ޚަވާރިޖުން ދެކޭ ގޮތާއި ޚިލާފަށް "ދާރުލް ކުފުރުއް ޠާރިއު" އަކީ "ދާރުލް ކުފުރު" އާއި ފަރަުޤުތަކެއް ވާއެއްޗެކެވެ. އަދި ދާރުލް މުރައްކަބަކީ…
🔺🔺
ޚަވާރިޖުން ދެކޭ ގޮތާއި ޚިލާފަށް "ދާރުލް ކުފުރުއް ޠާރިއު" އަކީ "ދާރުލް ކުފުރު" އާއި ފަރަުޤުތަކެއް ވާއެއްޗެކެވެ. އަދި ދާރުލް މުރައްކަބަކީ އެއީއެވެ.
ހައްދުފަހަނަ އެޅި ފިކުރުގައި ޖެހިފައިވާ މީހަކާއި ބަހުޘް ކުރައްވަމުން، ޝެއިޚް ޢަބޫ ސުފްޔާން އައްސުލަމީ ވިދާޅުވިއެވެ:
❞...ފިޤުހުވެރިން އެއަށް އިއްތިފާޤުވެލެއްވި މިޤާޢިދާ — ޔަޤީންކަމާއި އެކު ޘާބިތުވެފައިވާ އެއްޗެއް، ޝައްކެއްގެ ސަބަބުން ނެތިނުދޭ — މީގެ މައްޗަށް ބިނާ ކުރައްވައި އެބޭކަލުން އަދިވެސް ވިދާޅުވެތެވެ: "ހަމަކަށަވަރުން ދާރުލް އިސްލާމް ގައި އަޞްލަކީ އޭގެ އަހުލުންނީ މުސްލިމުން ކަމެވެ." އަދި ދާރުލް އިސްލާމް އަކީ އެތަނެއްގައި އިސްލާމީ ޙުކުމްތައް މަތިވެރިކުރެވިފައިވާ ތަންތަނެވެ. އަދި (ހަމަ އެޤަވާޢިދުގެ މައްޗަށް) ދާރުލް ކުފްރުލް އަޞްލީ އާއި މެދު ވިދާޅުވެއެވެ: ”އަޞްލަކީ އޭގެ އަހުލުންނީ ކާފަރުން ކަމެވެ.“⁽¹⁾ ބާކީ އޮތީ ދާރުލް ކުފުރުއް ޠާރިއު އެވެ. އަދި ދާރުލް މުރައްކަބާ އަކީ މިއެވެ. އެއީ ކުރިން މުސްލިމުންގެ ދާރެއް ކަމުގައި އޮތް، އަދި އޭގައި މުސްލިމުން ވެރިކަން ކުރި ތަނެކެވެ. ދެން އޭގެ މައްޗަށް ވެރިކަން ކުރާ ވެރިން މުރުތައްދުވިއެވެ. ނުވަތަ ކާފަރުން އޭގެ މައްޗަށް ވެރިވަގަތެވެ. ފަހެ މިބާވަތުގެ ބިން، އެއްފަރާތުން މިނެނީ ދާރުލް އިސްލާމެއް ގޮތުގައެވެ. އަދި އެނޫން ފަރާތަކުން މިނެވެނީ ދާރުލް ކުފުރެއްގެ ގޮތުގައެވެ. އޭގެ މުޖުތަމަޢު — އެބަހީ ވަޒަންވެރީން — ގެ ދިމާލުން ބަލާއިރު ޙައްޤުވެގެންވާނީ ދާރުލް އިސްްލާމް އެކެވެ. އަދި އެއަށް ވެރިވެފައިވާ ޙާކިމުންގެ ދިމާލުން ބަލާއިރު، ދާރުލް ކުފުރެކެވެ. މިހެންކަމުން، މި ދާރުލް މުރައްކަބާ ގައިވާ ކާފަރުން — މިޒަމާނުގެ ބަހުރުވައިން ނަމަ — އެވެރިން ވަނީ: ޝަރުޢީ ބާރާއި، ގޮތްކަނޑައަޅާ ބާރާއި، ތަންފީޛީ ބާރަށެވެ.
ޝަރުޢީ ބާރަކީ: ﷲ ތަޢާލާ ގެ ޙުކުމް ނޫން ޙުކުމްތައް ޝަރުޢު ކުރާ (ހަދާ) ފަރާތެވެ. ތަންފީޒޛީ ބާރަކީ: (އެ ﷲ ގެ ޙުކުމް ނުކުރާ ދަޥްލަތުގެ) ސިފައިންނާއި ފުލުހުންނެވެ. އަދި ގޮތްކަނޑައަޅާ ބާރަކީ: ކޯޓުތަކުގައި ޙުކުމްތައް ކަނޑައަޅާ ފަރާތްތަކެވެ. ނުވަތަ ޕަބްލިކް ޕުރޮސެކިއުޓަރ އޭ މިކިޔޭ ފަރާތެވެ. ❝
~ ގަލަންދާނު
-----------------------
[1] މިބުނުނުގެ މާނައަކީ: އިސްލާމް ކަން ބޭރުފުށަށް ފާޅުނުވާ ކޮންމެ މީހަކީ އޭގެ ޒާތުގައި، ދާރުލް ކުފުރެއްގައި ކާފަރެކެވެ. އޭނާއަށް އިސްވެ ސަލާމް ގޮވުމެއް ވެސް ނުވެއެވެ. މިއާއި ޚިލާފަށް ބޭރުފުށަށް ކުފުރެއް ފާޅު ނުވާ ކޮންމެ މީހެއް އިސްލާމީ ބިމެއްގައި ބެލެވުންވަނީ މުސްލިމެއް ގޮތުގައެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.