ކާފަރުންގެ ފައިދާ އަށް މުސްލިމުންނަށް ޖާސޫސް ކުރާ މީހަކީ، ﷲ އާއި ރަސޫލަށް ޚާއިނުވެއްޖެ މީހެކެވެ — ﷺ. އަދި މީނާގެ ފާފަ، މުސްލިމުންނާއި…
••
❞ ކާފަރުންގެ ފައިދާ އަށް މުސްލިމުންނަށް ޖާސޫސް ކުރާ މީހަކީ، ﷲ އާއި ރަސޫލަށް ޚާއިނުވެއްޖެ މީހެކެވެ — ﷺ. އަދި މީނާގެ ފާފަ، މުސްލިމުންނާއި ދެކޮޅަށް ކާފަރުންގެ ޞަފުގައި ހަނގުރާމަޔަށް ކޮޅަށް ހުންނަ މީހަކާއި ވަކި ތަފާތެއް ނޫނެވެ. އަދި މިއީ އީމާންކަމުގެ ގޮބޮޅިން މީހާ ނެރެލާ ކަންތައް ތަކުގެ ތެރެއިން އެންމެ ބޮޑު އެއްކަމެވެ. ވީމާ އޭނާ އެވަނީ އިސްލާމް ދީނުގެ ޝަރީޢަތުން ބޭރުވެފައެވެ. އަދި ޢިލްމުވެރިންގެ ދެ ޤަޥްލުފުޅުން ޞައްޙަކަން ބޮޑު ޤަޥްލުގެ މައްޗަށް އޭނާ ޤަތުލު ކުރުން ވާޖިބެވެ. އަދި ޙާޠިބުގެފާނުގެ ވާހަކަ އާއި އެ އަޅައިކިޔުން ޞައްޙަ ނުވެއެވެ. އެހެނީ ޙާޠިބުގެފާނު ކާފަރުންނަށް ޖާސޫސެއް ކަމުގައި ނުވެއެވެ. އަދި ނަބިއްޔު ﷺ ގެ ސިއްރެއް ކަޝްފުކުރެއްވުމަށް ވުރެ އިތުރު ކަމެއް ނުކުރައްވަތެވެ. މުޝްރިކުންނަށް ރިޝްވަތެއްގޮތުގައެވެ. އަދި އެކަމުގައި އެކަލޭގެފާނު ކުރެއްވީ (ދަލީލު ތަކެއް މައްޗަށް ނުބައި) ތައުވީލެކެވެ. އަދި މިއާއި އެކުވެސް، އެކަމުގެ ސަބަބުން އެކަލޭގެފާނު ޤަތުލުކޮށްލެވުމުން މަނަލެއް ކަމަށްވީ، ބަދުރު ހަނގުރާމާގައި ބައިވެރިވެ ވަޑައިގަތުމެވެ. އެކަލޭގެފާނުގެ ދަރަޖާގައި، ބަދުރު ގައި ބައިވެރިވި ބައިވެރިވުން ނެތިއްޖެ މީހާ، ފަހެ އޭނާ ވަނީ ޤަތުލު ކުރެވުމެވެ.
އަދި ޖާސޫސު ކުރުމީ ސިއްރެއް ފާޅު ކުރުމަށްވުރެ ބޮޑު ވެގެންވާ ކަމެކެވެ. އެހެނީ ޖާސޫސަކީ އޭޖެންޓެކެވެ. އަދި ޚާއިނެކެވެ. އަދި މުނާފިޤެކެވެ. އަދި އިސްލާމް ދީނާއި އޭގެ އަހުލުންނަށްވާ މައްކާރެކެވެ. އޭނާގެ ކުފުރު ހުރީ މަތިމައްޗަށެވެ. އަދި އޭނާގެ ޤަތުލުވަނީ ކަށަވަރުކޮށެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.