ކަމެއްގައި ދެބަސްވެ އެކަމެއް ނުބައި ފަހުމެއްގައި ނޫނީ ދަނޑިވަޅެއްގައި ކޮށްފި މީހަކަށް އެކަމުގައި މަލާމާތް ކުރުމީ، އެ ދީނީ ޝިޢާރަށް މަލާމާތް…
🔺🔺
ކަމެއްގައި ދެބަސްވެ އެކަމެއް ނުބައި ފަހުމެއްގައި ނޫނީ ދަނޑިވަޅެއްގައި ކޮށްފި މީހަކަށް އެކަމުގައި މަލާމާތް ކުރުމީ، އެ ދީނީ ޝިޢާރަށް މަލާމާތް ކުރުމެއް ނޫނެވެ.
އޭގެ އަޞާޞުގައި ކުފުރު ކަންކަމާއި ތަފްޞީލުގައި ކުފުރަށް ނުވެދާނެ ކަންކަމުގެ ބައެއް މިޘާލު ކިޔައި ދެއްވަމުން، ޝެއިޚް ޢަބޫ ސުފްޔާން އައްސުލަމީ ވިދާޅުވިއެވެ:
”[މިކަމުގައި އެނޫން މިޘާލަކީ] ...ދީނަށް މަލާމާތް ކުރުން ނުވަތަ ދީނުގެ ޝިޢާރަކަށް މާލާމާތް ކުރުން، ފަހެ މިއީ ދީނުން ބޭރުވާ ކަންކަމުގެ ތެރެއިން ކަމެކެވެ. ބޮޑު ކުފުރެކެވެ. މިއްލަތުން ބޭރުވެދާއެވެ.
މިހެންކަމުން އެއްވެސް ފަރުދެއް ދީނުގެ ޝިޢާރުތަކުގެ ތެރެއިންވާ އެއްވެސް އެއްޗަކަށް ހަޖޫ ޖަހައިފިނަމަ، އޭނާ އަކީ ކާފަރެކެވެ. ބޮޑު ކުފުރެވެ. އެހެނަސް މަލާމާތް ކުރީ މީސްތަކުން ތެރެއިން (ވަކި ފަރުދަކަށްވާ) ޒައިދު އަށް ނަމަ، އެއީ އެމީހާ — ޒައިދު — ޝަރީޢަތުގެ ތެރެއިން ކަމަކުން ކުރެ ކަމެއް ފާޅުކުރާހިނދު، އޭނާ މަލާމާތްކުރީ ޒައިދުގެ ޒާތަށް ނަމަ އަދި (އެ އޭގެ ޒާތުގައި) އެ ފާޅުކުރި ޝަރުޢީ ޢަމަލަށް ނޫންނަމަ، ފަހެ މިކަން ކުފުރަކަށް ނުބެލެވެއެވެ.
ދަންނައެ، ދީނަށް ނޫނީ ދީނުގެ ޝިޢާރަކަށް ހަޖޫ ޖެހުމަކީ ބޮޑު ކުފުރެވެ. މިއްލަތުން ބޭރުވެދާއެވެ. އެހެނަސް ދެޝަޚްޞެއް: އެކަކުގެ ނަމަކީ ޒައިދު އަދި އަނެކަކަކީ ޚާލިދު، އަދި ޚާލިދު ދީނުގެ ތެރެއިން ކަމެއް ފާޅުކޮށްގެން ހުންނަހިނދު، ޒައިދު އިސްވެ ޚާލިދަށް މަލާމަތްކޮށްފިއެވެ. ދީނީ ނިޝާނަށްޓަކައެއް ނޫނެވެ. އެހެނަސް އޭނާ އާއި ޚާލިދުއާއި ދެމެދު (އެކަމުގައި) ޚިލާފެއް އޮވެގެނެވެ. އެހެންކަމުން އޭނާ ހަޖޫ ޖެހީ ޚާލިދަށެވެ. އަދި ޚާލިދު އެ ފާޅު ކުރި ދީނީ ޝިޢާރަކަށް ނޫނެވެ. ފަހެ މިކަން ކުފުރުގެ ތެރޭ ނުހިމެނެއެވެ.
މީގެ މައްޗަށް ބިނާކޮށް؛ ﷲ ތަޢާލާ ގެ ދީނަށް މަލާމާތް ކުރާ މީހުންނަށް އަހަރެމެން ކުފުރު ނުކުރެ އޭ މީހަކު ބުނެގެން ނުވާނެއެވެ. އަދި ކިއެއްތަ؟ ﷲ ތަޢާލާ ގެ ދީނަށް ހަޖޫ ޖަހާ މީހުން އަހަރެމެން ކާފަރު ކުރަމެވެ. އެހަނަސް އަހަރެމެން ބުނަނީ މި ވަކި ޢަމަލު، މި ވަކި ޙާދިޘާ، މިޞިފާގައި މިވާ ކަންތައް، މިއީ ކުފުރު ވަނިވި މަލާމާތުގެ ތެރެއިން ވާ ކަމެއް ނޫން ކަމުގައެވެ.“
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.