ލިޔުންތައް / ޢަޤީދާ
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތް ނަހީ ކުރުމަކީ ފަރުޟު ކިފާޔަތެކެވެ. އެއްބަޔަކު އެކަން އަދައު ކޮށްފިނަމަ އެހެން މީހުންގެ ބޮލުން އެ…
ލިޔުނީ: Galandān Admin10 January 2022 at 05:520 ޚިޔާލުތައް
••
❞ ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތް ނަހީ ކުރުމަކީ ފަރުޟު ކިފާޔަތެކެވެ. އެއްބަޔަކު އެކަން އަދައު ކޮށްފިނަމަ އެހެން މީހުންގެ ބޮލުން އެ ނެއްޓިދެއެވެ. އަދި އެންމެން އެކަން ދޫކޮށްފިތަ، ފަހެ ޢުޛުރެއް އަދި ބިރުވެރިކަމެއް ނެތި އެކަން ކުރުމަށް ކެރިކުޅަދާނަވެ ތިބި އެންމެންނަށް ފާފަވެއެވެ. އެކަން (ވަކި ފަރުދުގެ މައްޗަށް ވާޖިބުވާ) މުޢައްޔަނު ވެސް ވެއޮވެއެވެ. އެއީ މިޘާލަކަށް އެކަމެއް އޭނާ ނޫން އެހެން މީހަކަށް ނުއެނގި އޮންނަ ދަނޑިވަޅެއްގައި ފަދައެވެ. ނޫނީ އޭނާ ނޫން މީހަކަށް އެކަން ކަނޑުވައިލުމަށް ނުކުޅަދާނަ ޙާލަތެއްގައެވެ. އެއީ އެމީހެއްގެ އަނބިމީހާ ނޫނީ ދަރިން މުންކަރާތެއް މަތީ ނޫނީ ހެޔޮކަމަކުން އުނިވެފައި ވަނިކޮށް ފެނިއްޖެ މީހެއް ފަދައެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.