الموالاة (މުވާލަތް ކުރުން)
الموالاة (މުވާލަތް ކުރުން)
❞ އަލް-މުވާލާތު އަކީ: (المحبة) ލޯތްބާއި، (المودّة) ކުލުނުވެރިކަމާއި⁽¹⁾ ، (القُرب) ގާތްކަމާއި (المناصرة) ވާގިވެރި ކަމެވެ. އަދި މިއެންމެހާ އެއްޗަކީވެސް މުވާލާތު ގެ މާނައިގެ ތެރޭ ހިމެނޭ އެއްޗެއްސެވެ. އަދި މި ހިމެނެނީ ފަސް ކަމެއްގައެވެ:
1. ލޯތްބާއި ކުލުނުވެރި ވުން
2. ވާގިވެރިވުމާއި ތާއީދު ކުރުން
3. އެއްވައްތަރުވުން (التشبّه ، ކޮޕީކުރުން)
4. އިޙްތިރާމް ކުރުމާއި، (التعظيم) ދަރަޖަ މާތް ކުރުން
5. ގިނަގުނައިން އެއްވެއުޅުމާއި، (العِشرة) އެކުވެރިވެ އުޅުން
އެހެނީ، މި ފަސް ކަމީ އިންސާނާ އެއެއް، ﷲ އާއި އެއިލާހުގެ ރަސޫލު އަދި މުއުމިނުނުތަކުންނަށް ހޭދަކުރާން ޖެހޭ ކަންކަމެވެ.
އަދި ކާފަރުންނާއި (تشبّه) އެއްވައްތަރުވުން، ދެ ބަޔަކަށް ބެހެއެވެ:
1. ބޮޑު ތަޝައްބަހު: އެއީ މިޘާލަކަށް އެވެރިންގެ ޢަޤީދާ ތަކާއި، (ދީނުގެ) ޙަފުލާތަކާއި ޢަމަލުތަކާއި އެއްގޮތްވުމެވެ. މިއީ ކުފުރެވެ.
2. ކުޑަ ތަޝައްބަހު: އެއީ މިޘާލަކަށް ހެދުން އެޅުމުގައި އެވެރިންނާއި އެއްގޮތްވުމެވެ. ފަހެ މިއީ ބޮޑު ފާފައިގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެނަސް ކުފުރަކަށް ނުވެއްޓެއެވެ. މިއީ އުރެދުމެކެވެ.
އަދި މުޥާލާތު ކުރުން ދެބަޔަކަށް ބެހެއެވެ:
1. ބޮޑުވެގެންވާ މުވާލާތް: އޭގެ މިޘާލަކީ ކުރިން (މަޞްދަރުގައި) ބަޔާން ކުރިފަދައިން، މުސްލިމުންނާއި ދެކޮޅަށް ކާފަރުންނާއި އެއްވެ ހަނގުރާމަކުރުމެވެ. މިއީ ކުފުރެވެ.
2. ކުޑަ މުވާލަތް: އޭގެ މިޘާލަކީ ޚާޠިބު ބުނު ޢަބޫ ބަލްތިޢާ އަށް ކުރެވުނު ކަންތަކެވެ. އެހެނީ މިއީ ހަމަކަށަވަރުން ފާފައެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާނު
____________
[1] (المحبة) އަދި (المودّة) (އެބަހީ: ލޯތްބާއި ކުލުނުވެރިކަން) މިދޭތީގައި ހުރި ތަފާތަކީ، ލޯތްބަކީ ހިތުތެރޭގެ އިޙްސާސުގައިވާ އެއްޗެކެވެ. އަދި ކުލުނަކީ އޭގެން ފޯދޭ އަމަލެވެ. ކުލުނަކީ ސާފު ލޯތްބެވެ. އެއީ ޢަމަލާއި އެކު ފާޅުވާ ލޯބީގެ ހެކިކޮށްދިނުމެވެ. ﷲ މިލަފުޒު އެއިލާހުގެ ފޮތުގައި، ދެމަފިރިން ދެމެދު ލެއްވި ލޯބި ބަޔާން ކުރެއްވުމަށް ގެންނެވިއެވެ: {وَجَعَلَ بَيْنَكُم مَّوَدَّةً} (އަދި އެކަލާނގެ ތިޔަބައިމީހުން ދެމެދު ކުލުނު... ލެއްވެވިއެވެ.) އަދި މިއާއި އެކުވެސް ޚިލާފުތައް އޭގައި އުފެދެއެވެ. އެހެންކަމުން ކުލުނާއި ވިދިގެންވާ އޭގެ އަނެއް ލަފުޒަކީ ރަޙުމަތެވެ. އެބަހީ އޯގާވެރިކަމެވެ. އެހެނީ ޙިލާފުވެ ހިތްކިޔުން ވެސް ނެތިގޮސްފާނެއެވެ. އަދި ހިތްކިޔުމަކީ ލޯތްބާއި ގުޅުފައިވާ އެއްޗެކެވެ. އެހެނަސް، އެހެންވިޔަސް، ދުވަހަކުވެސް ހެޔޮ ޚުލްޤު ނެތިގެން ގޮސްގެން ނުވާނެއެވެ. އަދި އެއަށް އެންމެ އެކަށީގެންވާ އެއްޗަކީ އޯގާތެރިކަމެވެ. (ރަޙުމް ކުރުމެވެ.) އެހެންކަމުން ދެމަފިރިން ދެމެދު ކުލުނާއިއެކު ލެއްވެވީ އޯގާތެރިކަމެވެ: {وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُون} (އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ކުލުނާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.