް ޢަޞަބިއްޔަތުގެ ވަރުގަދަކަން ވެއެވެ:
ނުނިމޭ
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.