އިއްޔެއާއި މިޔަދުގެ ވެސް ޚަވާރިޖުންގެ ޖަދަލަކީ ދުނިޔެއަށްޓަކައެވެ
އިއްޔެއާއި މިޔަދުގެ ވެސް ޚަވާރިޖުންގެ ޖަދަލަކީ ދުނިޔެއަށްޓަކައެވެ.
އިމާމު މުސްލިމް، އެކަލޭގެފާނުގެ "ޞަޙީޙު" ގައި [كتاب الزكاة] — "ޒަކާތުގެ ފޮތް" އަދި އޭގެ ދަށުން ގެންނެވިއެވެ:
[باب ذِكْرِ الْخَوَارِجِ وَصِفَاتِهِمْ]
ބާބު: ޚަވާރިޖުންނާ އެވެރިންގެ ޞިފަތައް⁽¹⁾
ޚަވާރިޖުންގެ ޞިފަ ތައް ކަމުގައި ނަންގަނަވައި ބާބެއް «ޒަކާތާއި ބެހޭ ފޮތް» ގެ ދަށުން އިމާމު މުސްލިމް ގެންނެވީ ކީއްވެގެން ހެއްޔެވެ؟
މިއިން އިޝާރާތް ކުރެވެނީ، ޚަވާރިޖުންގެ މަޤުޞަދަކީ ދުނިޔެއާއި މުދާ ކަމެވެ.
އަބޫ ޙައްޔާނުއް ތަޥްޙީދީ އަރިހުން البصائر والذخائر (1/34) ގައި، ރިވާވެގެން ވެއެވެ:
ޚަވާރިޖުންގެ ތެރެއިން މީހަކު އައިސް ޙަސަނުލް ބަޞްރީ رحمه الله އަރިހު، އެވެރިންނާ މެދު ދެކިލައްވާނީ ކިހިނަކުންތޯ ސުވާލުކުރިއެވެ. ޖަވާބުގައި ވިދާޅުވިއެވެ: ”އެއުރެންނީ ދުނިޔެވީ މީހުންނެވެ.“ (އެބަހީ: ދުނިޔޭގައި ބަގުޑިބައްދައިގެންވާ ބަޔެކޭ އެވެ.) އެމީހާ ބުންޏެވެ: ”އެވެރިންނީ އެވެރިންގެ އަނބީންނާއި ދަރީން ދޫކޮށް ލޮންސިއާއިގެންނިކުމެ އެބިންދައިގެން ދިޔުމާއި ހަމަޔަށްވާ ބައެއް ކަމުގައިވާ ހިނދު، ތިބާ ތިހެން ތިބުނަނީ ފަހެ ކީއްވެ ހެއްޔެވެ؟“ އަލްޙަސަން ވިދާޅުވިއެވެ: (އެމީހަކާއި ދެކޮޅަށް ކަލޭމެން ތެދުވެފައިވާ) ވެރިމީހާ އާއިމެދު ބުނެބަލާށެވެ. އޭނާ ކަލޭމެން ނަމާދު ޤާއިމު ކުރުމުން މަނައުކުރޭ ހެއްޔެވެ؟ އަދި ޒަކާތައި ޙައްޖާއި އުމްރާވެސް މަނައުކުރޭހެއްޔެވެ؟“ އޭނާ ބުންޏެވެ: ”ނޫނެކެވެ.“ ވިދާޅުވިއެވެ: ”އެހެންކަމުން، އަހަރެންނަށް ފެންނަނީ، އޭނާ ތިޔަބައިމީހުންނަށް ދުނިޔެ މަނައު ކުރުމުން، އޭގެ މައްޗަށް އޭނާ އާއި ހަނގުރާމަކުރާތަނެވެ.“
އަހަރެން ބުނަމެވެ: މިނުކުތާ ތިބާއަށް ފަހުމް ވެއްޖެނަމަ، އަހަރެމެންނާއި ޚަވާރިޖުންނާދެމެދުއޮތް ދެބަސްވުން ދައުރުވާ ހަމައެކަނި ނާރެހަކީ: މުދަލާއި ފަރުޖު ޙަލާލު ކުރުން ކަމުގައިވާތީ ތިބާއަށް ފެންނާނެއެވެ.
~ ގަލަންދާނު
----------------------
[1] އަދި އޭގެ ދަށުން ޚަވާރިޖުންގެ ބައްޕަ، މުނާފިޤު ޛުލް ޚުވައިޞިރާ — لعنه الله ولعن أمثاله — ގެ ޙާދިޘާ ނަޤުލު ކުރެއްވިއެވެ. (އިތުރަށް ކިޔާލުމަށް: ސުވާލާޖަވާބު 197919)
ނޯޓް: މަޥްޟޫޢު ގެ މަޞްދަރުގެ އަޞްލަކީ، د. عبدالله بن عمر بن طاهر ގެ ދަރިވަރުންގެ ރަސްމީ ޓުވިޓާ އިން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.