އިބްނު ތައިމިއްޔާ، މިތާގައި ﷲ ނޫން ފަރާތަކާ ގާތްވުމަށްޓަކައި އެއްޗެހި ކަތިލާ އެހެނަސް އިސްލާމް ދީނަށް ނިޞްބަތްވެ އެކަތިލުމުގައި ބިސްމިކިޔާ…

🔺🔺
އިބްނު ތައިމިއްޔާ، މިތާގައި ﷲ ނޫން ފަރާތަކާ ގާތްވުމަށްޓަކައި އެއްޗެހި ކަތިލާ އެހެނަސް އިސްލާމް ދީނަށް ނިޞްބަތްވެ އެކަތިލުމުގައި ބިސްމިކިޔާ މީހުންނަކީ "މުރުތައްދުން" ކަން ބަޔާން ކުރައްވަމުން ވިދާޅުވަނީ، އެއީ "މިއުއްމަތުގެ މުނާފިޤުން" ތެރެއިން ބަޔެއް ގޮތުގައެވެ.
ޢިލްމުވެރިން "މުނާފިޤު" މިލަފުޛު ބޭނުން ކުރައްވާ އެކި ހަމަވެއެވެ. އަދި ބައެއް ފަހަރު އެއީ އިސްލާމް ކަމުގައި ނޫނީ ﷲ އަށް އަޅުކަން ކުރާ ޙާލު، ކުފުރު ކުރާ މީހުންނަށެވެ. އެ ޙާލުގައި އޭގެ މާނައަކީ މުރުތައްދު ކަމެވެ. އަދި ކުފުރު ފޮރުވައިގެން ތިބޭ މުނާފިޤު ކަމުގެ މާނާގައެއް ނޫނެވެ.
މިގޮތުން މުސްލިމުންނާއި ދެކޮޅަށް ކާފަރުންނަށް ވާގިވެރިވުމާއިމެދު، ބައެއް ޢިލްމުވެރިން އެއީ ނިފާޤު ކަމަށް ނިޞްބަތް ކުރައްވައެވެ. (މަޖްމޫޢު ޢުޘްމާން ބްނު ފޫދީ 3/263) އަދި މިއީ ޤުރުއާނުގެ ދެލިގަނޑުންވެސް ކާފަރުން އަޥްލިޔާއިން ގޮތުގައި ނެގުމަށް އިސްނަގާ މީހުންނަށް ނިޞްބަތް ކޮށްފައިވާ ލަފުޛެވެ.
އަދި އިބްނު ތައިމިއްޔާ ނަމާދު އަޅާމީހާ އަާއި މެދު އެފަދައިން ނިޞްބަތް ކުރެއްވިއެވެ. އަދި އަލްޢައްލާމާ ޢަލީ އަލްޚުޟައިރު މިކަލިމަތަކުގެ ޝަރަޙާގައި 275ޞ ގެ ފޮތެއް ލިޔުއްވިއެވެ.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.