ދެންފަހެ ފުރަތަމަ އަޞްލުގައި އެވެރިންގެ ވާވަނުމަށް ބަލާއިރު، އަދި މިއީ ފަހުމާއި ނުލައިވާ ޤުރުއާން ނެވެ: އިތުރުއެކަލޭގެފާނުން ﷺ ގެ…
②
ދެންފަހެ ފުރަތަމަ އަޞްލުގައި އެވެރިންގެ ވާވަނުމަށް ބަލާއިރު، އަދި މިއީ ފަހުމާއި ނުލައިވާ ޤުރުއާން ނެވެ: އިތުރުއެކަލޭގެފާނުން ﷺ ގެ މިބަސްފުޅުގެ ހާމަވަނީ އެކަމެވެ: «يَقْرَءُونَ الْقُرْآنَ لاَ يُجَاوِزُ تَرَاقِيَهُمْ» (އެވެރިން ޤުރުއާން ކިޔަވައެވެ. އެބައިމީހުންގެ އަރުން އެ އެތެރެ ނުވެއެވެ.) މިއީ ޢަބޫ ސަޢީދުގެ ޙަދީޘް އިން ދެޞަޙީޙު ގައި ވާ ފަދައިންނެވެ.⁽⁶⁾
ދެންފަހެ ދެވަނަ އަޞްލުގައި އެވެރިންގެ ވާވަނުމަށް ބަލާއިރު، އަދި މިއީ ފަހުމާއި ނުލާ ވާ ސުންނަތެވެ: އިތުރުއެކަލޭގެފާނުން ﷺ ގެ މިބަސްފުޅުގެ ހާމަވަނީ އެކަމެވެ: «يَقُولُونَ مِنْ قَوْلِ خَيْرِ الْبَرِيَّةِ، يَمْرُقُونَ مِنَ الاسلام» (މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ ފަރާތުގެ ބަސްތައް އެވެރިން ބުނެއުޅޭނެތެވެ. އިސްލާމް ކަމުން ނިކުމެދާހުއްޓެވެ..)⁽⁷⁾
މިސަބަބަށްޓަކައި އެވެރިން ގިނަގުނައިން ތައުވީލުތައް ކުރެއެވެ. (ދަލީލުތަކުގެ މާނަ އެކި ގޮތްގޮތަށް ފުރަޅައި މާނަކުރެއެވެ.) އަދި އެވެރިންގެ ޢަމަލުތައް މުޑުދާރުވެގެން ވެއެވެ. އެހެނީ އެއިން ކޮންމެ މީހަކަށް ތައުވީލެއް އަދި އެވެރިންގެ އަނެކާއާއި ޚިލާފުވެގެންވާ ގޮތް ނިންމުމެއް ވެއެވެ. އަދި އެވެރިންގެ ޢާންމުންނަށް އުނގެނި ދަސްކުރުމަށް ފޮތެއް އަދި (ގޮތްތައް ނިންމާ އުސޫލުތަކުގެ) މަޛުހަބެއް ނުވެއެވެ. އެހެނީ އެވެރިން ވާވަންނަނީ ބޮޑުންނާއި ޢިލްމުވެރިން މާތްކުޅައުން ނެތިކުރުމުގައި ކަމުންނެވެ. އަދި އެވެރިން އިސްވެސް ނުކުރެއެވެ. އެހެނަސް ހަނގުރާމައި ގައި މެނުވީއެވެ. އެއީ ﷲ ގެ ޙުކުމް ނޫން ޙުކުމަކުން ޙުކުމް ކުރެވިދާނެތީ ބިރުން ކިޔަމަންގަންނަ ގަތުމެކެވެ. އެއީ ދުލުން މިކަން ހާމަނުކުރިޔަސް އެވެ. އެވެރިންގެ ޙާލަތަށް ބެލުމުން އެކަން އެނގެއެވެ. މިސަބަބަށްޓަކައި އެވެރިންގެ ތެރޭ ޢިލްމުވެރިއެއް ނުވެއެވެ. އަދި އެވެރިންނަށް އެވެރިންގެ ފަތްފުށްތަކެއް ވެސް ނުވެއެވެ.
އަދި ޚަވާރިޖުންނަކީ އިމާމުންގެ ގެ ބާބުގައި ރާފިޟީ ޝިޢައީން ގެ އިދިފުށެވެ. އެހެނީ ރާފިޟީން ދެކެނީ އިމާމުން (އެންމެހާ ކުށަކުން) މަޢުޞޫމު ވެގެން ވުމެވެ. އަދި އެއުރެން ޢިލްމިވެރިންނަށް މާތްކޮށް ހިތައެވެ. މިއާ ޚިލާފަށް ޚަވާރިޖުން ޢާލިމެއް ގެ ފުށުން ފަޟުލުވަންތަކަމެއް ނުދެކެއެވެ.
ސުންނަތުގައި ޚަވާރިޖުންގެ ޞިފަތަކާއި ޢަލާމާތްތައް ގިނަގުނަކޮށް އައިސްފައި ވެއެވެ. އަދި ސުންނަތުގައި ވާރިދުވެފައިވާ އެވެރިންގެ ޞިފަތަށް ވަނީ ދެބާވަތެއްގެއެވެ:
ފުރަތަމަ ބާވަތް: ލާޒިމު ޞިފަތައް، އަދި މިއީ ދެޞިފައެކެވެ:
އެކައްޗަކީ: ކުފުރުވަނިވި ކަމަކާއި ނުލައި ތަކްފީރު ކުރުމެވެ.
އަނެކެއްޗަކީ: އެތަކްފީރުގެ މައްޗަށް ލޭ ޙަލާލު ކުރުމެވެ.
ޢަދި މިދެޞިފަ ވަނީ ނަބިއްޔު ﷺ ގެ މިބަސްފުޅުގައި އެކުލެވިގެންނެވެ: «يَقْتُلُونَ أَهْلَ الإِسْلاَمِ، وَيَدَعُونَ أَهْلَ الأَوْثَانِ» (އެއުރެން އިސްލާމު އަހުލުން ޤަތުލުކޮށް، ވަޘަނިއްޔަތުގެ (ޝިރުކުގެ) އަހުލުވެރިން ދޫކުރެތެވެ.) ⁽⁸⁾ އެހެނީ އެއުރެން މުސްލިމުން ކާފަރުކޮށް ދެން އެވެރިންނާ ހަނގުރާމަ ކުރެތެވެ.
---------------------
[6] އަލްބުޚާރީ 3610، 6933 އަދި މުސްލިމް 1064
[7] އިހު ބަޔާން ވެވުނު ޢަލީ ބުނު އަބީ ޠާލިބު ގެ ޙަދީޘްގައިވާ ފަދައިން
[8] މީގެ ތަޚްރީޖު އިސްވެ ހިނގައްޖެ
[9] މީގެ ތަޚްރީޖު އިސްވެ ހިނގައްޖެ
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.